Roadha Mihaaru
ލަންކާއަށް ފުރަން ދިޔަ ދިވެހިންތަކެއް ނުފުރިފައި!

މިހިން ލަންކާއިން ފުރަން ދިޔަ ދިވެހިންތަކެއް ނުފުރިފައި!

25 ޖުލައި 2016

ސްރީލަންކާގެ އެއާލައިނެއް ކަމަށްވާ މިހިން ލަންކާއިން ފުރަން ދިޔަ ދިވެހިންތަކަކަށް ނުފުރި އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓު (އައިއެންއައިއޭ) ގައި ތާށިވެފައި އެބަތިއްބެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ސްރީލަންކާގެ އެއާލައިނެއް ކަމަށްވާ މިހިން ލަންކާއިން ފުރަން ދިޔަ ދިވެހިންތަކަކަށް ނުފުރި އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓު (އައިއެންއައިއޭ) ގައި ތާށިވެފައި އެބަތިއްބެވެ.

އެއާޕޯޓުގައި ހުރެ "މިހާރު"އާ ވާހަކަ ދައްކަމުން ބައެއް މީހުން ބުނީ މިއަދު އިރުއޮއްސި 6:25 ގައި ސްރީލަންކާއަށް ފުރަން ހަމަޖެހިފައި އޮތް ފްލައިޓުން ނުފުރިގެން 73 މީހަކު އެއާޕޯޓުގައި ތާށިވެފައިވާ ކަމަށެވެ. ނަމަވެސް ގަޑި ޖެހުމުގެ ކުރިން ޗެކިންވާން އެންމެން ވެސް އެއާޕޯޓަށް ދިޔަ ކަމަށް އޭނާ ބުންޏެވެ.

"ކުޑަކުދިންނާއި އަންހެނުން ވެސް ގިނަ އަދަދަކަށް އެބަތިބި ޗެކިން ނުވެވިފައި." އެ މީހާ ބުންޏެވެ.

މިހިން ލަންކާ އިން ފުރަން ދިޔަ ދިވެހިންތަކަކަށް ނުފުރިގެން އެއާޕޯޓުގައި. އެމީހުންނަށް ފުރޭނެ ކަމުގެ ޔަގީންކަމެއް ނުދޭ. - ފޮޓޯ: ކިޔުންތެރިއެއް

މިހިން ލަންކާ އިން ފުރަން ދިޔަ ދިވެހިންތަކަކަށް ނުފުރިގެން އެއާޕޯޓުގައި. އެމީހުންނަށް ފުރޭނެ ކަމުގެ ޔަގީންކަމެއް ނުދޭ. - ފޮޓޯ: ކިޔުންތެރިއެއް

އެ މީހާ ބުނީ ދިވެހިންނަށް ފުރޭނެ އެއްވެސް ޔަގީންކަމެއް އެއާލައިނުން ދީފައި ނުވާ ކަމަށެވެ. އަދި އެމީހުންނަށް ނުފުރިގެން އުޅެނީ ޓިކެޓު އިތުރަށް ވިއްކައިގެން ކަމަށް ބެލެވޭ ކަމަށް ވެސް އޭނާ ބުންޏެވެ.

"އެއާލައިންގެ ކަމާބެހޭ ބޭފުޅަކާ ވާހަކަ ދެއްކިން. އެކަމަކު އެއްވެސް އަލިމަގެއް ނުފެނުނު،" އޭނާ ބުންޏެވެ.

"ބައެއް މީހުން އަގުބޮޑުކޮށް ޓިކެޓް ނަގާފައި އެބަހުރި. ޗެކިން ބަންދު ކުރުމާ ގުޅިގެން މިއިން އެއްވެސް މީހަކަށް މިހާރު މި ފްލައިޓަކުން ނުފުރޭނެ،" އޭނާ ބުންޏެވެ.

އެނގިފައިވާ ގޮތުގައި ނުފުރުނު މީހުން ލަންކާއަށް ގެންދިއުމަށް އެހެން ފްލައިޓެއް ހަމަޖެއްސުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

މިކަމާ ގުޅިގެން މިހިން ލަންކާގެ ބަހެއް އަދި ނުލިބެ އެވެ.