13 އޮކްޓޯބަރ 2020
އައްޑޫގައި ގެސްޓް ހައުސް އާއި ސިޓީ ހޮޓާ ތަރައްގީކުރަން ބިން ހޯދަން ޝައުގުވެރިވާ ފަރާތްތަކަށް ކުރިމަތިލުމުގެ ފުރުސަތު އައްޑޫ ސިޓީ ކައުންސިލުން ދެވަނަ ބުރަށް ހުޅުވާލައިފި އެވެ.
އައްޑޫގައި ގެސްޓް ހައުސް އާއި ސިޓީ ހޮޓާ ތަރައްގީކުރަން ބިން ހޯދަން ޝައުގުވެރިވާ ފަރާތްތަކަށް ކުރިމަތިލުމުގެ ފުރުސަތު އައްޑޫ ސިޓީ ކައުންސިލުން ދެވަނަ ބުރަށް ހުޅުވާލައިފި އެވެ.
މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ވެސް އައްޑޫގެ ޓޫރިޒަމް ޒޯންތަކުން ކުއްޔަށް ބިން ހޯދަން ހުޅުވައިލި އެވެ.
ދެވަނަ ބުރުގެ ދަށުން ހިތަދޫގެ ޓޫރިޒަމް ޒޯނުގެ ތެރޭގައި ހިމެނޭ މާމެން ބީޗް ސަރަހައްދުން 30 ބިން ދޫކުރަން ހަމަޖެހިފައިވާ އިރު އޭގެ ތެރޭގައި ހިމެނެނީ 2،400-10،000 އަކަފޫޓްގެ ބިންތަކެވެ. އަދި ބިންތައް ހާއްސަކޮށްފައި ވަނީ 10-60 އާ ދެމެދުގެ އެނދުގެ ފެސިލިޓީތަކަށެވެ. އެއީ 26 ގެސްޓްހައުސް އާއި ހަތަރު ސިޓީ ހޮޓަލަށެވެ.
ފޭދޫ ސަވާ ބީޗް ސަރަހައްދުން 24 ބިން ދޫކުރަން ހަމަޖެހިފައިވާ އިރު އޭގެ ތެރޭގައި ވެސް ހިމެނެނީ 2،400-10،000 އަކަފޫޓްގެ ބިންތަކެވެ. އެއީ ގެސްޓް ހައުސްތަކަށް ހާއްސަ 20 ބިމާއި ސިޓީ ހޮޓާތަކަށް ހާއްސަ ހަތަރު ބިމެވެ.
މީގެ އިތުރުން މަރަދޫ ވެންބޮޅޮފިށި ޒޯނުން ދޫކުރަން ހަމަޖެހިފައި ވަނީ 10،000 އަކަފޫޓްގެ އެއް ބިމެވެ. އެއީ 60 އެނދުގެ ސިޓީ ހޮޓަލަކަށެވެ.
ހުޅުދޫ ކަވިއާ ބީޗުން 25 ބިން ދޫކުރަން ނިންމާފައިވާ އިރު، އޭގެ ތެރެއިން 20 ބިން ހާއްސަކޮށްފައި ވަނީ ގެސްޓްހައުސްތަކަށެވެ. އަދި ބާކީ ސިޓީ ހޮޓާތަކަށެވެ. ހުޅުދޫން ވެސް ދޫކުރަން ހަމަޖެހިފައި ވަނީ 2،400-10،000 އަކަފޫޓްގެ ބިންތަކެވެ.
މީދޫ ކޯގަން ބީޗުން 16 ބިން ދޫކުރާ އިރު، 13 ބިން ހާއްސައީ ގެސްޓްހައުސްތަކަށެވެ. އަދި އަނެއް ތިން ބިން ސިޓީ ހޮޓާތަކަށް ހާއްސަކޮށްފައިވާ އިރު، ބިމުގެ ސައިޒް އުޅެނީ 2،400-10،000 އަކަފޫޓާ ދެމެދުގަ އެވެ.
އައްޑޫގެ ޓޫރިޒަމް ޒޯންތަކުން ބިންތައް ދޫކުރަނީ 50 އަހަރުގެ މުއްދަތަށެވެ. ބިންތައް ހޯދަން ޝައުގުވެރިވާ ފަރާތްތަކަށް ބިޑް ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 14 އިން އަންނަ މަހުގެ 12 އާ ހަމައަށް އޮންނާނެ އެވެ. ކައުންސިލުން ބުނިގޮތުގައި ބިޑް ޑޮކިއުމެންޓް ދިވެހިންނަށް 2،000ރ. ވިއްކާ އިރު، ބޭރު މީހުންނަށް ވިއްކާނީ 300 ޑޮލަރަށެވެ.
މި މަޝްރޫއާ ގުޅޭ ޕްރީ-ބިޑް މީޓިން އޮންލައިންކޮށް ބާއްވާނީ މި މަހުގެ 29 ގައި އޮންނާނެ އެވެ. އަދި އޭގައި ބައިވެރިވުމަށްޓަކައި މި މަހުގެ 27 ގައި ރަޖިސްޓްރީވާން ޖެހެ އެވެ.
ބިޑް ހުޅުވުން ކުރިއަށް ގެންދަން ނިންމާފައި ވަނީ ޑިސެމްބަރު މަހުގެ 14-17 އަށެވެ.
އައްޑޫގައި ސިޓީ ހޮޓަލާއި ގެސްޓްހައުސް ހިންގަން ޝައުގުވެރިވާ ފަރާތްތަކަށް ދެވަނަ ބުރެއްގެ ދަށުން ބިން ހޯދަން ފުރުސަތު ހުޅުވާލި އިރު، މިކަމަކީ އައްޑޫގެ ޓޫރިސްޓް އެނދުގެ އަދަދު 8،000 އިތުރުކުރުމަށް މި ސަރުކާރުން އިއުލާންކޮށްފައިވާ މަޝްރޫއުގެ ދަށުން ކުރިއަށް ގެންދާ ކަމެކެވެ.
އައްޑޫގައި މި ވަގުތު ތިން ރިސޯޓާއި ސިޓީ ހޮޓަލެއްގެ އިތުރުން ގިނަ ގެސްޓްހައުސްތަކެއް ވެސް ތަރައްގީކޮށްފައިވެ އެވެ. އައްޑޫގެ ތިން ރިސޯޓަކީ ޝަންގްރިއްލާ ވިލިގިލި ރިސޯޓް އެންޑް ސްޕާ އާއި ކެނަރީފް ރިސޯޓްގެ އިތުރުން ސައުތު ޕާމް ރިސޯޓެވެ. އައްޑޫގައި ހިންގާ ސިޓީ ހޮޓަލަކީ ގަމުގެ އީކްއޭޓަ ވިލެޖެވެ.
އައްޑޫގެ ޓޫރިޒަމް ޒޯންތަކުން ފުރަތަމަ 4،140 އެނދު
އައްޑޫ މަގުތައް ހަދަން ސާވޭކުރަން ފަށައިފި
އައްޑޫގެ އާބާދީ 35،000 އަށް އަރަނީ
އައްޑޫން ކޮވިޑް ކޮންޓްރޯލެއް ނުވި، އަދަދު 800 އަށް
އައްޑޫން އިއްޔެ އެކަނިވެސް 123މީހަކަށް ކޮވިޑް ޖެހުނު
އާ އަހަރާއެކު އައްޑޫގައި ކޮވިޑް ކޭސްތައް މައްޗަށް
4 މަހަށް ފަހު އައްޑޫގެ މޮނިޓަރިން ހާލަތު އުވާލައިފި
އައްޑޫގެ ކޮވިޑް ކޭސްތައް 100 އިން ދަށަށް
އައްޑޫ ކޮވިޑް: މަރަދޫގެ ކޭސްތައް އިތުރުވަނީ
އައްޑޫގެ ކޮވިޑް ކޭސްތައް 100 އިން ދަށަށް