02 މެއި 2021
ކޮވިޑް-19 ގެ ކޭސްތަކެއް ފެނި މިހާރު އަނެއްކާ ވެސް އައްޑު އަށް އަރައިފޭބުން މަނާކޮށްފައިވާ އިރު މި ވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ ވީހާ ވެސް އަވަހަކަށް ކޮންޓެކްޓް ޓްރޭސިން ނިންމުމަށް ކަމަށް އައްޑޫ އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އީއޯސީ) އިން މިރޭ ބުނެފި އެވެ.
ކޮވިޑް-19 ގެ ކޭސްތަކެއް ފެނި މިހާރު އަނެއްކާ ވެސް އައްޑު އަށް އަރައިފޭބުން މަނާކޮށްފައިވާ އިރު މި ވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ ވީހާ ވެސް އަވަހަކަށް ކޮންޓެކްޓް ޓްރޭސިން ނިންމުމަށް ކަމަށް އައްޑޫ އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އީއޯސީ) އިން މިރޭ ބުނެފި އެވެ.
އެތަނުން ބޭއްވި ޕްރެސް ބްރީފިންގައި އައްޑޫ އިކްއަޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގެ ސީއީއޯ ޑރ. މުހައްމަދު ސޯލިހު ވިދާޅުވީ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ވެސް މިހާރު ވަރަށް ބާރަށް ކުރިއަށް ގެންދާ ކަމަށެވެ. އެގޮތުން ވަކިން އޮންނަ ހުޅުމީދު އާއި އައްޑޫގެ ގުޅިފައިވާ އަވަށްތަކުގައި ވެސް ކޮންޓެކްޓް ޓްރޭސީން ހަލުވިކަމާ އެކު ކުރިއަށްދާ ކަމަށް ވިދާޅުވި އެވެ.
ހުޅުމީދޫން މިހާތަނަށް 13 މީހަކު ޕޮޒިޓިވްވެފައިވެ އެވެ.
ހުޅުމީދޫ ބުރާސްފަތި ދުވަހު މޮނިޓަރިންގެ ހާލަތަށް ގެނައީ މާލެ އާއި އައްޑުއާ ދެމެދު ދަތުރުކުރާ ބޯޓެއްގެ މީހަކު ކޮވިޑަށް ޕޮޒިޓިވް ހިސާބުންނެވެ. އަދި ގުޅިފައިވާ އަވަށްތައް ހިމެނޭ ގޮތަށް މުޅި އައްޑޫ މޮނިޓަރިންގެ ހާލަތަށް މިއަދު ގެނައީ ހިތަދޫ ފްލޫ ކްލިނިކަށް ދެއްކި ފޭދޫ މީހަކު ޕޮޒިޓިވްވުމާ ގުޅިގެންނެވެ.
"އެހެންވީމަ މި ހާލަތަކީ މި ބަލި އެހެން މީހުންނަށް ފެތުރުނަ ނުދިނުމަށް ވީހާ ވެސް އަވަހަކަށް ކޮންޓެކްޓް ޓްރޭސިން ނިންމަން ޖެހޭ ހާލަތް،" ސޯލިހު ވިދާޅުވި އެވެ. "އެހެންވީމަ މި ވަގުތު ދަންނަވާލަން ބޭނުން ވަނީ ތިމާ އަކީ ޑައިރެކްޓް ކޮންޓެކްޓެއް ކަމަށް ބެލެވޭ ނަމަ އެ މީހަކު ގޭގައި މަޑުކޮށްދިނުން. އަދި އެ މައުލޫމާތު އީއޯސީގެ ހޮޓްލައިނާ ހިއްސާކޮށް ދިނުން. އެއީ ވަރަށް މުހިއްމު ކަމަކަށް ވާނެ."
If you believe you are a direct contact of a positive case, please #StayHome and report to @aeh_mv on 6888672. pic.twitter.com/piWaDcySkz
— Addu City Council (@AdduCityCouncil) May 1, 2021
އޭނާ ވިދާޅުވި ގޮތުގައި ބަލީގެ އެއްވެސް އަލާމާތެއް ފެންނަ ނަމަ އެ މީހަކު ވީހާ ވެސް އަވަހަކަށް ފްލޫ ކްލިނިކަށް ދެއްކުމަކީ ވެސް ވަރަށް މުހިއްމު ކަމެކެވެ. އައްޑޫގައި ދެ ފްލޫ ކްލިނިކް ހުޅުވާފައިވެ އެވެ. އެއީ ހުޅުމީދު އާއި ހިތަދޫގަ އެވެ. ހިތަދޫގެ ފްލޫ ކްލިނިކް މިއަދު ހަވީރު ވަނީ ކުރީގެ ރީޖަނަލް ހޮސްޕިޓަލް އިމާރާތަށް ބަދަލުކޮށްފަ އެވެ.
އެ ފިޔަވަޅު އެޅީ އޭއީއެޗްގެ މުވައްޒަފުންނަށް ބައްޔަށް ހުށަހެޅުމުގެ ފުރުސަތު ކުޑަކުރުމުގެ ގޮތުންނެވެ. އެހެންވެ ސޯލިހް ވިދާޅުވީ މި ހާލަތުގައި ގިނަ ބަޔަކު ހޮސްޕިޓަލަށް ދިއުމަކީ އެންމެ ރައްކާތެރި ގޮތް ނޫން ކަމަށެވެ.
"އެހެންވީމަ ކޮންމެހެން ހޮސްޕިޓަލަށް ދާން ޖެހޭ ފަދަ ހާލަތެއްގައި ނޫނީ ހޮސްޕިޓަލަށް ނުދިއުން މީގައި މުހިއްމީ." ސޯލިހު ވިދާޅުވި އެވެ. "މިކަމުގައި އެެއްބާރުލުން ބޭނުން ވާނެ އަހަރެމެންނަށް ކޮންޓްރެކްޓް ޓްރޭސިން ނިންމައި ކަރަންޓީނުކުރަން ޖެހޭ މީހުން ކަރަންޓީނުކޮށް ނިމެންދެން ހޮސްޕިޓަލްގެ މޫވްމަންޓް ވީހާ ވެސް ބޮޑަށް މަދުކުރުން."
އޭނާ ވިދާޅުވި ގޮތުގައި މި ހާލަތާ ގުޅިގެން ހޮސްޕިޓަލްގެ ހިދުމަތްތައް ދިނުމުގެ އުސޫލަށް ވެސް ބަދަލުތަކެއް ގެންނަން ޖެހޭތީ އެކަމާ ބެހޭ މައުލޫމާތު ކުރިއަށް ދެތިން ދުވަހުގެ ތެރޭގައި އާންމުކުރާނެ އެވެ.
އައްޑޫ މި ވަގުތު މޮނިޓަރިންގެ ހާލަތުގައި އޮތް ނަމަވެސް ފެބްރުއަރީ މަހު އިއުލާންކުރި މޮނިޓަރިންގެ ހާލަތާ ހިލާފަށް، ގިނަ ފިޔަވަޅުތަކެއް އަޅައިފައެއް ނުވެ އެވެ. މި ފަހަރު އެޅި މައިގަނޑު ފިޔަވަޅަކީ ޒަރޫރީ ބޭނުމެއްގައި ނޫނީ އެއް އަވަށުން އަނެއް އަވަށް ދިއުމުގައި ހިފަހެއްޓުންތަކެއް ގެންގުޅުމެވެ.
މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) ވިދާޅުވީ އަމާޒަކީ ކުރިން އެޅި ކަހަލަ ފިޔަވަޅުތަކެއް އަޅަން ނުޖެހި ކޮންޓެކްޓް ޓްރޭސިން ނިންމައިލުން ކަމަށެވެ. ނަމަވެސް ބަލިން ރައްކާތެރިކަން ހޯދަން އަޅަން ކުރިން އެޗްޕީއޭ އިން ދިފައިވާ އިރުޝާދުތަކަށް އަމަލުކުރުން ވަރަށް މުހިއްމު ކަމަށް ވިދާޅުވި އެވެ. އެގޮތުން ބޭރު ތެރެގައި އުޅޭ އިރު މާސްކް އަޅަން މަޖުބޫރުކަން ވެސް މޭޔަރު ތަކުރާރުކޮށް ހަނދާންކޮށްދެއްވި އެވެ.
އައްޑޫ ކޮވިޑް: މަރަދޫގެ ކޭސްތައް އިތުރުވަނީ
އައްޑޫގެ ކޮވިޑް ކޭސްތައް 100 އިން ދަށަށް
އައްޑޫގައި ކޮވިޑްގެ ކޭސްތަކަށް ދަށްވުމެއް
އަނެއްކާ ވެސް ކޮވިޑް ފެނި މުޅި އައްޑޫ ބަންދުކޮށްފި
އައްޑޫގެ ކޮވިޑް ކޭސްތައް 100 އިން ދަށަށް
އިތުރު 26؛ އައްޑޫގައި މިހާރު ކޮވިޑްގެ 118 ކޭސް
އައްޑޫގައި އަދިވެސް ކޮވިޑްގެ 92 ކޭސް
އައްޑޫން ކޮވިޑް ޖެހުނު އެންމެން ރަނގަޅުވެއްޖެ
އައްޑޫގައި ކޮވިޑް ފެތުރުން ކޮންޓްރޯލް ވެއްޖެ
އައްޑޫ ކޮވިޑް ކޭސްތަކުގެ އަދަދު 55 އަށް