Roadha Mihaaru
ބޯކޮށް ވާރޭވެހި އައްޑޫގެ ބައެއް ގެތަކަށް ފެން ވަދެއްޖެ

ބޯކޮށް ވާރޭވެހި އައްޑޫގެ ބައެއް ގެތަކަށް ފެން ވަދެއްޖެ

14 މެއި 2020

އައްޑު އަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވެ، ބައެއް ގެތަކަށް ވެސް ފެން ވަދެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އައްޑު އަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވެ، ބައެއް ގެތަކަށް ވެސް ފެން ވަދެއްޖެ އެވެ.

ގޭގެ އަށް ފެން ވަދެ ބައެއް ފަރުނީޗަރާއި ހިފައިގެންގެންގުޅޭ ސާމާނުތަކަށް ވަނީ ގެއްލުން ވެފަ އެވެ. މިހާރު ވެސް ވާރޭވެހެމުން އަންނަަ އިިރު، ފެން ވަންނާތީ ބައެއް ގޭގެ މީހުން އަންނަނީ ވެލި ބަސްތާ ޖެހުމުގެ މަސައްކަތް ވެސް ކުރަމުންނެވެ. އަދި ގެތަކުން މީހުން އަންނަނީ އަމިއްލަ އަށް ޕަމްޕް ޖަހައިގެން ފެން ހިންދުމުގެ މަސައްކަތްކުރަމުންނެވެ.

ފޭދޫގައި ފެންބޮޑުވެފައި. ފޮޓޯ/ އިބްރާހީމް ރަޝީދު.

ފޭދޫގައި ފެންބޮޑުވެފައި. ފޮޓޯ/ އިބްރާހީމް ރަޝީދު.

ވާރޭ ވެހިއްޖެ ނަމަ އައްޑު އަކީ ވަރަށް އަވަހަށް ފެންބޮޑުވާ މައްސަލަ ދިމާވާ ތަނެކެކެވެ. އެގޮތުން މީގެ ކުރިން ވެސް ބޯކޮށް ވާރޭ ވެހި ބޮޑެތި ގެއްލުންތަކެއް އާންމުންނަށްވެފައިވެ އެވެ.

ފޭދޫގައި ފެންބޮޑުވެފައި. ފޮޓޯ/ އިބްރާހީމް ރަޝީދު.

ފޭދޫގައި ފެންބޮޑުވެފައި. ފޮޓޯ/ އިބްރާހީމް ރަޝީދު.

ރޭ ދަންވަރުން ފެށިގެން އައްޑު އަށް ބޯކޮށް ވާރޭވެހެމުން އަންނަ އިރު، މޫސުމާ އިދާރާ އިން ވަނީ ރޭ 1:00 އިން ފެށިގެން މެންދުރު ފަހު 2:00 އާ ހަމައަށް ލ. އަތޮޅުން ފެށިގެން އައްޑުއާ ހަމައަށް ޔެލޯ އެލާޓް ވެސް ނެރެ ސަމާލުވާން އަންގައިފަ އެވެ.