02 އޮކްޓޯބަރ 2022
އެމްޕީއެލަށް ބޭނުންވާ ތެޔޮ ހޯދުމުގެ ތެރޭގައި 2018 އިން ފެށިގެން ވައްކަން ކުރަމުން ދިޔަކަން ފާހަގަކުރެވޭ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޝާހިދު އަލީ މިއަދު ވިދާޅުވެއްޖެ އެވެ.
އެމްޕީއެލަށް ބޭނުންވާ ތެޔޮ ހޯދުމުގެ ތެރޭގައި 2018 އިން ފެށިގެން ވައްކަން ކުރަމުން ދިޔަކަން ފާހަގަކުރެވޭ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޝާހިދު އަލީ މިއަދު ވިދާޅުވެއްޖެ އެވެ.
އޭނާ އެހެން ވިދާޅުވީ، ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި އެމްޕީއެލަށް ބޭނުންވާ ތެޔޮ ހޯދުމުގައި ހިންގާފައިވާ ކަމަށް ތުހުމަތުކުރާ އަށް މިލިއަން ރުފިޔާގެ ވައްކަމުގެ މައްސަލައާ ގުޅޭ ގޮތުން، މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުންނެވެ.
އޭނާ ވިދާޅުވީ، މި ސަރުކާރަށް ފާހަގަވި އެ މައްސަލައިގައި ޝާމިލުވާ މުވައްޒަފުން މިހާރު ވަޒީފާ އިން ވަކިކޮށް، ފުލުހުންގެ ތަހުގީގު ވެސް ހިންގަމުން އަންނަ ކަމަށެވެ.
ތަހުގީގަށް އެނގިފައިވާ ގޮތުގައި އެންމެ ފަހުން 2020 ވަނަ އަހަރު ހިންގި ތެލުގެ ފްރޯޑުގެ ސަބަބުން 8 މިލިއަން ރުފިޔާގެ ގެއްލުން އެމްޕީއެލަށް ވި އެވެ.
މިއަދުގެ މީޑިއާ ބްރީފިންގައި ޝާހިދު ވިދާޅުވީ 2018 އާއި 2019 އަދި 2020 ވަނަ އަހަރު ވީ ގެއްލުން ވެސް ބަލަމުން އަންނަ ކަމަށެވެ.
އޭނާ ވިދާޅުވީ، އެ ޖަރީމާ ހިންގި މީހުން ހޯދަން އެ މައްސަލައިގައި އެމްޕީއެލުން ދެ ގޮތަކަށް މަސައްކަތްކުރި ކަމަށެވެ. އިންޓާނަލް އޮޑިޓެއްގެ އިތުރުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަަށާއި ފުލުހުންނަށް ވެސް އެ މައްސަލަ އޭރު ހުށަހަޅާއިފައި ވާނެ ކަމަށް ވިދާޅުވި އެވެ.
އެމްޕީއެލާއި ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގެ މުވައްޒަފުންތަކެއް ގުޅިގެން ހިންގި އެ ވައްކަން ފަޅާއެރީ 2020 ވަނަ އަހަރުގެ ފަހުކޮޅު އެވެ.
ޝާހިދު ވިދާޅުވީ އެ މައްސަލައިގެ ތަހުގީގު ފުލުހުން މިހާރު ވެސް ހިންގަމުންދާ ކަމަށާއި މާ ގިނަ ދުވަސްތަކެއް ނުވެ، ކޯޓާ ހަމައަށް ފޮނުވޭނެ ކަމަށް ލަފާކުރައްވާ ކަމަށެވެ.
"އެފްއެސްއެމް އިން ގަންނަ ތެޔޮ އެ ތަނުން ޑެލިވާ ކޮށްދެނީ އެމްޕީއެލް އަށް. އެހެން ނަމަވެސް ޑެލިވާކޮށް ދޭންވާ އަދަދަށް ޑެލިވާ ނުކޮށް ބާކީ ހުންނަ ބައި ފިއުލް ސަޕްލައިސްގެ މުވައްޒަފުން ބައުޒަރުގައި ހުންނަ ބައި ގެންގޮސްފައި ބޭރަށް ވިއްކާލާ. ނަމަވެސް، އެ މީހުން އެ ހަދާ ގޮތެއް ހަދާފައި ތެޔޮ މަދުން އެމްޕީއެލް އަށް މި ލިބެނީ،" ޝާހިދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ތެލުގެ މައްސަލަ އުޅޭކަން ފާހަގަކުރެވުނީ ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭގަ އެވެ. އޭރު އެމްޕީއެލްގެ އޮޕަރޭޝަންތައް ވަރަށް ބޮޑުތަނުން ދަށްވި އިރު ވެސް ފިއުލް ކޮންސަޕްޝަން މަތީގައި އުޅޭތީ އެކަން ފާހަގަ ކުރެވުނީ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް ފާހަގަވި މުވައްޒަފުންނަށް ކުންފުނީގައި އޮންނަ ޕްރޮސެސްގެ ތެރެއިން އަޅަން ޖެހޭ ފިޔަވަޅުތަކެއް އަޅައި، މިހާރު ކުންފުނީގެ ވަޒީފާއަކު އެ މުވައްޒަފުންނެއް ނެތް،" ޝާހިދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެމްޕީއެލްގައި މިފަދަ ކަމެއް އިތުރަށް ތަކުރާރުވިޔަ ނުދޭން، ކުރެވެން ހުރި ހުރިހާ ކަމެއް މިހާރު ވަނީ ކޮށްފަ އެވެ. ޕާޗޭސް އޯޑަރު އިޝޫ ކުރުމުގައި ބަދަލުތަކެއް ގެނެސްފައިވާ ކަމަށާއި ޕާޗޭސް އޯޑަރު ރިޕީޓްކޮށް، މުދާ ޑެލިވަރީ ނުކުރެވޭނެ ގޮތަށް ހަދާފައިވާ ކަމަށް ވިދާޅުވި އެވެ. އަދި ތެޔޮ ލިބުމުން ރިސިޕްޓް ޑޮކިއުމެންޓް ކުރާ ގޮތާއި ލޮގްކުރާ ގޮތް ވެސް މިހާރު ތަފާތުވާނެ ކަމަށް ވިދާޅުވި އެވެ.
ޝާހިދު ވިދާޅުވީ، އެ މައްސަލައާ ގުޅިގެން އޮޑިޓާ ޖެނެރަލްގެ ފަރާތުން ވެސް އޮޑިޓެއް ކުރިއަށް ގެންދާ ކަމަށާއި އެ އޮޑިޓް ވެސް ވަރަށް އަވަހަށް ހާމަކުރާނެ ކަމަށެވެ.
އެމްޕީއެލުން 2020 ވަނަ އަހަރު އިންޓާނަލް އޮޑިޓެއް ހެދުމަށް ފަހު، ހަތަރު މުވައްޒަފަކު ސަސްޕެންޑްކުރި އެވެ. އެކަމަކު، މިހާރު ވަޒީފާ އިން ވަކިކުރީ ކިތައް މުވައްޒަފުންނެއް ކަމެއް ޝާހިދު ވިދާޅެއް ނުވެ އެވެ.
އެމްޕީއެލް ތެލުގެ ބޮޑު ވައްކަން ފަޅާއެރީ ކޮވިޑާ ހެދި!
ލިޔުންތައް ނައްތާލުން ހުއްޓުވަން އޭސީސީން އެދިއްޖެ
ވައްކަން ކުރީ ލިޔުންތައް ފޯޖުކޮށްގެން: ޝާހިދު
އެފްއެސްއެމްގެ މުވައްޒަފަށް ފިޔަވަޅު އަޅައިފި
ހިޔާނާތަކާ ގުޅިގެން އެފްއެސްއެމްގެ މެނޭޖަރަކު ވަކިކޮށްފި
އެމްޕީއެލް އާއި މެރީޑިއަމްގެ މައްސަލަ އޭސީސީން ބަލަނީ
އެސްޓީއޯގެ ވެރިން މާލިއްޔަތު ކޮމިޓީއަށް ހާޒިރުކުރަނީ
ނިންމުން ބަދަލުކޮށް ބައްސާމްގެ އެޕާޓްމަންޓް އަތުލަނީ
ޕީއެސްއެމްގެ ހިޔާނާތުގެ މައްސަލަ ބަލަން އޭސީސީ އަށް
އޭސީސީގެ އެންގުމަށް ތަބާނުވާން ލަފާދިނީ ޕީޖީ އޮފީހުން!