އައްޑޫ ގަމުގައި އިންޓަނޭޝަނަލް އެއާޕޯޓެއް އޮތް ކަމަށް ވިޔަސް އައްޑޫގައި އެއްފަސްކޮށް އޮންނަ ރަށްތަކާ މުޅިން ވަކިން އޮންނަ ހުޅުމީދު އަށް ވެސް މިހާރު އެއާޕޯޓެއް ބޭނުންވާ ކަމަށާއި އެ ކަމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ.
އައްޑޫ ގަމުގައި އިންޓަނޭޝަނަލް އެއާޕޯޓެއް އޮތް ކަމަށް ވިޔަސް އައްޑޫގައި އެއްފަސްކޮށް އޮންނަ ރަށްތަކާ މުޅިން ވަކިން އޮންނަ ހުޅުމީދު އަށް ވެސް މިހާރު އެއާޕޯޓެއް ބޭނުންވާ ކަމަށާއި އެ ކަމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ.
ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ އެންމެ ސީނިއާ އެއް މެމްބަރު އެހެން ވިދާޅުވީ، ސަރުކާރުން ރައްޔިތުންގެ މަޖިލިހަށް ފޮނުވި މަދަނީ ވައިގެ ދަތުރުފަތުރާ ބެހޭ ބިލްގެ ބަހުސްގައި މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
އޭނާ ވިދާޅުވީ، ހުޅުދު އާއި މީދުއަކީ އައްޑޫގައި އެއްފަސްކޮށް އޮންނަ ރަށްތަކާ ވަކިން އަދި ކަނޑެއް ހުރަސް ކޮށްފައި ނޫނީ ނުދެވޭނެ ދެ ރަށް ކަމަށް ވާތީ ހުޅުމީދޫގެ ރައްޔިތުންނަށް ވަކިން ހާއްސަ އެއާޕޯޓެއް ބޭނުންވާ ކަމަށެވެ.
އޭނާ އެހެން ވިދާޅުވިއިރު، އައްޑޫގައި ގަމުގައި އިނގިރޭސިން ހަދާފައިވާ އެއާޕޯޓު ތަރައްގީކޮށް، އެ ތަން ބޮޑުކުރުމުގެ މަސައްކަތްތަކެއް މިހާރު ވެސް އަންނަނީ ކުރަމުންނެވެ. އަދި ހިތަދު އާއި މީދޫ ބްރިޖަކުން ގުޅުވައިލުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އެކަން ވެސް އެ މަނިކުފާނުގެ ވެރިކަމުގައި ހަގީގަތަކަށް ހަދައިދޭނެ ކަމުގެ ޔަގީންކަން އެކިއެކި ފޯރަމްތަކުގައި ސަރުކާރުން ވަނީ ދީފަ އެވެ.
ދިގު މިނުގައި 13-15 ކިލޯ މީޓަރުގެ މި ބްރިޖުގެ މަސައްކަތް "ދަ އަރަބް ކޮންޓްރެކްޓާސް - އޮސްމާން އަހުމަދު އޮސްމާން އެންޑް ކޯ"އާ ވަނީ މިދިޔަ އަހަރުގެ ފެބުރުއަރީ މަހު ހަވާލުކޮށްފަ އެވެ.
ގަމުން ހުޅުމީދު އަށް ސްޕީޑު ލޯންޗެއްގައި ދާނަމަ ނަގާނީ ވިއްސަކަށް މިނިޓެވެ.
- ހުޅުދު އާއި މީދޫގެ ޖުމުލަ އާބާދީއަކީ 3،074 (ހުޅުދޫގައި ތިބީ 1،182 މީހުން، މީދޫގެ އާބާދީއަކީ 1،892)
- ހުޅުމީދުއާ ވަކިން އެއްފަސްކޮށް އޮންނަ ހިތަދު އާއި ފޭދު އާއި މަރަދު އާއި މަރަދޫފޭދޫގެ އާބާދީއަކީ 21،979
ހުޅުމީދު އަށް ހާއްސަ އެއާޕޯޓެއް ބޭނުންވާ ސަބަބަކީ ޝާހިދު ވިދާޅުވިގޮތުގައި ކަނޑުގަދަ ދުވަސްވަރެއް ނަމަ ދަތުރުރުކުރުމުގައި ދިމާވާ އުނދަގޫތަކެވެ.
"ދުވާލަކު 300-400 ރައްޔިތުން އެބަ ދަތުރުކުރޭ ހުޅުދު އާއި މީދު އާއި ގަމާއި ފޭދު އާއި ހިތަދުއާ ދޭތެރޭގައި،" އޭނާ ވިދާޅުވި އެވެ.
ޝާހިދު ވިދާޅުވީ، ހުޅުދޫގައި އެއާޕޯޓެއް ހެދުމަކީ ނުވާނެ ކަމެއް ނޫން ކަމަށާއި ހުޅުމީދޫގެ ރައްޔިތުންގެ ހައްގުގައި އެ ވާހަކަ ދައްކަންޖެހޭ ކަމަށެވެ.
އޭނާ ވިދާޅުވިގޮތުގައި މިހާރު މަސައްކަތް ކުރައްވަމުން ގެންދަވަނީ ހުޅުދު އާއި މީދުއަކީ ވަކި ސިޓީއެއްގެ ގޮތުގައި ހެދުމަށް ކުރަންޖެހޭ މަސައްކަތްތަކެއް ކުރުމެވެ.
އައްޑޫ ހުޅުދޫގެ މައި މަގު
"އިރާދަކުރެއްވިއްޔާ މި ސަރުކާރުން އެކަން ވެސް އަޅުގަނޑުމެން ކުރާނަން. އެ މަސައްކަތް ކުރުމަށްޓަކައި އަޅުގަނޑުމެން މި ތަނަށް އައިސްފައި މި ތިބީ. ރައްޔިތުން އަޅުގަނޑުމެން ގާތު މި އެދެނީ މި ތަރައްގީ އާއި ކުރިއެރުން ހޯދައި ދިނުމަށް މަސައްކަތް ކުރުމަށް،" ޝާހިދު ވިދާޅުވި އެވެ.
"މިއަދުގެ ސަރުކާރުން އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އައްޑުއަތޮޅުގެ ރައްޔިތުންނަށް ވަނީ ވަރަށް ގިނަ ވައުދުތަކެއް ވެފައި. އަޅުގަނޑަށް ޔަގީން، އެ މަނިިކުފާނު ވައުދުވެވަޑައިގެންނެވި ހުރިހާ ކަމެއް ފެށުމަށްޓަކައި ކުރަންޖެހޭ ހުރިހާ ކަމެއް މިހާރު ވެސް މިދަނީ ކުރަމުން."
އައްޑޫގައި އެއްފަސްގަނޑަކުން ގުޅިފައި އޮންނަ ފަސް ރަށާ އެކު، ހުޅުދު އާއި މީދޫ ވެސް ހިމަނައިގެން އައްޑުއަކީ ސިޓީއަކަށް ހަދާފައި ވިޔަސް ހުޅުމީދޫގެ ރައްޔިތުން ބޭނުންވަނީ އެ ދެ ރަށް ހިމެނޭ ވަކި ސިޓީއަކަށް ބަދަލުކުރާށެވެ. އެ ކަމަށް ދޭތެރެދޭތެރެއިން ވަކާލާތުކޮށް އަޑު އުފުލަމުން އައި ނަމަވެސް އަދި ހަގީގަތަކަށް ނުވެ އެވެ.
އައްޑޫ ސިޓީ ކައުންސިލްގެ އިހުތިސާސްގެ ތެރެއިން ބޭރުވާން ހުޅުމީދޫގެ ބައެއް މީހުން ބޭނުންވާ މައިގަނޑު ސަބަބަކީ އެ މީހުން ބުނާގޮތުގައި، އައްޑޫގެ މުހިންމު ގިނަ ވަސީލަތްތަކާއި އުމްރާނީ ތަރައްގީ ހިތަދު އާއި ފޭދު އާއި މަރަދޫ އަދި މަރަދޫފޭދު އަށް އެކަނި ގެންދަން ކޮންމެ ސަރުކާރަކުން ވެސް މަސައްކަތް ކުރާތީ އެވެ.
ކައުންސިލުން ހުޅުމީދޫ ވަކިވާން ޖެހޭ ސަބަބެއް ނެތް: މޭޔަރު
ސިޓީ ކައުންސިލުން ހުޅުމީދޫ ވަކިކުރަން ހުށަހަޅަނީ
ހުޅުދޫ/މީދޫ ޕެޓިޝަން މަޖިލީހުގެ ރައީސާއި އެލްޖީއޭ އަށް
އޮޕަރޭޝަން ހުއްޓުވާ ދޯނިތަކުން މަހެއް ނުގަންނާނެ:މިފްކޯ
އައްޑޫ މަސްވެރިން ކޮންޓްރޯލް ނަގައި، ދަތިކުރަނީ!
އަންނަ ހަފްތާ އައްޑޫ ގޯތިތައް ދޭން ފަށަނީ
ބްރިޖާއި 6،000 އެނދާ އެކު މުއިއްޒުގެ ވައުދު
ޕީޕީއެމްގެ މީދޫގެ "މުގޫ" އެމްޑީޕީ އަށް
4 މަހަށް ފަހު އައްޑޫގެ މޮނިޓަރިން ހާލަތު އުވާލައިފި
އައްޑޫގެ ކޮވިޑް ކޭސްތައް 100 އިން ދަށަށް