Roadha Mihaaru
ސްރީލަންކަން އިން އައްޑުއަށް ދަތުރުތައް އިތުރުކުރަނީ

އައްޑު އަށް ކުރާ ދަތުރުތައް ސްރީލަންކަން އިން އިތުރު ކުރަނީ

26 މާޗް 2022

ސްރީ ލަންކާގެ ކޮލަމްބޯއިން ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ސްރީ ލަންކަން އެއާލައިންސުން ކުރާ ދަތުރުތައް އިތުރުކުރަން ނިންމައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ސްރީ ލަންކާގެ ކޮލަމްބޯއިން ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ސްރީ ލަންކަން އެއާލައިންސުން ކުރާ ދަތުރުތައް އިތުރުކުރަން ނިންމައިފި އެވެ.

އެ އެއާލައިންސުން ކުރި ޓްވީޓެއްގައި ބުނީ އަންނަ އަންގާރަ ދުވަހުން ފެށިގެން އައްޑު އަށް ހަފުތާއަކު ދެ ދަތުރު ކުރާނެ ކަމަށެވެ. މިހާރު ކުރަމުން އަންނަނީ ހަފުތާއަކު ދަތުރެކެވެ.

މި ގެނައި ބަދަލާއެކު، ސްރީ ލަންކަން އެއާލައިންސުން ގަމަށް ދަތުރުކުރާ ފަސިންޖަރުންނަށް އިތުރު ލުޔެއް ލިބޭނެ ކަމަށް ވެސް އެ އެއާލައިންސުން ބުނެ އެވެ.

ދަތުރުތައް އިތުރު ކުރާކަން އިއުލާން ކޮށް ސްރީލަންކަން އިން ކުރި ޓްވީޓް---

ސްރީ ލަންކަން އިން އައްޑު އަށް އެންމެ ފުރަތަމަ ދަތުރުތަައް ފެށީ 2016 ވަނަ އަހަރު އެވެ. އޭރު ލަންކާ އިން ހަފުތާއަކު ތިން ފްލައިޓް ބޭއްވި އެވެ.

ލަންކާ އާއި އައްޑުއާ ދެމެދު ކުރަމުން އައި ދަތުރުތައް މެދުކަނޑާލީ ކޮވިޑް-19އާ ގުޅިގެން ފެބްރުއަރީ 2020 ގަ އެވެ. އެ އެއާލައިނުން އަލުން ދަތުރުތައް ފެށީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެވެ.