Roadha Mihaaru
އެސްޓީއޯއަށް ލިބުނު ފައިދާ އަށް މިލިއަން ރުފިޔާ ދަށަށް

މިދިޔަ ކުއާޓަރުގައި އެސްޓީއޯއަށް ލިބުނު ފައިދާ އަށް މިލިއަން ރުފިޔާ ދަށްވެއްޖެ

26 ޖުލައި 2016

މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރާ އަޅާބަލާއިރު މިއަހަރުގެ ދެވަނަ ކުއާޓަރުގައި އެސްޓީއޯ އަށް ލިބުނު ސާފު ފައިދާ އަށް މިލިއަން ރުފިޔާ ދަށްވެއްޖެ އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރާ އަޅާބަލާއިރު މިއަހަރުގެ ދެވަނަ ކުއާޓަރުގައި އެސްޓީއޯ އަށް ލިބުނު ސާފު ފައިދާ އަށް މިލިއަން ރުފިޔާ ދަށްވެއްޖެ އެވެ.

ރާއްޖޭގެ އެންމެ ބޮޑު ވިޔަފާރި ކުންފުނިން އާއްމުކުރި މި އަހަރުގެ ދެވަނަ ކުއާޓަރުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އެ ކުންފުންޏަށް 1.6 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނުއިރު ފައިދާގެ ގޮތުގައި ލިބިފައި ވަނީ 79.9 މިލިއަން ރުފިޔާ އެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި 88.2 މިލިއަން ރުފިޔާ އެވެ.

ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ތެލާއި ގޭސް އަދި ބޭހުގެ ވިޔަފާރިކުރާ ކުންފުނީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިއަހަރުގެ މިއަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާ ބަލާއިރު ދެވަނަ ކުއާޓަރުގައި ފައިދާގެ ގޮތުގައި ލިބުނު މިންވަރު ވަނީ 33 މިލިއަން ރުފިޔާ ދަށްވެފަ އެވެ.

އެސްޓީއޯގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިއަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާބަލާއިރު ދެވަނަ ކުއާޓަރުގައި ވިޔަފާރިކުރުމަށް ހިނގި ހަރަދާއި ކުންފުނީގެ ހިންގުމުގެ ހަރަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. އެގޮތުން ފުރަތަމަ ކުއާޓަރުގައި 1.2 ބިލިއަން ރުފިޔާ ވިޔަފާރިކުރުމަށް ހަރަދުކުރިއިރު ދެވަނަ ކުއާޓަރުގައި އެ އަދަދު ވަނީ 1.3 ބިލިއަން ރުފިޔާ އަށް އިތުރުވެފަ އެވެ. އަދި ހިންގުމުގެ ހަރަދު ވަނީ ފުރަތަމަ ކުއާޓަރަށް ވުރެ 36.5 މިލިއަން ރުފިޔާ އިތުރުވެފަ އެވެ.

އެ ކުންފުނީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އެ ކުންފުނީގެ ހިއްސާއަކަށް ޖެހޭ މިންވަރު މިދިޔަ ކުއާޓަރުގައި ވަނީ 70.93ރ. އަށް ދަށްވެފަ އެވެ.