Roadha Mihaaru

ދެކުނުގެ އަތޮޅުތަކަށް މޫސުން ވަރަށް ގޯސް، އެންމެ ގިނައިން ވާރޭ ވެހުނީ ހުޅުމީދު އަށް

ދެކުނުގެ އަތޮޅުތަކަށް މޫސުން ވަރަށް ބޮޑަށް ގޯސް ކަމަށާއި މިއަދުގެ ކުރިއަށް އޮތް ގަޑިތަކުގައި ވެސް ބޯކޮށް ވާރޭ ވެހި ގުގުރާނެ ކަމަށް މޫސުމާ ބެހޭ އިދާރާ އިން ބުނެފި އެވެ.

ދެކުނުގެ އަތޮޅުތަކަށް މޫސުން ވަރަށް ގޯސް!

ދެކުނުގެ އަތޮޅުތަކަށް މޫސުން ވަރަށް ބޮޑަށް ގޯސް ކަމަށާއި މިއަދުގެ ކުރިއަށް އޮތް ގަޑިތަކުގައި ވެސް ބޯކޮށް ވާރޭ ވެހި ގުގުރާނެ ކަމަށް މޫސުމާ ބެހޭ އިދާރާ އިން ބުނެފި އެވެ.

އެހެންވެ، އެ އިދާރާ އިން ވަނީ މިއަދުގެ ހެނދުނު 6:30 އިން ފެށިގެން ހެނދުނު 11:30 ވަންދެން ގއ. އަތޮޅުން ފެށިގެން އައްޑުއާ ހަމައަށް ވައިޓް އެލާޓެއް ވެސް ނެރެފަ އެވެ.

އެ ވަގުތުތަކުގެ ތެރޭގައި ބޯކޮށް ވާރޭ ވެހި ގުގުރާނެ ކަމަށް މެޓުން ބުންޏެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް މޫސުމާ ބެހޭ އިދާރާ އިން ލަފާކުރެ އެވެ.

ރޭގެ ދަންވަރުން ފެށިގެން އައްޑު އަށް ވަރަށް ބޯކޮށް ވާރޭ ވެހި، ވައި ގަދަ އެވެ.

މެޓުން އާންމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު މިދިޔަ 24 ގަޑިިއިރުގެ ތެރޭގައި އެންމެ ގިނައިން ވާރޭ ވެހުނީ އައްޑޫ ހުޅުމީދު އަށެވެ. އިއްޔެގެ ހެނދުނު 8 އިން މިއަދުގެ ހެނދުނު 8 އަށް ހުޅުމީދު އަށް 36.3 މިލިމީޓަރުގެ ވާރޭ ވެހުނެވެ. ދެން އެންމެ ގިނައިން ވާރޭ ވެހުނީ އެ އިދާރާ އިން ބުނިގޮތުގައި އައްޑޫ ގަމަށް 24.1 މިލިމީޓަރުގެ ވާރޭ އެވެ. އައްޑޫގެ ވެރިރަށް ހިތަދު އަށް ވެހުނީ 11.2 މިލިމީޓަރުގެ ވާރޭ އެވެ.

ކ. ދިއްފުއްޓަށް 2.0 މިލިމީޓަރު، އދ. މާމިގިއްޔަށް 5.0 މިލިމީޓަރު އަދި ފުވައްމުލަކަށް 4.0 މިލިމީޓަރުގެ ވާރޭ ވެހުނު ކަމަށް މޫސުމާ ބެހޭ އިދާރާ އިން ބުންޏެވެ.