Roadha Mihaaru
ގަމުން ލަންކާގެ އިތުރުން 4 މަންޒިލަކަށް ދަތުރުފަށަނީ

ގަމުން ލަންކާގެ އިތުރުން ހަތަރު މަންޒިލަކަށް ދަތުރުފަށަނީ

28 ނޮވެމްބަރ 2021

ގަން އިންޓަނޭޝަނަލް އެއާޕޯޓުން ސްރީ ލަންކާގެ އިތުރުން ހަތަރު މަންޒިލަކަށް ދަތުރުފަށަން ނިންމައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ގަން އިންޓަނޭޝަނަލް އެއާޕޯޓުން ސްރީ ލަންކާގެ އިތުރުން ހަތަރު މަންޒިލަކަށް ދަތުރުފަށަން ނިންމައިފި އެވެ.

މި ދަތުރުތައް ކުރާނީ ސްރީ ލަންކަން އެއާލައިނުންނެވެ. އެ އެއާލައިނުން ގަމަށް ދަތުރުތައް ފަށާނީ އަންނަ ހޮނިހިރު ދުވަހުން ފެށިގެންނެވެ.

ގަން އިންޓަނޭޝަނަލް އެއާޕޯޓުގެ މެނޭޖިން ޑިރެކްޓަރު ގައިސް ނަސީރު "މިހާރު" އަށް ވިދާޅުވީ އެ އެއާލައިނުން މި ދަތުރުތައް ކުރާނީ ލަންކާއަށް ޓްރާސިޓްވާ ގޮތަށް ކަމަށެވެ. އެގޮތުން، ޖަރުމަނުގެ ފްރެންކްފަޓަށާއި ނޭޕާލްގެ ކަތަމަންޑުއަށާއި ދުބާއީ އަދި ފްރާންސުގެ ޕެރިސް އަށް ދަތުރުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ސްރީލަންކަން އިން ގަމަށް ދަތުރު ކުރާނީ ކޮންމެ ހަފުތާއެއްގެ ހޮނިހިރު ދުވަހު އެވެ.

މިއީ ގަން އިންޓަނޭޝަނަލް އެއާޕޯޓުގެ ބައިނަލްއަގުވާމީ ދަތުރުތައް މެދުކެނޑިފައި އޮތުމަށްފަހު އަލުން ފަށާ ފުރަތަމަ ފަހަރެވެ.

މިހާރު ވެސް އިތުރު އެއާލައިންތަކާ އެކު އެ އެއާޕޯޓަށް ދަތުރުތައް ފަށަން މަޝްވަރާތައް ކުރަމުން އަންނަ ކަމަށް ގައިސް ވިދާޅުވި އެވެ.