Roadha Mihaaru
އައްޑޫ ކޮވިޑް ކޭސްތަކުގެ އަދަދު 55 އަށް

އައްޑޫ ކޮވިޑް ކޭސްތަކުގެ އަދަދު 55 އަށް އަރައިފި

11 ފެބުރުއަރީ 2021

އައްޑޫން ކޮވިޑް-19 އަށް ޕޮޒިޓިވް މީހުންގެ އަދަދު މިހާރު 55 އަށް އިތުރުވެފައިވާ ކަމަށާއި އެ މީހުންނާ ގުޅުން ހުރި ޑައިރެކްޓް ކޮންޓެކްޓްގެ އަދަދު 310 އަރާ ކަމަށް އައްޑޫ އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން މިއަދު ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އައްޑޫން ކޮވިޑް-19 އަށް ޕޮޒިޓިވް މީހުންގެ އަދަދު މިހާރު 55 އަށް އިތުރުވެފައިވާ ކަމަށާއި އެ މީހުންނާ ގުޅުން ހުރި ޑައިރެކްޓް ކޮންޓެކްޓްގެ އަދަދު 310 އަރާ ކަމަށް އައްޑޫ އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން މިއަދު ބުނެފި އެވެ.

އައްޑޫ މޮނިޓަރިން އަށް ލައި، ކޮންޓްރެކްޓް ޓްރޭސިން ހަދަމުން އަންނަ އިރު ޕޮޒިޓިވް ކޭސްތައް ބެހެނީ ދެ ކްލަސްޓާއަކަށެވެ. އެއީ މިހާތަނަށް 28 މީހަކު ޕޮޒިޓިވްވި އޭވިއޭޝަން ކޮމާންޑް ކްލަސްޓާ އާއި 26 ބިދޭސީން ޕޮޒިޓިވްވި އެމްޓީސީސީ ހުޅުމީދޫ ކްލަސްޓާ އެވެ.

އޭވިއޭޝަން ކޮމާންޑް ކްލަސްޓާ އިން ޕޮޒިޓިވް ވީ ހުސް ދިވެހިންނެވެ.

ބަލި ޖެހުނު މީހުންގެ ތެރެއިން ބިދޭސީއަކު އެޑްމިޓްކޮށް މިހާރު ފަރުވާ ދެމުން އަންނަ އިރު މިހާތަނަށް އައްޑޫން ސީރިއަސް ކޭސްތަކެއް ފެނިފައެއް ނުވެ އެވެ. އަދި ޕޮޒިޓިވް އެންމެން ވެސް ތިބީ އައިސޮލޭޝަންގަ އެވެ.

އައްޑޫން ކޮވިޑްގެ ކޭސްތަކެއް ފެނުމާ ގުޅިގެން މިހާތަނަށް ވަނީ ރައްކާތެރިކަމުގެ ގޮތުން ގިނަ ފިޔަވަޅުތަކެއް އަޅައިފަ އެވެ.

އޭގެ ތެރޭގައި ރެއިން ފެށިިގެން ރޭގަނޑު 8:00 އިން ފަތިހު 4:00 އަށް ކާފިއު ހިންގުމާއި ޖަމާތުގައި ނަމާދުކުރުން މެދުކަނޑާލުމާއި ތައުލީމީ މުއައްސަސާތައް ބަންދުކުރުމާއި އެއް އަވަށުން އަނެއް އަވަށަށް ދިއުން މަނާކުރުމާއި ކެފޭ/ރެސްޓޯރަންޓްތައް އާންމުކޮށް ހުޅުވައިގެން ހިިދުމަތް ދިނުން ހުއްޓާލުން ފަދަ ފިޔަވަޅުތައް ހިމެނެ އެވެ.