15 އޮކްޓޯބަރ 2018
ސްރީ ލަންކާގެ ގައުމީ އެއާލައިންގެ ހިއްސާ، ދުނިޔޭގެ މަޝްހޫރު އެއާލައިނަކަށް ވިއްކާލައި ޖޮއިންޓް ވެންޗާއެއް ހެދުމަށް ފަހު އަލުން ޔޫރަޕަށް ދަތުރުތައް ފަށަން މަސައްކަތްކުރަމުން އަންނަ ކަމަށް އެ ގައުމުގެ ޓޫރިޒަމް ޑިވެލޮޕްމަންޓް މިނިސްޓަރު ޖޯން އަމަރަތުންގާ ވިދާޅުވެއްޖެ އެވެ.
ސްރީ ލަންކާގެ ގައުމީ އެއާލައިންގެ ހިއްސާ، ދުނިޔޭގެ މަޝްހޫރު އެއާލައިނަކަށް ވިއްކާލައި ޖޮއިންޓް ވެންޗާއެއް ހެދުމަށް ފަހު އަލުން ޔޫރަޕަށް ދަތުރުތައް ފަށަން މަސައްކަތްކުރަމުން އަންނަ ކަމަށް އެ ގައުމުގެ ޓޫރިޒަމް ޑިވެލޮޕްމަންޓް މިނިސްޓަރު ޖޯން އަމަރަތުންގާ ވިދާޅުވެއްޖެ އެވެ.
ޔުނިވަސިޓީ އޮފް ކޮލަމްބޯގައި ބޭއްވި ފޯރަމެއްގައި އަމަރަތުންގާ ވިދާޅުވީ ސްރީ ލަންކާ އެއާލައިނަށް ދިމާވި މާލީ ދަތިކަމާ ހެދި މިހާރު ޔޫރަޕްގެ ދަތުރުތައް ހުއްޓިފައިވާ ކަމަށެވެ.
"ކެބިނެޓްގެ އަމާޒަކީ ދުނިޔޭގެ މަޝްހޫރު އެއާލައިނަކާ އެކު، މި އަހަރު ނިމުގެ ކުރިން ޖޮއިންޓް ވެންޗާ ހަދައި ޔޫރަޕަށް އަލުން ދަތުރުތައް ފެށުން،" އަމަރަތުންގާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސްރީ ލަންކާ އެއާލައިން ޗައިނާއިން އޮޕަރޭޓްކުރާއިރު ހުސްކޮށް އެންމެ ސީޓެއް ވެސް ނުލިބޭ ކަމަށެވެ. އެހެންވެ ކެބިނެޓުން ބޭނުންވަނީ އިތުރު ބޯޓްތައް ހޯދައިގެން ދަތުރުތައް ފުޅާކުރުމަށެވެ. އެކަމަކު އޭޝިގެ ޑިމާންޑާ އެއްވަރަށް ދަތުރު ނުކުރެވިގެން އުޅެނިކޮށް ޔޫރަޕަށް ދަތުރުތައް ފަަށަން ބޭނުންވަނީ ކީއްވެ ކަމެއް މިނިސްޓަރު ވިދާޅެއް ނުވެ އެވެ.
ސްރީ ލަންކާ އެއާލައިނުން ޔޫރަޕަށް ކުރާ ދަތުރުތައް ހުއްޓާލިޔަސް ލަންޑަނަށް އަދިވެސް ދަތުރުކުރެ އެވެ. ޔޫރަޕްގެ ދަތުރުތައް ހުއްޓާލަން ނިންމީ ކުންފުންޏަށް ގެއްލުން ކުޑަކޮށް، ވިޔަފާރީގެ ބައިވެރިޔަކު ހޯދުމަށް މަގު ފަހިކުމުގެ ގޮތުންނެވެ.
މީގެ ކުރިން ސްރީ ލަންކާ އެއާލައިން ހިންގީ އެމިރޭޓްސް އާ އެކު ހަދާފައިވާ ޖޮއިންޓް ވެންޗާއަކުންނެވެ. އެކަމަކު ރައީސް ކަމުގެ މަގާމަށް މަހިންދަ ރާޖަޕަކްސަ ވަޑައިގަތުމަށް ފަހު އެމިރޭޓްސްގެ އެއްބަސްވުން އުވާލި އެވެ. އޭގެ ފަހުން 2009 އިން 2016 އަށް ސްރީ ލަންކާ އެއާލައިނަށް 163 ބިލިއަން ރުޕީސްގެ ގެއްލުން ވި އެވެ.
"އެމިރޭޓްސް ސްރީ ލަންކަން އެއާލައިންސް" ހިންގީ ސަރުކާރުން އެއާލައިނަށް އެއްވެސް ހޭދައެއް ކުރަން ނުޖެހޭ ގޮތަށެވެ.
ސްރީ ލަންކާ އެއާލައިންސްގެ ފްލީޓްގައި އޭ330 ގެ 13 ބޯޓާއި އޭ320/321 ގެ 14 ބޯޓު އޮވެ އެވެ. ފްލީޓަށް އޭ350 ގެ ހަތަރު ބޯޓު ހޯދަން ދިން އޯޑަރު ކެންސަލްކުރުމުން 115 މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް ދައްކަން ވެސް ޖެހުނެވެ.
ގަމަށް ސްރީލަންކަން އަލުން ދަތުރުކުރާނެކަން ޔަގީނެއްނޫން
ސްރީލަންކަންގައި ފަސްޓް އޮފިސަރު ކޮކްޕިޓުން ބޭރުކޮށްފި
ސްރީލަންކަންގެ 6،000 ވަޒީފާ ގެއްލުމުގެ ބިރު
ސްރީލަންކަންގެ ބޯޓެއް ވައިގެތެރޭ އެކްސިޑެންޓުނުވީ ކިރިޔާ
ލަންކާ ދަތުރުތައް ދެން ފަށާނީ ހާލަތު ރަނގަޅުވުމުން
ގަމުން ލަންކާގެ އިތުރުން 4 މަންޒިލަކަށް ދަތުރުފަށަނީ
މޯލްޑިވިއަން އިން މައްތަަލައަށް ޗާޓަރު ފްލައިޓްތަކެއް
ފްލައިމީން ބައިނަލްއަގުވާމީ ދަތުރުތައް ފަށައިފި
ސްރީލަންކަންގެ އައްޑޫ ދަތުރުތައް ނުހުއްޓޭނެ: އަސްލަމް
އައްޑޫގެ ދަތުރުތައް ހުއްޓާލަނީ ގެއްލުންވާތީ: ފިރާގު