Roadha Mihaaru
މޯލްޑިވިއަން އިން މައްތަަލައަށް ޗާޓަރު ފްލައިޓްތަކެއް

މޯލްޑިވިއަނުން ލަންކާގެ މައްތަލަ އެއާޕޯޓަށް ޗާޓަރު ފްލައިޓްތަކެއް

23 ޑިސެމްބަރ 2020

ގައުމީ އއާލައިން، މޯލްޑިވިއަން އިން ސްރީލަންކާގެ މައްތަލަ ރާޖަޕަކްސާ އިންޓަނޭޝަނަލް އެއާޕޯޓަށް ޗާޓަރު ފްލައިޓްތަކެއް ބާއްވަން ނިންމައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ގައުމީ އއާލައިން، މޯލްޑިވިއަން އިން ސްރީލަންކާގެ މައްތަލަ ރާޖަޕަކްސާ އިންޓަނޭޝަނަލް އެއާޕޯޓަށް ޗާޓަރު ފްލައިޓްތަކެއް ބާއްވަން ނިންމައިފި އެވެ.

މޯލްޑިވިއަނުން ބުނީ ލަންކާ ސަރުކާރުން ޗާޓަރުކޮށްގެން ކުރާ އެ ދަތުރުތައް މިރޭ ފަށާނެ ކަމަށާއި ކުރިއަށް އޮތް އެއް މަސްދުވަހު، ހަފްތާއަކު ދެ ދަތުރުކުރާނެ ކަަމަށެވެ. ދަތުރުތައް ފަށާކަން ހާމަކޮށް މައްތަލަ އެއާޕޯޓުން ކުރި ޓްވީޓެއްގައި ބުނީ އެ ދަތުރުތަކަކީ ސީފާރާސް އަށް ހާއްސަކޮށް ކުރާ ދަތުރުތަކެއް ކަމަށެވެ.

މައްތަލަ އެއާޕޯޓަކީ ލަންކާގެ ބަނދަރުމަތީ ރަށް ހަމްބަންޓޯޓާއާ ވަރަށް ކައިރީގައި އޮންނަ އެއާޕޯޓެކެވެ.

އެނގިފައިވާ ގޮތުގައި މިހާރު ހަމަޖެހިފައިވާ ޗާޓަރު ފްލައިޓްތައް އެއް މަސްދުވަހަށް ވުރެ އިތުރަށް ބޭއްވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. އެ މަޝްވަރާތައް އަންނަނީ ކުރަމުންނެވެ. ސްރީލަންކާގެ ގައުމީ އެއާލައިން، ސްރީލަންކަން އިން ރާއްޖެ އަށްް ޝެޑިއުލް ދަތުރުތައް ކުރަމުން އަންނަ އިރު، ލަންކާ ސަރުކާރުން މޯލްޑިވިއަން އަށް މިފަދަ ފުރުސަތެއް ދިނީ ބެލެވޭ ގޮތުގައި އަގާއި ހިދުމަތް ރަނގަޅުވީމަ އެވެ.

ސްރީލަންކާއަކީ މޯލްޑިވިއަން އިން ޝެޑިއުލް ދަތުރުތައް ކުރާ ގައުމެއް ނޫނެވެ. އެކަމަކު އެ ގައުމުގެ ވެރިރަށް ކޮލަމްބޯގެ ކައިރީގައި އޮންނަ ރަތުމަލާނާ އެއާޕޯޓަށް ޝެޑިއުލް ދަތުރުތައް ފަށަން ކުރަން ޖެހޭ މަސައްކަތްތައް މޯލްޑިވިއަން އިން އަންނަނީ ކުރަމުންނެވެ. އެ ދަތުރުތައް އަންނަ އަހަރު ފެށޭނެ ކަމަށް އެ އެއާލައިނުން އުއްމީދު ކުރެ އެވެ.