25 ޑިސެމްބަރ 2021
އައްޑޫގެ މީހުން ދިރިއުޅޭ އަވަށްތަކުގެ ތެރެއިން ވަކިން އޮންނަ ހުޅުދު އާއި މީދޫ، އައްޑޫ ސިޓީ ކައުންސިލުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެ އެވެ.
އައްޑޫގެ މީހުން ދިރިއުޅޭ އަވަށްތަކުގެ ތެރެއިން ވަކިން އޮންނަ ހުޅުދު އާއި މީދޫ، އައްޑޫ ސިޓީ ކައުންސިލުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެ އެވެ.
ފޭސްބުކް ޕޯސްްޓެއްގައި އޭނާ ވިދާޅުވީ، އެކަމާ އެ ދެ އަވަށުގެ މީހުންގެ ހިޔާލު ވެސް ބޭނުންވާ ކަމަށާއި އެ މީހުން އެ ކަމަށް ތާއީދުކުރާ ނަމަ ކުރިއަށް އޮތް ދައުރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމާއެކު ފެބްރުއަރީ މަހުގެ ތެރޭގައި މައްސަލަ ހުށަހަޅުއްވާނެ ކަމަށެވެ.
"އެހެންކަމުން ހުޅުދޫ/މީދޫ ރައްޔިތުން މިކަމާ ދޭތެރޭ ދެކޭ ގޮތް ހިއްސާކޮށް ދެއްވުން އެދެން،" އެމްޑީޕީގެ އިސް މެމްބަރު ރޮޒައިނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގައި، އައްޑޫގެ "އިހުތިސާސް" އިން ހުޅުމީދޫ ވަކިކުރުން ހުށަހެޅުމުގެ ވިސްނުމަކީ ކައުންސިލްގެ ބައެއްގެ ގޮތުގައި އޮވެގެން އެ ދެ އަވަށުގެ ރައްޔިތުންނަށް ވަނީ ފައިދާތޯ ގެއްލުންތޯ ވިސްނައި، ބަހުސްކޮށް ހައްލެއް ހޯދަން ޖެހޭތީ އެވެ.
"ކޮންމެ ކަމެއް ނިންމުމުގައި މި ދެ ރަށުގެ [އަވަށުގެ] ރައްޔިތުންނަށް އެތައް ތަކުލީފަކާ ކުރިމަތިލާން ޖެހޭކަމުގެ ޝަކުވާތަކަށް އާ ކައުންސިލާ އެކު ހައްލެއް ލިބޭނެ ކަމަށް ރައްޔިތުން އުންމީދުކުރި،" ރޮޒައިނާ ވިދާޅުވި އެވެ.
"ނަމަވެސް މި ޝަކުވާތަކަށް ނިމުމެއް ނެތް."
އައްޑޫ ސިޓީ ކައުންސިލްގެ "އިހުތިސާސް" އިން ހުޅުމީދޫ ވަކިކުރަން ފެނޭތޯ ރައްޔިތުންގެ ހިޔާލު އޭނާ ހޯއްދަވަން ފެއްޓެވި އިރު، މީގެ ކުރިން ވެސް މިކަހަލަ ވާހަކަތަކެއް ދެ އަވަށުގެ ބައެއް މީހުންނާއި އެ އަވަތަކުގެ ބައެއް ޖަމިއްޔާ ޖަމާއަތްތަކުން ވެސް ދައްކާފައިވެ އެވެ. ހާއްސަކޮށް ކައުންސިލް މެދުވެރިކޮށް ހޯދަން ޖެހޭ ގިނަ ހިދުމަތްތައް ހުޅުމީދޫގެ މީހުންނަށް ހޯދަން ދަތިވުމާއި އެކަމުގެ އުނދަގޫތަކުގެ ވާހަކަ ވަރަށް ކުރިއްސުރެ ވެސް ދެކެވެމުންދެ އެވެ.
ހުޅުމީދޫ ބޮޑުމަގު.
ރާއްޖޭގެ އަތޮޅުތަކުގެ ތެރެއިން ސިޓީއެއްގެ ދަރަޖަ ފުރަތަމަ ލިބުނު އައްޑު އަކީ މީހުން ދިރިއުޅޭ ހަ އަވަށް އޮންނަ ތަނެކެވެ. އެއީ ހިތަދު އާއި މަރަދޫ އާއި މަރަދޫފޭދު އާއި ފޭދު އާއި ހުޅުދު އާއި މީދު އެވެ. އެހެން އަވަށްތަކާ މުޅިން ވަކިން އޮންނަ ހުޅުދު އާއި މީދު އަކީ އައްޑޫގެ އެހެން އަވަށްތައް ވެސް އެއްފަސްކޮށް ގުޅިފައި އޮންނަ ގޮތަށް އެއްފަސްކޮށް އޮންނަ ދެ އަވަށެވެ.
އައްޑޫން ހިޖުރަ ކޮށްފައިވާ މީހުންގެ ތެރެއިން އެންމެ ގިނަ ބަޔަކު ރަށް ނުވަތަ އަވަށް ދޫކޮށްފައި އޮތް ދެ އަވަށަކީ ހުޅުދު އާއި މީދު އެވެ.
ކައުންސިލުން ހުޅުމީދޫ ވަކިވާން ޖެހޭ ސަބަބެއް ނެތް: މޭޔަރު
ހުޅުދޫ/މީދޫ ޕެޓިޝަން މަޖިލީހުގެ ރައީސާއި އެލްޖީއޭ އަށް
އައްޑޫ ސިޓީ ކައުންސިލުން ވަކިވާން ހުޅުމީދޫގެ ޕެޓިޝަނެއް
4 މަހަށް ފަހު އައްޑޫގެ މޮނިޓަރިން ހާލަތު އުވާލައިފި
އައްޑޫގެ ކޮވިޑް ކޭސްތައް 100 އިން ދަށަށް
ހުޅުދު އާއި މީދޫގައި ބިދޭސީންގެ މައްސަލަ ބޮއްސުންލައިފި
އަމާޒަކީ އައްޑޫގެ ކޮންޓެކްޓް ޓްރޭސިން އަވަސްކުރުން
އަނެއްކާ ވެސް ކޮވިޑް ފެނި މުޅި އައްޑޫ ބަންދުކޮށްފި
ކޮވިޑް ކޭސްތަކާ އެކު ހުޅުމީދޫ އަލުން މޮނިޓަރިންގައި
މިފްކޯގެ ހުޅުމީދޫ ބަނދަރުގެ މަސައްކަތް ފަށައިފި