24 ޖެނުއަރީ 2023
އައްޑޫގެ ތިން ރަށަކުން 500 ބަންޑާރަ ގޯތި ދޫކުރަން ސިޓީ ކައުންސިލުން ރޭ އިއުލާން ކޮށްފި އެވެ.
އައްޑޫގެ ތިން ރަށަކުން 500 ބަންޑާރަ ގޯތި ދޫކުރަން ސިޓީ ކައުންސިލުން ރޭ އިއުލާން ކޮށްފި އެވެ.
އެ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ، ފޭދޫން 1،500 އަކަފޫޓުގެ 300 ގޯއްޗާއި ހުޅުދު އާއި މީދޫގެ ތެރެއިން ކޮންމެ ރަށަކުން 2،000 އަކަފޫޓުގެ 100 ގޯތި ދޫކުރަން ނިންމާފައިވާ ކަމަށެވެ.
އޭގެ ތެރެއިން 90 ޕަސެންޓު ގޯތި ދޫކުރާނީ އެ ރަށެއްގެ މީހުންނަށް ކަމަށާއި އަނެއް 10 ޕަސެންޓް ދޫކުރާނީ އެހެން ރަށްރަށުގެ މީހުންނަށް ކަމަށް އިއުލާނުގައި ވެ އެވެ.
ފޭދު އާއި ހުޅުދު އާއި މީދޫން ގޯއްޗަށް ޝައުގުވެރިވާ މީހުންގެ ފޯމުތައް ބަލައިގަންނާނީ އަންނަ މަހުގެ 2 އިން 16 އާ ހަމައަށެވެ.
މިދިޔަ ހަފުތާގައި "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި އައްޑޫގެ މޭޔަރު އަލީ ނިޒާރު ވިދާޅުވީ ހިތަދޫން ވެސް 400 ގޯތި ދޫކުރާނެ ކަމަށެވެ. ނަމަވެސް ހިތަދޫން ގޯތި ދޫކުރަން އަދި އިއުލާނެއް ނުކުރެ އެވެ.
"ފޭދޫން ގޯއްޗަށް އިއުލާން ކުރުމުން އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިހާރު ވެސް 800-900 މީހުން އެޕްލައި ކުރާނެ،" ނިޒާރު ވިދާޅުވެފައި ވެ އެވެ.
އައްޑޫގެ ބޯހިޔާވެހިކަމުގެ މައްސަލަ ހައްލު ކޮށްދިނުމަކީ މި ސަރުކާރުގެ ވަރަށް މުހިންމު ވައުދެކެވެ.
އަންނަ ހޮނިހިރު ދުވަހު ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިދިޔަ ހަފުތާގައި އައްޑު އަށް ވަޑައިގަތުމުން ގިނަ ބައެއްގެ އެދުމަކަށް ވީ ވެސް އެ މައްސަލަ އެވެ.
ރައީސްގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިން ނިންމާ ޖަލްސާ ބާއްވަނީ ވެސް އައްޑޫގަ އެވެ. އެ ޖަލްސާ އޮންނާނީ އަންނަ ބުރާސްފަތި ދުވަހުގެ ރޭ ހިތަދޫ ސިޓީ ބާޒާރު ސަރަހައްދުގަ އެވެ.
އައްޑޫން އިއުލާނުކުރި 1،000 ގޯއްޗަށް 4،000ފޯމު
އައްޑޫގެ ޓޫރިޒަމް ޒޯންތަކުން ފުރަތަމަ 4،140 އެނދު
އައްޑޫގެ އާބާދީ 35،000 އަށް އަރަނީ
އައްޑޫން ކޮވިޑް ކޮންޓްރޯލެއް ނުވި، އަދަދު 800 އަށް
އައްޑޫން އިއްޔެ އެކަނިވެސް 123މީހަކަށް ކޮވިޑް ޖެހުނު
އާ އަހަރާއެކު އައްޑޫގައި ކޮވިޑް ކޭސްތައް މައްޗަށް
އައްޑޫ ސިޓީ ކައުންސިލުން ވަކިވާން ހުޅުމީދޫގެ ޕެޓިޝަނެއް
4 މަހަށް ފަހު އައްޑޫގެ މޮނިޓަރިން ހާލަތު އުވާލައިފި
ކައުންސިލުން ހުޅުމީދޫ ވަކިވާން ޖެހޭ ސަބަބެއް ނެތް: މޭޔަރު
އައްޑޫގެ ކޮވިޑް ކޭސްތައް 100 އިން ދަށަށް