މިދިޔަ ފެބްރިއަރީ މަހުގެ ތެރޭގައި ކޮވިޑް-19 ގެ ގިނަ ކޭސްތަކެއް ފެނި ގިނަ ދުވަސްތަކެއް ވަންދެން މުޅި އައްޑޫ މޮނިޓަރިންގެ ހާލަތުގައި އޮތުމަށް ފަހު، ލުއިތަކެއް ލިބުނުތާ މާ ގިނަ ދުވަސްތަކެއް ނުވަނީސް މިހާރު އަނެއްކާ ވެސް ބަލީގެ ނުރައްކާ ބޮޑުވާން ފަށައިފި އެވެ.
01 މެއި 2021
މިދިޔަ ފެބްރިއަރީ މަހުގެ ތެރޭގައި ކޮވިޑް-19 ގެ ގިނަ ކޭސްތަކެއް ފެނި ގިނަ ދުވަސްތަކެއް ވަންދެން މުޅި އައްޑޫ މޮނިޓަރިންގެ ހާލަތުގައި އޮތުމަށް ފަހު، ލުއިތަކެއް ލިބުނުތާ މާ ގިނަ ދުވަސްތަކެއް ނުވަނީސް މިހާރު އަނެއްކާ ވެސް ބަލީގެ ނުރައްކާ ބޮޑުވާން ފަށައިފި އެވެ.
މި ވަގުތު އެންމެ ބޮޑު ކަންބޮޑުވުމަކީ ފެބްރުއަރީ މަހު އެންމެ ފުރަތަމަ އައްޑޫން މޮނިޓަރިން އަށް ގެނައި ހުޅުމީދޫ އަލުން އަނެއްކާވެސް އެ ހާލަތަށް ދިއުމެވެ. މާލެ އާއި ރަށާ ދޭތެރޭ ދަތުރުކުރާ "ނިއު ލައިން" ބޯޓްގެ ބަޔަކު ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން މިދިޔަ މަހުގެ 29 ގައި ހުޅުމީދޫ މޮނިޓަރިންގެ ހާލަތަށް ގެނެސް މިހާރު އަންނަނީ ކޮންޓެކްޓް ޓްރޭސިން ވެސް ހަދަމުންނެވެ. މިއާ އެކު އިއްޔެ ވަނީ ހުޅުމީދޫ ސިއްހީ މަރުކަޒުގެ ދެ މުވައްފަޒަފަކު އައިސޮލޭޓް ވެސް ކޮށްފަ އެވެ.
އޭގެ ތެރޭގައި ހިމެނެނީ ޑޮކްޓަރަކާއި ނަރުހުކެވެ. ހުޅުމީދޫގެ ހާލަތާ އެކު މިހާރު އުފެދިފައިވާ ކަންބޮޑުވުންތަކާ އެކު ސިއްހީ މަރުކަޒާއި އައްޑޫ ސިޓީ ކައުންސިލުން ވެސް އާންމުން ރައްކާތެރިވެ ތިބުމަށް އިލްތިމާސްކޮށްފައިވެ އެވެ.
Please #WearAMask, #SocialDistance and #StayHome. If you are showing any symptoms of #COVID19, contact Hulhumeedhoo Flu Clinic on 7920440 immediately. pic.twitter.com/EAaLDGolPU
— Addu City Council (@AdduCityCouncil) April 30, 2021
އައްޑޫ އިކްއަޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިން ބުނެފައިވާ ގޮތުގައި މި ވަގުތު ޖުމްލަ އެކްޓިވް ހަ ހަތް ކޭހެއް އުޅެ އެވެ. ޑައިރެކްޓް ކޮންޓެކްޓްގެ ފަސް ކޭހަކާއި ކަރަންޓީނު ކޭހެއްގެ އިތުރުން ސަވިލަންސް ކޭހެކެވެ. އެތަނުން ބުނެފައިވާ ގޮތުގައި މި ކޭސްތަކާ އެކު ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި 17 މީހަކު ހިމެނެ އެވެ.
އައްޑޫގައި ފެބްރުއަރީ މަހުގެ ތެރޭގައި ކޮވިޑްގެ ކޭސްތައް އިތުރުވަމުން ދިޔަ އިރު މާޗް މަހުގެ 4 އާ ހަމައަށް ބަލި ޖެހުނު މީހުން 100 އާ ގާތްކުރެ އެވެ. އޭގެ ފަހުން މިދިޔަ މަހުގެ ކުރީކޮޅު ހިތަދޫން އިތުރު ކޭސްތަކެއް ފެނުނެވެ.
އަމާޒަކީ އައްޑޫގެ ކޮންޓެކްޓް ޓްރޭސިން އަވަސްކުރުން
އަނެއްކާ ވެސް ކޮވިޑް ފެނި މުޅި އައްޑޫ ބަންދުކޮށްފި
އައްޑޫ ކޮވިޑް: މަރަދޫގެ ކޭސްތައް އިތުރުވަނީ
އައްޑޫގެ ކޮވިޑް ކޭސްތައް 100 އިން ދަށަށް
އައްޑޫގައި ކޮވިޑްގެ ކޭސްތަކަށް ދަށްވުމެއް
އިތުރު 26؛ އައްޑޫގައި މިހާރު ކޮވިޑްގެ 118 ކޭސް
އައްޑޫގައި އަދިވެސް ކޮވިޑްގެ 92 ކޭސް
އައްޑޫ ކޮވިޑް ކޭސްތަކުގެ އަދަދު 55 އަށް
މި ރެއިން ފެށިން އައްޑޫގައި ކާފިއު ހިންގަނީ
އައްޑޫގެ ކެފޭތައް ހަމައެކަނި ޓޭކްއަވޭ އާއި ޑެލިވަރީއަށް