Roadha Mihaaru
ވިއްސާރައިގައި އައްޑޫގެ 54 ގެއަކަށް ގެއްލުންވި

ވިއްސާރައިގައި އައްޑޫގެ 54 ގެއަކަށް ގެއްލުންވި

14 އޯގަސްޓް 2019

ހޮނިހިރު ދުވަހުގެ ރޭ ގަދަ ވަޔާއެކު އައްޑު އަށް ކުރި ވިއްސާރާގައި 54 ގެއަކަށް ގެއްލުންވި ކަމަށް ކައުންސިލުން ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ހޮނިހިރު ދުވަހުގެ ރޭ ގަދަ ވަޔާއެކު އައްޑު އަށް ކުރި ވިއްސާރާގައި 54 ގެއަކަށް ގެއްލުންވި ކަމަށް ކައުންސިލުން ބުނެފި އެވެ.

ކައުންސިލުން ބުނި ގޮތުގައި އައްޑޫގެ އެކި އަވަށްތަކުން ގެތަކަށް ލިބުނު ގެއްލުންތަކަށް ބަލާއިރު އެންމެ ބޮޑު ކަމަކީ ގެތަކުގެ ފުރާޅުތައް އެއްލައިލުމެވެ. ފުރާޅު އެއްލައިލި ގެތަކުގެ ތެރެއިން 11 ވަރަކަށް ގޭގެ ފުރާޅު އަލުން އެޅުމުގެ މަސައްކަތް މިހާރު ނިމިފައިވާ އިރު، ބާކީ ހުރި ގެތަކުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

ކައުންސިލުން ވަނީ ފުރާޅު އެއްލައިލި ގެތަކަށް ޓިނު ހޯދައިދިނުމުގެ މަސައްކަތް ވެސް ކޮށްފަ އެވެ.

ވިއްސާރައާ އެކު ލިބުނު ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ރައްޔިތުންނަށް އެންމެ އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށް ދެމުން އަންނަނީ ސިފައިންނާއި ފުލުހުންނެވެ.

ވިއްސާރައިގައި އައްޑޫން ގިނަ އަދަދެއްގެ ރުއްގަސް ވެސް ވެއްޓިފައިވާ އިރު، ވެއްޓުނު ބޮޑެތި ގަހުގެ އަދަދު 35 އަށް އަރަ އެވެ. އަދި މިކަމާ ގުޅިގެން ބައެއް މަގުތައް ބަންދު ވެސް ވި އެވެ. ނަމަވެސް ގަސްތައް ވެސް ނަގައި މިހާރު ވަނީ ސާފުކޮށްފަ އެވެ.