31 ޖެނުއަރީ 2022
އައްޑޫ ސިޓީ ކައުންސިލުން މީދޫ ވަކިކޮށްދޭން އެެދި ހުށަހަޅާ ޕެޓިޝަނުގައި އޮންލައިންކޮށް ވެސް ސޮއިކުރެވޭނެ ގޮތް ހަދައިފި އެވެ.
އައްޑޫ ސިޓީ ކައުންސިލުން މީދޫ ވަކިކޮށްދޭން އެެދި ހުށަހަޅާ ޕެޓިޝަނުގައި އޮންލައިންކޮށް ވެސް ސޮއިކުރެވޭނެ ގޮތް ހަދައިފި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހުށަހަޅާ ޕެޓިޝަނާ ގުޅޭ ކަންކަމުގައި އިސްކޮށް ހަރަކާތްތެރިވާ އަހުމަދު ޝިހާމް މިއަދު ވިދާޅުވީ ކުރިން ހުޅުދު އާއި މީދޫ، ސިޓީ ކައުންސިލުން ވަކިވާން ޕެޓިޝަންގައި ސޮއިކުރަމުން އައި ނަމަވެސް މިހާރު މައިގަނޑު ގޮތެއްގައި މަސައްކަތް ކުރަނީ މީދޫ އެކަނި ކައުންސިލުން ވަކިވާން ކަމަށެވެ.
ކުރިން މަސައްކަތް ކުރީ "އަފިރިންގެ ކައުންސިލް އަފިންނަން" ގެ ނަމުގައި ސޮއިކުރަމުން ދިޔަ ޕެޓިޝަން މި މަހު ރައީސަށް ހުށަހަޅާށެވެ. ނަމަވެސް މީދޫގެ ބައެއް މީހުން ރަށުން ބޭރުގައި އުޅޭތީ، ވީހާ ވެސް ގިނަ ބައެއްގެ ސޮޔާއެކު ޕެޓިޝަން ހުށަހަޅަން ބޭނުންވާތީ އޮންލައިންކޮށް ސޮއިކުރަން ހުޅުވައިލީ ކަމަށް ޝިހާމް ވިދާޅުވި އެވެ. އޮންލައިންކޮށް ސޮއިކުރަން ހުޅުވައިލީ މި މަހުގެ 24 ގަ އެވެ.
"ކޮވިޑާ ހެދި މި މަސައްކަތުގެ ސްޕީޑް ވެސް މިހާރު އެހާ ބާރެއް ނޫން. އެހެންވެ އޮންލައިންކޮށް ސޮއިކުރުން ހުޅުވާލި ނަމަވެސް މި ވަގުތު އަދި ސީދާ ނިންމާފައެއް ނެތް ޕެޓިޝަން ރަސްމީކޮށް ރައީސަށް ހުށަހަޅާނެ އިރެއް،" ޝިހާމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މީދޫގެ ރޫހު ހުރީ ވެސް އެ އަވަށް ކައުންސިލާ ވަކިވެ، ވަކި ކައުންސިލެއްގެ ގޮތުގައި ހިންގަން ކަމަށް ވާތީ މިކަން ކާމިޔާބިވާ ނެކަމުގެ އުންމީދު ބޮޑެވެ. އަނެއްކޮޅުން އައްޑު އަށް ސިޓީއެއްގެ ދަރަޖަ 2011 ގައި ދީފައި އޮތީ ވެސް ގާނޫނީ އިމުގެ ތެރެއިން ފުރިހަމަކުރަން ޖެހޭ ކަންކަން ނިންމާފައި ނޫން ކަމަށް ސުޕްރީމްގެ ކޯޓުގެ ހުކުމުން ވެސް އެނގޭތީ މީދޫ، ސިޓީ ކައުންސިލް ވަކިވުމުގެ ހައްގު ގާނޫނީ ގޮތުން ލިބިދޭ ކަމަށް ވިދާޅުވި އެވެ.
"އެހެންވީމާ މި މަސައްކަތް އަހަރެމެން ހުއްޓައެއް ނުލާނަން. އަދި މިއީ ސިޔާސީ ކަމެއް ވެސް ނޫން. މިއީ ގާނޫނީ ގޮތުން އަހަރެމެންނަށް ލިބިދޭ ހައްގެއް ކަށަވަރު ކުރުމަށްޓަކައި ކުރެވޭ މަސައްކަތެއް،" ޝިހާމު ވިދާޅުވި އެވެ.
"ވުމާ އެކު މި ކަމުގައި އަހަރެމެން ކުރެވެން އޮތް ހުރިހާ ކަމެއް ކުރާނަން. އަދި މި ކަމުގައި ކޯޓަށް ވެސް ދާން ނިންމާފައިވާތީ އެކަމާ ގުޅޭ ގާނޫނީ ކަންކަން ވެސް އެބަ ހިނގާ."
އައްޑޫ ސިޓީ ކައުންސިލުން މީދޫ ވަކިވާން މަސައްކަތްކުރާ އިރު، ރައްޔިޔުންގެ މަޖިލީހުގެ މަސައްކަތް މި މަހު އަލުން ފެށުމާއެކު އެ މައްސަލަ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް މީދޫގެ ދާއިރާގެ އެމްޑީޕީގެ މެމްބަރު ރޮޒައިނާ އާދަމް ވެސް ވިދާޅުވެފައިވެ އެވެ. އަދި އެކަމާ ގުޅޭ ގޮތުން އޭނާ ރައްޔިތުންގެ ހިޔާލު ބޭނުންވާ ކަމަށް ވެސް ވިދާޅުވި އެވެ.
މިކަމާ ގުޅިގެން އައްޑޫ މޭޔަރު އަލީ ނިޒާރު ވިދާޅުވެފައި ވަނީ ސިޓީ ކައުންސިލުން މީދު އާއި ހުޅުދޫ ވަކިވާން ޖެހޭ ސަބަބެއް ނެތް ކަމަށާއި ވަކިވެގަތުމަކީ ލިބޭނެ ދެރައެއް ކަމަށެވެ.
އައްޑޫ ސިޓީ ކައުންސިލުން ވަކިވާން ހުޅުމީދޫގެ ޕެޓިޝަނެއް
ކައުންސިލުން ހުޅުމީދޫ ވަކިވާން ޖެހޭ ސަބަބެއް ނެތް: މޭޔަރު
އާމްދަނީގެ ހިއްސާ ލިބޭ ނަމަ އައްޑޫގެ ބްރިޖު އެޅޭނެ
އައްޑޫން އިއުލާނުކުރި 1،000 ގޯއްޗަށް 4،000ފޯމު
އައްޑޫގެ 3ރަށަކުން 500 ގޯތި ދޫކުރަން އިއުލާންކޮށްފި
ސިޓީ ކައުންސިލުން ހުޅުމީދޫ ވަކިކުރަން ހުށަހަޅަނީ
އައްޑޫގެ ޓޫރިޒަމް ޒޯންތަކުން ފުރަތަމަ 4،140 އެނދު
ތަރައްގީކުރަން އެނގޭނީ އައްޑޫ ރައްޔިތުންނަށް: ނިޒާރު
ހުޅުދޫ/މީދޫ ޕެޓިޝަން މަޖިލީހުގެ ރައީސާއި އެލްޖީއޭ އަށް
ހުޅުދޫ/މީދު އަށް ރަށު ކައުންސިލެއް ހޮވުމުގެ ޕެޓިޝަނެއް