09 ޑިސެމްބަރ 2024
ސަރުކާރުގެ މައި ވިޔަފާރި ކުންފުނި، އެސްޓީއޯގެ ދަށުން ހިންގާ އެފްއެސްއެމް މެދުވެރިކޮށް ދޭ ތެލުގެ ހިދުމަތުން ބޮޑެތި ކޮރަޕްޝަންތައް ހިންގާފައިވާ ކަމުގެ ތުހުމަތުކޮށް، އެސްޓީއޯގެ ބޯޑު މެންބަރުން ހާޒިރުކުރަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.
ސަރުކާރުގެ މައި ވިޔަފާރި ކުންފުނި، އެސްޓީއޯގެ ދަށުން ހިންގާ އެފްއެސްއެމް މެދުވެރިކޮށް ދޭ ތެލުގެ ހިދުމަތުން ބޮޑެތި ކޮރަޕްޝަންތައް ހިންގާފައިވާ ކަމުގެ ތުހުމަތުކޮށް، އެސްޓީއޯގެ ބޯޑު މެންބަރުން ހާޒިރުކުރަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން 2018 އިން 2019 އާ ދެމެދު އޮޕަރޭޝަންތަކަށް ބޭނުންވާ ޑީސަލް ގަތުމުގެ މުއާމަލާތްތަކާ ގުޅޭ ހާއްސަ އޮޑިޓު ރިޕޯޓާ މެދު މަޝްވަރާ ކުރަން ބޭއްވި މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި، މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް ވިދާޅުވީ ތެލުން ވައްކަން ކުރުމަކީ މިހާރު ވެސް ހިނގަމުންދާ ކަމެއް ކަމަށެވެ.
މިގޮތުން، އެފްއެސްއެމްގެ މުވައްޒަފުންތަކެއް އެ ކުންފުނީގެ ތެލުން ވައްކަންކޮށް، އެ ތެޔޮ ވިއްކައިގެން ލިބުނު ފައިސާ ލޯންޑާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މައްސަލަ އޭނާ ފާހަގަކުރެއްވި އެވެ. އެ މައްސަލަ ބަލަމުން އަންނަ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވެސް ދާދި ފަހުން ވަނީ ވިދާޅުވެފަ އެވެ.
ނާޒިމް ވަނީ އެފްއެސްއެމްގެ ތެރެއިން 50 މިލިއަން ރުފިޔާގެ ބޮޑު ހިޔާނާތެއް ހިންގާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ވިދާޅުވެފަ އެވެ.
އެކަން އެސްޓީއޯގެ ބޯޑުގެ އޮޑިޓު ކޮމިޓީން ކުރި ތަހުގީގުން ހާމަވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިއީ [ތެލުގެ ވައްކަން] ރޭވިގެން އެންމެ ދަށުން ފެށިގެން މެނޭޖްމަންޓާ ހަމައަށް މޫލައި، ރޭވިގެން ހިނގާ ކަމެއް،" ނާޒިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރޭގައި ކޮރަޕްޝަން އިންތިހާ އަށް އިތުރުވެފައިވާ އިރު، އަމިއްލަ ކުންފުނިތަކުން ވެސް "ޖިޒީ" ދައްކައިގެން ނޫނީ ސަރުކާރުން ކުންފުންޏެއްގެ މަޝްރޫއުއެއް ވެސް މިހާރު ނުލިބޭ ކަމަށެވެ.
އެއާ އެކު، ނާޒިމް ހުށަހެޅުއްވީ އެސްޓީއޯގެ ބޯޑުގެ މެމްބަރުންގެ އިތުރުން އޮޑިޓު ކޮމިޓީގެ ބޭފުޅުން ކޮމިޓީއަށް ހާޒިރުކޮށް، އެ ހިޔާނާތުގެ މައުލޫމާތު ސާފުކުރުމަށެވެ.
ނާޒިމް ހުށަހެޅުއްވި ގޮތަށް، ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފަ އެވެ.
އެސްޓީއޯގެ އިތުރުން، އެމްޕީއެލްގެ ތެލުގެ ހިޔާނާތާއި ފްލެޓު މަޝްރޫއުގައި އޮޑިޓުން ފާހަގަކޮށްފައިވާ ކޮރަޕްޝަނަށް މަގުފަހިވާ ކަންތައްތަކާ ގުޅިގެން މިހާރު އަޅާފައިވާ ފިޔަވަޅުތަކާއި ގެއްލިފައިވާ ފައިސާ އަނބުރާ ހޯދަން ކޮށްފައިވާ މަސައްކަތްތަކުގެ އަޕްޑޭޓެއް ހޯދަން، އެ ކުންފުނީގެ ބޯޑާއި ކަމާގުޅޭ ވެރިން ހާޒިރުކުރަން ވެސް މާލިއްޔަތު ކޮމިޓީން މިއަދު ފާސްކުރި އެވެ.
އޮޑިޓް އޮފީހުން އާންމުކުރި 2018-2020 ވަނަ އަހަރުގެ ރިޕޯޓުގައިވާ ގޮތުން އެމްޕީއެލް އިން 28 މިލިއަން ރުފިޔާގެ ތެލަށް ހިޔާނާތްތެރިވެފައިވެ އެވެ. އެ ތިން އަހަރުގެ ތެރޭގައި 8.8 މިލިއަން ލީޓަރު ގަތުމަށް 90 މިލިއަން ރުފިޔާ ޖުމްލަ ހޭދަކުރި އެވެ. އެހެންވެ އެމްޕީއެލް އިން ޖުމްލަ ތެލަށް ހޭދަކުރި 30 ޕަސެންޓަކީ އޮޅުވާލައިގެން ކުރި ހޭދަ އެވެ.
އެމްޕީއެލް އިން 2017 ވަނަ އަހަރު ފެށި "ހިޔާ" މަޝްރޫއުގެ ހާއްސަ އޮޑިޓު ރިޕޯޓުގައި ވެސް ގިނަ މައްސަލަތަކެއް ފާހަގަކޮށްފައިވެ އެވެ. އޭގެ ތެރޭގައި، މަޝްރޫއުގެ ފީޒިބިލިޓީ ހަދާފައި ނުވުމާއި ޕްރޮޕޯޒަލް ހުށަހެޅުމަށް އެކަށީގެންވާ މުއްދަތެއް ދީފައި ނުވުމާއި ޕާފޯމަންސް ސެކިއުރިޓީގެ ގޮތުގައި މަދުން ފައިސާ ނެގުމާއި އެކަށީގެން ނުވާ ބޮޑު އަދެއް ވޭރިއޭޝަންގެ ގޮތުގައި އިމާރާތުގައި ކުލަ ލާން ހޭދަކޮށްފައިވާ ކަން ހިމެނެ އެވެ.
ތެލުގެ ހިޔާނާތް: 28 މިލިއަން ރުފިޔާ ޑީސަލް ގެއްލުނު
2018 އިން ފެށިގެން ދިޔައީ ތެލުގެ ވައްކަން ކުރަމުން
ޚިޔާނާތުގެ ތުހުމަތުވާ ގިނަ ބަޔަކު ވަކިކުރި: ގަސަމް
ވައްކަން ކުރީ ލިޔުންތައް ފޯޖުކޮށްގެން: ޝާހިދު
އެފްއެސްއެމްގެ މުވައްޒަފަށް ފިޔަވަޅު އަޅައިފި
އެމްޕީއެލް ތެލުގެ ބޮޑު ވައްކަން ފަޅާއެރީ ކޮވިޑާ ހެދި!
ނިޝާމާ އާއި އަސްލަމް ކޮމިޓީއަށް ހާޒިރުކުރަން އަމުރެއް
ހެލްތުގެ ބިޑް ކޮމިޓީގެ އިހުމާލު ވަރަށް ބޮޑު: ޒިޔަތު
އަމިއްލަ މީހެއްގެ އެކައުންޓަށް ފައިސާޖަމާކުރަން އުޅުނު!
ހިޔާނާތަކާ ގުޅިގެން އެފްއެސްއެމްގެ މެނޭޖަރަކު ވަކިކޮށްފި