Roadha Mihaaru
އައްޑޫގެ އާބާދީ 35،000 އަށް އަރަނީ

އައްޑޫގެ އާބާދީ 35،000 އަށް އަރަނީ

31 ޖެނުއަރީ 2022

މާލެ ފިޔަވައި އެންމެ އާބާދީ ބޮޑު، އައްޑޫގެ އާބާދީ 35،000 އާ ގާތްކޮށްފި އެވެ.

އަހުމަދު އަދްޝަން ސ. ފޭދޫން އަހުމަދު އަދްޝަން

މާލެ ފިޔަވައި އެންމެ އާބާދީ ބޮޑު، އައްޑޫގެ އާބާދީ 35،000 އާ ގާތްކޮށްފި އެވެ.

އައްޑޫ ސިޓީ ކައުންސިލުން މިއަދު އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން އައްޑޫގެ މިހާރުގެ އާބާދީ އަކީ 34،722 އެވެ. މިއީ ޖުމްލަ އާބާދީ ނަމަވެސް، ސިޓީއެއްގެ ގޮތުގައި ހިމަނާފައިވާ އައްޑޫގެ ގިނަ ބަޔަކު ރަށުން ބޭރުގައި ދިރިއުޅެ އެވެ. ހާއްސަކޮށް ވެރިރަށް މާލޭގަ އެވެ. އޭގެ ތެރެއިން ގިނަ މީހުންނަކީ ހިޖުރަކޮށްފައިވާ މީހުންނެވެ. އެކަމަކު މުޅި އައްޑޫގައި މިހާރު ދިރިއުޅޭ މީހުންގެ އަދަދު ސިޓީ ކައުންސިލުން ހާމަކޮށްފައެއް ނުވެ އެވެ.

ކައުންސިލްގެ އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، ވަކިވަކި އަވަށްތަކުގެ އާބާދީގެ ތެރެއިން އެންމެ ގިނަ ބަޔަކު ތިބީ ހިތަދޫގަ އެވެ. ހިތދޫގެ އާބާދީ އަކީ 16،566 އެވެ. އާބާދީ ދެން ބެހިފައިވާ ގޮތަށް ބަލާއިރު ފޭދޫގައި 5،686، މަރަދޫގައި 3،845، ހުޅުދޫގައި 3،701، މީދޫގައި 3،015 އަދި މަރަދޫފޭދޫގެ އާބާދީ އަކީ 1،909 އެވެ.

ދެ ޖިންސްގެ މީހުންގެ އާބާދީ އަށް ބަލާއިރު ފިރިހެނުންގެ އަދަދަކީ 17،808 އެވެ. އަދި އަންހެނުންގެ އަދަދަކީ 16،913 އެވެ. އުމުރުން 18 އަހަރުގެ ދަށުގެ އާބާދީ އަކީ 8،845 އެވެ. ޒުވާނުންގެ އާބާދީ އަކީ 10،335، އެވެ. އުމުރުން 35-65 އަހަރާ ދެމެދުގެ މީހުންގެ އާބާދީ 13،128 އަށް އަރާ އިރު، 65 އިން މަތީގެ މީހުންގެ އާބާދީ އަކީ 2،411 އެވެ.

ރާއްޖޭގައި ސިޓީއެއްގެ ދަރަޖަ ލިބުނު ފުރަތަމަ އަތޮޅުގެ އަވަށްތަކުގެ ތެރެއިން ހުޅުދު އާއި މީދޫ އަކީ މީހުން ދިރިއުޅޭ އަވަށްތަކާ ވަކިން އޮންނަ ދެ އަވަށެވެ. އަދި އެ ދެ އަވަށް އޮންނަނީ އެއްފަސްކޮށް ގުޅިފަ އެވެ. އައްޑޫގެ އާބާދީގެ ބޮޑު ބައި ވެސް އޮންނަނީ އެއްފަސްކޮށް ގުޅިފަ އެވެ.