30 ސެޕްޓެމްބަރ 2021
އައްޑޫގައި ޓޫރިޒަމް ދާއިރާގެ ފުޅާކުރަން ފަށާފައިވާ މަސައްކަތުގެ ދަށުން ޓޫރިޒަމް ޒޯންތަކުގައި މިހާރު ވެސް 4،140 އެނދު ތެރައްގީކުރުމުގެ މަސައްކަތް ފެށިފައިވާ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފި އެވެ.
އައްޑޫގައި ޓޫރިޒަމް ދާއިރާގެ ފުޅާކުރަން ފަށާފައިވާ މަސައްކަތުގެ ދަށުން ޓޫރިޒަމް ޒޯންތަކުގައި މިހާރު ވެސް 4،140 އެނދު ތެރައްގީކުރުމުގެ މަސައްކަތް ފެށިފައިވާ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފި އެވެ.
އައްޑޫ ޓޫރިޒަމްގެ މުސްތަގުބަލާ ބެހޭ ގޮތުން ރޭ ކުލަބްހައުސްގައި ބޭއްވި ޕެނެލް ޑިސްކަޝަންގައި މޭޔަރު އަލީ ނިޒާރު ވިދާޅުވީ އައްޑޫގެ ޓޫރިޒަމްގެ ހަތަރު ޒޯނުން ޖުމްލަ 95 ބިން ދޫކުރަން ހަމަޖެހިފައިވާ އިރު، އޭގެ ތެރެއިން މިހާރު ވެސް 50 ބިމެއް ދޫކޮށްފައިވާ ކަމަށެވެ. މި ސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި އައްޑޫގައި 8،000 އެނދު ތަރައްގީކުރުމަކީ ސަރުކާރުގެ ވައުދެކެވެ.
އެހެންވެ އެ ވައުދު ފުއްދަން ބުރަކޮށް މަސައްކަތްކުރައްވާނެ ކަމަށް ނިޒާރު ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ޓޫރިޒަމް ޒޯންތަކުން ދޫކުރާ ބިންތަކުގައި ތަރައްގީކުރެވޭ ތަންތަނާ އެކު އައްޑޫގެ އިގުތިސާދު ކުރިއަރައި، އައްޑު އަކީ ތަފާތު ރަހަތަކުގެ ޓޫރިޒަމް އޮންނަ ތަނެއްގެ ގޮތުގައި ވެސް ފާހަގަކުރެވިގެން ދާނެ ކަމަށެވެ.
އައްޑޫގެ ޓޫރިޒަމް ޒޯންތަކުން ދޫކުރާ ބިންތައް ހަވާލުކުރަން ފެށީ މި އަހަރުގެ މާޗް މަހުގެ ތެރޭގަ އެވެ. އަދި އެތަންތަނުގެ ލޭންޑްސްކޭޕިން މަސައްކަތްތައް ވެސް ވަރަށް ބާރަށް އަންނަނީ ކުރެވެމުންނެވެ. އެގޮތުން މިހާރު ވެސް މީދޫގެ ޓޫރިޒަމް ޒޯނަކީ ޗާލު މަންޒަރުތަކެއް ފެންނަ ތަނެއް ކަމަށް ނިޒާރު ވިދާޅުވި އެވެ.
"މި މަޝްރޫއުގެ ފުރަތަމަ ސްޓެޕެއް ގޮތަށް އައްޑޫގެ ހަތަރު ސަރަހައްދެއްގައި ޓޫރިޒަމް ޒޯންތައް ގާއިމުވެވި އެ ޒޯންތަކުގައި [މިހާރު ވެސް] ހަތަރުހާސް އެއްސަތޭކަ ސާޅީސް އެނދު ގާއިމުކިރުމުގެ މަސައްކަތް ފެށިފައި ވަނީ،" އޭނާ ވިދާޅުވި އެވެ.
ނިޒާރު ވިދާޅުވީ ޓޫރިޒަމް ޒޯންތަކުން ހަވާލުކުރި 50 ބިމާ އެކީ އެއީ 1،295 އެނދު ތަރައްގީވެގެން ދާނެ ކަމަށެވެ.
"މިއީ މިހާރު އައްޑޫގައި ހުރި އެނދުގެ ނިސްބަަތަށް ބަލާ އިރު ދާދި އެއްވަރުގެ އަދަދެއް،" ނިޒާރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ބާކީ އޮތް 45 ބިން ވެސް ވަރަށް އަވަހަށް ދޫކުރުމުގެ މަސައްކަތްތައް ފެށޭނެ އެވެ. ނިޒާރު ވިދާޅުވީ ޓޫރިޒަމް ޒޯންތަކުގައި ފުރަތަމަ މަރުހަލާގައި ތަރައްގީކުރެވޭ ތަންތަނުގެ އެނދުގެ އަދަދު މި ވަގުތު 4،140 ގައި ހުރި ނަމަވެސް އެއްބަސްވުންތަކަށް ގެނެެވޭ ބަދަލުތަކާ އެކު އިމާރާތްތައް ކުރިއަށް ވުރެ އުސްކޮށް ހެދޭނެ ގޮތް ވުމަކީ އެނދުގެ ނިސްބަތް އިތުރުވެގެން ދާނެ ކަމެއް ކަމަށެވެ.
"އެހެންވެ ވިސްނުމަކީ އެ އަދަދު ފަސްހާސް އެނދަށް ބަދަލުވެވޭނެ ގޮތަކަށް މަސައްކަތްކުރުން. އެގޮތުން މަޝްވަރާ ލިބެން ޖެހޭ ފަރާތްތަކުން މަޝްވަރާ ލޮބުގެން މި ބަލަނީ އެކަން އެގޮތަށްވޭތޯ. އަދި ހަމަމިއާ އެކު މި ތަންތަނަށް އިންވެސްޓްކުރެވޭނެ ގޮތްތަކެއް ހޯދުމަށްޓަކައި ބޭންކްތަކާ ގުޅުމުގެ މަސައްކަތް ވެސް ފެށިފައި ވަނީ،" ނިޒާރު ވިދާޅުވި އެވެ. "މީގެ އިތުރުން މި ތަންތަނަށް އިންވެސްޓްކުރަން ތިބި ފަރާތްތަކަށް ފައިނޭންސް ހޯދުމަށް ސަރުކާރުގެ ކަމާ ގުޅުން ހުރި ފަރާތްތަތަކާ ވެސް މަޝްވަރާކުރެވޭނެ."
އެ މަޝްވަރާތަކަށް ކައުންސކުން އަންނަ މަހުގެ ތެރޭގައި މާލެ އަށް ދަތުރެއް ވެސް ކުރަން ހަމަޖެހިފައިވާ ކަމަށް ކައުންސިލުން ބުންޏެވެ.
"މިތަންތަން ތަރައްގީކުރުމަކީ އެންމެ މުހިއްމު އެެއް ކަންތައްތައް ކަމަށް ދެކިގެން އަޅުގަނޑުމެން މަސައްކަތްކުރަނީ." ނިޒާރު ވުދާޅުވި އެވެ.
އައްޑޫގެ ޓޫރިޒަމް ޒޯންތަކަކީ ހިތަދޫ "މާމެން ބީޗް ޓޫރިޒަމް ޒޯން" އިން 30 ބިން، ހުޅުދޫ "ކޭވައް ބީޗް" މާފިޝި ޓޫރިޒަމް ޒޯނާއި "ކޯގަންނު ބީޗް" މުލިމަތި ޓޫރިޒަމް ޒޯނާއި އަދި ފޭދޫ "ސަވާ ބީޗް" ދިގިހެރަ ޓޫރިޒަމް ޒޯނެވެ.
އައްޑޫން ޓޫރިޒަމަށް އިތުރު ބިންތަކެއް ދޫކުރަނީ
އައްޑޫން އިއުލާނުކުރި 1،000 ގޯއްޗަށް 4،000ފޯމު
އައްޑޫގެ އާބާދީ 35،000 އަށް އަރަނީ
އައްޑޫން ކޮވިޑް ކޮންޓްރޯލެއް ނުވި، އަދަދު 800 އަށް
އައްޑޫން އިއްޔެ އެކަނިވެސް 123މީހަކަށް ކޮވިޑް ޖެހުނު
އާ އަހަރާއެކު އައްޑޫގައި ކޮވިޑް ކޭސްތައް މައްޗަށް
އައްޑޫ ސިޓީ ކައުންސިލުން ވަކިވާން ހުޅުމީދޫގެ ޕެޓިޝަނެއް
4 މަހަށް ފަހު އައްޑޫގެ މޮނިޓަރިން ހާލަތު އުވާލައިފި
ކައުންސިލުން ހުޅުމީދޫ ވަކިވާން ޖެހޭ ސަބަބެއް ނެތް: މޭޔަރު
އައްޑޫގެ ކޮވިޑް ކޭސްތައް 100 އިން ދަށަށް