09 ނޮވެމްބަރ 2016
އަންނަ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ސްރީ ލަންކަން އެއާލައިންސްގެ ޝެޑިއުލް ދަތުރުތައް އައްޑޫ ގަމާއި ކޮލޮމްބޯ އާ ދެމެދު ފެށުމަށް ނިންމައި ރިޒަވޭޝަން ހަދައި ދެމުން ދަނިކޮށް، ދަތުރުތައް ފެށުން މަޑުޖައްސައިލުމަށް ސިވިލް އޭވިއޭޝަން އޮތޯރިޓީން ސްރީ ލަންކަން އެއާލައިންސް އަށް އަންގައިފި އެވެ.
އަންނަ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ސްރީ ލަންކަން އެއާލައިންސްގެ ޝެޑިއުލް ދަތުރުތައް އައްޑޫ ގަމާއި ކޮލޮމްބޯ އާ ދެމެދު ފެށުމަށް ނިންމައި ރިޒަވޭޝަން ހަދައި ދެމުން ދަނިކޮށް، ދަތުރުތައް ފެށުން މަޑުޖައްސައިލުމަށް ސިވިލް އޭވިއޭޝަން އޮތޯރިޓީން ސްރީ ލަންކަން އެއާލައިންސް އަށް އަންގައިފި އެވެ.
ހަފުތާ އަކު ހަތަރު ފްލައިޓް ބާއްވަން ނިންމައި އެ އެއާލައިނުން މިދިޔަ މަހުން ފެށިގެން އަންނަނީ ޓިކެޓް ވިއްކަމުންނެވެ.
އަދި އެކަމަށް ހާއްސަ އޮފީހެއް ވެސް ފޭދޫގައި ވަނީ ހުޅުވައިފަ އެވެ.
އަންނަ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ދަތުރުތައް ފެށުމަށް ތައްޔާރުވަމުން އަންނަކަން އަންގައި ކަމާ ގުޅޭ ހުއްދަތަކަށް ހެދި ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ސްރީ ލަންކަން އެއާލައިންސް އިން ސިވިލް އޭވިއޭޝަން އޮތޯރިޓީ އަށް ފޮނުވި ސިޓީ އާ ގުޅިގެން މި މަހުގެ ހަތް ވަނަ ދުވަހު އެ އޮތޯރިޓީން ވަނީ ދަތުރު ފެށުން މަޑު ޖައްސައިލުމަށް އަންގައިފަ އެވެ.
ސްރީ ލަންކަން އެއާލައިންސްގެ ޖެނެރެލް މެނޭޖަ ރެވެނިއު މެނޭޖްމަންޓް އެންޑް ޕްލޭނިން ސުމުދު އުޕަޓިއްސާ އަށް ސިވިލް އޭވިއޭޝަން އޮތޯރިޓީން ފޮނުވި ސިޓީގައި ބުނެފައި ވަނީ ޝެޑިއުލް ދަތުރުތައް ގަން އެއާޕޯޓަށް ފެށުމަށްޓަކައި އެތަނުގައި ފުރިހަމަ ކުރަން ޖެހޭ ކަންކަން އަދި ފުރިހަމަ ނުކުރެވޭ ކަމަށެވެ.
އޭގެ ތެރޭގައި ބައިނަލްއަގުވާމީ ޝެޑިއުލް ފްލައިޓްތައް ހެންޑްލް ކުރުމަށް ބޭނުންވާ ސިސްޓަމްތައް ތަރައްގީކޮށް ފުރިހަމަވެފައި ނެތުމާއި ޝެޑިއުލް ފްލައިޓުތައް ހެންޑްލް ކުރުމަށް، ބޯޑާ ކޮންޓްރޯލްގައި ހަރަކާތްތެރިވާ ކަމާ ގުޅުން ހުރި މުއައްސަސާތަކުން ވެސް އަދި ގަމުގެ އޮޕަރޭޝަނަށް ތައްޔާރު ނޫން ކަމަށެވެ.
"އެހެން ނަމަވެސް އެކަންކަން ފުރިހަމަ ކުރަން މިހާރު ވެސް މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކޮށްލަން،" ސިޓީ ބުނެފައިވެ އެވެ.
"އިންޓަނެޝަނަލް ޝެޑިއުލް ފްލައިޓްތައް އޮޕަރޭޓް ކުރަން ފެށުމުގެ ކުރިން ސިސްޓަމް ފުރިމަކޮށް، އެއާޕޯޓްގެ ފެސިލީތަކާއި އެތަނުގެ ހިދުމަތްތައް ފުރިހަމަ ނުކުރެވެނީސް ދަތުރުތައް ފެށުމުގެ ހުއްދަ ދެވެން އަދި ނެތް ވާހަކަ ހިތާމަ އާ އެކު ފާހަގަ ދަންނަވަން."
ސްރީ ލަންކަން އެއާލައިންސް އާއި އެ އެއާލައިންގެ ރާއްޖޭގެ އެޖެންޓް އޭސް އޭވިއޭޝަން ސާވިސަސް މޯލްޑިވްސް އިން ދަތުރުތައް އަންނަ މަހު ފެށޭނެ ކަމަށް އުންމީދުކޮށް، ބޮޑެތި މަސައްކަތްތައް ކޮށްފައި ވަނިކޮށް އެކަން މަޑު ޖައްސައިލަން އެންގުމުން އައްޑޫގެ ވަރަށް ގިނަ ބަޔަކަށް ވެސް ވަނީ ބޮޑު މާޔޫސްކަމެއް ލިބިފަ އެވެ.
ހާއްސަކޮށް ރިޒަވޭޝަން ހެދި މީހުންނެވެ.
ގަމާއި ކޮލޮމްބޯ އާ ދެމެދު ކުރާ ދަތުރުތަކާ ބެހޭ އިޝްތިހާރެއް.
މި މަހުގެ 15 އާ ހަމައަށް ޓިކެޓް ވިއްކަމުން އަންނަނީ ވެސް 25 ޕަސެންޓް ޑިސްކައުންޓަކާ އެކުގަ އެވެ. ކޮލޮމްބޯ އާއި ގަމާ ދެމެދު ކުރާ ދަތުރެއްގެ ދެކޮޅު ޓިކެޓެއްގެ އަގަކީ 342 ޑޮލަރެވެ.
އޭސް އިން ބުނީ ޓިކެޓް ވިއްކުމުގެ ކަންތައްތައް ކުރިއަށް ގެންދާނެ ކަމަށާއި ފޭދޫ އޮފީހުގެ އޮޕަރޭޝަން ކުރިއަށް ގެންދާނެ ކަމަށެވެ.
ނަމަވެސް ކޮލޮމްބޯ އާ ދެމެދު ދަތުރުތައް ފެށޭނެ ދުވަހެއް އަދި ނޭނގެ އެވެ.
ސްރީ ލަންކަންގެ ދަތުރުތައް އަލުން ގަމަށް ފަށަނީ
ސްރީ ލަންކަންގެ ދަތުރުތައް ގަމަށް ހުއްޓުމުގެ ބިރު
ގަމުގައި ހަދާ ހޮޓަލްގެ ކޮންސެޕްޓް ޕްލޭން ނިމިއްޖެ: އޭއައިއޭ
އިނގިރޭސިން ދިޔަ ފަހުން އައްޑޫ ދިޔައީ ފަހަތަށް:ރައީސް
ޗުއްޓީއާ ދިމާކޮށް މޯލްޑިވިއަންގެ އެއާބަސް ގަމަށް
ދޫގަސް ބިން އައްޑޫ އެއާޕޯޓަށް، ދަރަނި ސަރުކާރަށް
ސްރީ ލަންކަންގެ ދަތުރުތައް ގަމަށް އަލުން ފަށައިފި
ކެނަރީފް ރިސޯޓަށް މުވައްޒަފުން ހޯދަނީ
ސްރީ ލަންކަންގެ ދަތުރުތައް ގަމަށް ފެށުން ޑިސެމްބަރަށް
ފްލައިން ސްކޫލްގެ ދަރިވަރުން "މަގުމަތިވެފައި"