30 ޑިސެމްބަރ 2021
އައްޑޫގެ ވަކިން އޮންނަ ދެ އަވަށް ކަމަށްވާ ހުޅުދު އާއި މީދޫ ކައުންސިލާ ވަކިކޮށް، ވަކި ކައުންސިލެއްގެ ގޮތުގައި ހިންގަން ޖެހޭ ސަބަބެއް އޮތް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށާއި, ދެ އަވަށާ މެދު އެއްވެސް ތަފާތު ކުރުމެއް ވެސް ކައުންސިލްގެ ތެރޭގައި ނުގެންގުޅޭ ކަަމަށް މޭޔަރު އަލީ ނިޒާރު މިއަދު ވިދާޅުވެއްޖެ އެވެ.
އައްޑޫގެ ވަކިން އޮންނަ ދެ އަވަށް ކަމަށްވާ ހުޅުދު އާއި މީދޫ ކައުންސިލާ ވަކިކޮށް، ވަކި ކައުންސިލެއްގެ ގޮތުގައި ހިންގަން ޖެހޭ ސަބަބެއް އޮތް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށާއި, ދެ އަވަށާ މެދު އެއްވެސް ތަފާތު ކުރުމެއް ވެސް ކައުންސިލްގެ ތެރޭގައި ނުގެންގުޅޭ ކަަމަށް މޭޔަރު އަލީ ނިޒާރު މިއަދު ވިދާޅުވެއްޖެ އެވެ.
އޭނާ މި ވާހަކަ ދެއްކެވީ މިދިޔަ ހަފުތާގެ ތެރޭގައި ހުޅުދު އާއި މީދޫ ކައުންސިލުން ވަކިކުރުމާ ގުޅޭ ގޮތުން އެ ދެ އަވަށުގެ ރައްޔިތުންގެ ހިޔާލު ހޯދަން ހުޅުވާލައި، އެ މައްސަލަ އަންނަ ފެބްރުއަރީ މަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށްވެސް ހުށަހަޅުއްވާނެ ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެފައި ވަނިކޮށެވެ.
ރޮޒައިނާ ވިދާޅުވެފައިވާ ގޮތުގައި އައްޑޫ ސިޓީ ކައުންސިލްގެ "އިހުތިސާސް" އިން ހުޅުދު އާއި މީދޫ ވަކިކުރުން ހުށަހެޅުމުގެ ވިސްނުމަކީ ކައުންސިލްގެ ބައެއްގެ ގޮތުގައި އޮވެގެން އެ ދެ އަވަށުގެ ރައްޔިތުންނަށް ވަނީ ފައިދާތޯ ގެއްލުންތޯ ވިސްނައި، ބަހުސްކޮށް ހައްލެއް ހޯދަން ޖެހޭތީ އެވެ.
އެގޮތުން ކޮންމެ ކަމެއް ނިންމުމުގައި އެ އަވަށުގެ ރައްޔިތުންނަށް އެތައް ތަކުލީފަކާ ކުރިމަތިލާން ޖެހޭކަމުގެ ޝަކުވާތަކަށް އާ ކައުންސިލާ އެކު ހައްލެއް ލިބޭނެ ކަމަށް ރައްޔިތުން އުންމީދުކުރި ނަމަވެސް އެ ޝަކުވާތަކަށް ނިމުމެއް ނެތް ކަމަށް ރޮޒައިނާ ވިދާޅުވި އެވެ.
ނަމަވެސް ހުޅުދު އާއި މީދޫ ވަކިކުރަން މިހާރު ގޮވާލާ ގޮވާލުންތަކަށް އިޝާރާތްކުރައްވައި ނިޒާރު މިއަދު ވާހަކަ ދެއްކެވީ ހިތަދޫގައި ހުންނަ އައްޑޫ ސިޓީ ކައުންސިލް އިދާރާ އިން ބޭރުގައި ފުރަތަމަ ފަހަރަށް ކައުންސިލްގެ ބައްދަލުވުމެއް ހުޅުދޫ އަވަށުގައި ބޭއްވުމަށް ބޭއްވި ޖަލްސާގަ އެވެ.
އޭގައި އޭނާ ވިދާޅުވީ ހުޅުދު އާއި މީދޫ އައްޑޫގެ އެހެން އަވަށްތަކާ ވަކިން އޮތަސް ކައުންސިލުން ނިންމާ ނިންމުންތަކާއި އަދި ޖުމްލަކޮށް މުޅި ކައުންސިލްގެ މަސައްކަތްތައް ކުރިއަށް ގެންދަނީ ހުރިހާ އަވަށެއްގެ ބައިވެރިވުން އެއްވަރަކަށް އޮވެގެން ކަމަށެވެ. އެހެންވެ އެ ދެ އަވަށް ތަފާތުކުރާ ކަމަށް ބުނެ ދައްކާ ވާހަތަކުގައި ހަގީގަތް ނެތް ކަމަށާއި އެކަމަށް ދެ އަވަށުގެ ކައުންސިލަރުން ވެސް ހެކިވާނެ ކަމަށް ވިދާޅުވި އެވެ.
ނިޒާރު ވިދާޅުވި ގޮތުގައި ކުރިއާ ހިލާފަށް މިހާރުގެ ކައުންސިލަކީ އިދާރީ ގޮތުން ވެސް އެންމެ ބޮޑަށް ހުޅުދު އާއި މީދޫ އޮންނަ ގުޅުން ބޮޑު ކައުންސިލެވެ.
"އައްޑޫ ސިޓީ ކައުންސިލަރެއް އަދި މޭޔަރުގެ ހައިސިއްޔަތުން އަޅުގަނޑަށް ވުރެ ވަކި ގިނައިން ހުޅުދޫ މީދު އަށް ޒިޔާރާތްކުރި އެހެން ވެރިއަކު ހުރި ކަމެއް ވެސް އަޅުގަނޑަކަށް ނޭނގޭ މި ކުރު މުއްދަތުގެ ތެރޭގައި،" ނިޒާރު ވިދާޅިވި އެވެ، "ދެން ކަމެއް ދިމާވެއްޖެ ކަމަށްވާ ނަމަ ދެ ކައުންސިލަރުންނަށް [ހުޅުދު އާއި މީދޫ] އައްޑޫ ސިޓީ ކައުންސިލުން ވެސް އެއްބާރުލުންދޭ. [އެހެންވީމަ ކައުންސިލުން ވަަކިވާން] ދައްކާ ވާހަކަތަކަކީ ކައުންސިލުން ކަމެއް ގޯސްވެގެން ދެކެވޭ ވާހަކަތަކެއް ނޫންކަން ރައްޔިތުންނަށް ޔަގީންކަމާ އެކު ދެން."
އޭނާ ވިދާޅުވި ގޮތުގައި ކަމެއް ގޯސްކޮށްދާ ނަމަ އެކަމަކަށް ވާހަކަ ދައްކައި މަޝްވަރާކޮށް ހައްލު ހޯދޭނެ އެވެ. އަދި ވަކިވެގަތުމަކުން ލިބޭނެ އެއްވެސް ފައިދާއެއް ނޯންނާނެ ކަމަށް ވިދާޅުވި އެވެ. އެހެންވެ ހުޅުދު އާއި މީދޫ ކައުންސިލުން ވަކިކުރަން ދައްކާ ވާހަކަތަކަކީ ހަމަޖެހޭ ވާހަކަތަކެއް ނޫން ކަމަށް ވިދާޅުވި އެވެ.
"ކައުންސިލް އެއްކޮން އޮތީމަ ލިބޭ ފައިދާ ވަރަށް ގިނަ. އަޅުގަނޑުމެން ވެސް މި މަސައްކަތުގައި އުޅޭތާ ފުދޭ ވަރަކަށް ވަރަށް ދުވަސްވެއްޖެ. އެ ފައިދާތައް ލިސްޓްކޮށްގެން ކިޔާލީމަ އެނގޭނީ އެ ފައިދާތައް. ވަކިވެ ގަތުމާއި ވަކިވެގެތުމުގެ ވިސްނުމަކީ ރަނގަޅު ހިޔާލެއް ނޫން ކަމަށް ފެންނަނީ،" ނިޒާރު ވިދާޅުވި އެވެ. "އެހެންވީމަ ވަކިވެގަތުމުގެ ވާހަކަ އަކީ ބައިބައިވުމާއި ހިޔާލު ތަފާތުވުން އުފެދޭ ކަމެއް."
ރާއްޖޭގެ އަތޮޅުތަކުގެ ތެރެއިން ސިޓީއެއްގެ ދަރަޖަ ފުރަތަމަ ލިބުނު އައްޑު އަކީ މީހުން ދިރިއުޅޭ ހަ އަވަށް އޮންނަ ތަނެކެވެ. އެއީ ހިތަދު އާއި މަރަދު އާއި މަރަދޫފޭދު އާއި ފޭދު އާއި ހުޅުދު އާއި މީދު އެވެ. އެހެން އަވަށްތަކާ މުޅިން ވަކިން އޮންނަ ހުޅުދު އާއި މީދު އަކީ އައްޑޫގެ އެހެން އަވަށްތައް ވެސް އެއްފަސްކޮށް ގުޅިފައި އޮންނަ ގޮތަށް އެއްފަސްކޮށް އޮންނަ ދެ އަވަށެވެ.
އައްޑޫ ކައުންސިލުން ވަކިވާ ޕެޓިޝަން އޮންލައިންކޮށްފި
ރައީސް، އައްޑޫ މެމްބަރުންނާއި ކައުންސިލާއެކު ބައްދަލުވުމެއް
"ވަރުބައްޔެއް ނުވޭ، ބޭނުމީ އައްޑޫ މީހުންގެ ހިއްސާ"
އައްޑޫގެ އާ އިންޖީނުގެ އަޅަން ބިން ހަމަޖައްސަނީ
އައްޑޫގެ ގުޅިފައިވާރަށްތަކުން އަނެއްކާ ކަރަންޓު ކެނޑެނީ
އައްޑޫގައި 6،000 އެނދު ތަރައްގީ ކުރަން ޕްލޭނެއް
އައްޑޫ ލިންކް ރޯޑް ފުރަތަމަ ފަހަރަށް ދިއްލާލަނީ
އައްޑޫން ދޫކުރާ ގޯއްޗަށް 4،000 ފޯމު ހުށަހެޅި
ވިއްސާރާގައި އައްޑޫގެ 65 ގެެއަކަށް ގެއްލުން
އިން ކަނޑައެޅުމަކީ ލިބުނު އުފަލެއް: އައްޑޫ ކައުންސިލް