ކޮވިޑް-19 ގެ ދުވަސްވަރު ޕީސީއާރު ޓެސްޓު ހެދުމަށް އައިޖީއެމްއެޗުގެ ލެބޯޓަރީ ބޭނުންކޮށްގެން އެ ތަނުގެ އޭރުގެ އިސްވެރިން ހިންގި ކަމަށް ތުހުމަތުކުރާ ކޮރަޕްޝަންގެ މައްސަލާގައި އޭސީސީ އާއި ފުލުހުން ގުޅިގެން ތަހުގީގު ހިންގަން ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން އަންގައިފި އެވެ.
09 މާޗް 2025
ކޮވިޑް-19 ގެ ދުވަސްވަރު ޕީސީއާރު ޓެސްޓު ހެދުމަށް އައިޖީއެމްއެޗުގެ ލެބޯޓަރީ ބޭނުންކޮށްގެން އެ ތަނުގެ އޭރުގެ އިސްވެރިން ހިންގި ކަމަށް ތުހުމަތުކުރާ ކޮރަޕްޝަންގެ މައްސަލާގައި އޭސީސީ އާއި ފުލުހުން ގުޅިގެން ތަހުގީގު ހިންގަން ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން އަންގައިފި އެވެ.
އޭސީސީގެ މީޑިއާ އޮފިޝަލް މިއަދު "މިހާރު" އަށް ވިދާޅުވީ އެ މައްސަލާގައި އެ ކޮމިޝަނާއި ފުލުހުން ގުޅިގެން "ޖޮއިންޓް އިންވެސްޓިގޭޝަން" އެއް ހިންގުމަށް ޕީޖީ އަންގާފައިވާ ކަމަށެވެ.
ކޮވިޑްގެ ދުވަސްވަރު ޕީސީއާރު ޓެސްޓު ހެދުމަށް އައިޖީއެމްއެޗުގެ ލެބޯޓަރީގައި ބޭނުންކުރި "ރީއެޖެންޓްސް" އަމިއްލަ މަސްލަހަތު އޮތް ކުންފުންޏަކަށް ދިން މައްސަލާގައި އެ ހޮސްޕިޓަލްގެ އޭރުގެ ސީއީއޯ އިބްރާހިމް ސަލީމް (ކުޑަަބަންދޭ) އާއި ކޮވިޑްގެ ދުވަސްވަރު އައިޖީއެމްއެޗުގެ ޕްރޮކިއުމަންޓް ކޮމިޓީގެ ޗެއާކަން ކުރެއްވި ޑރ. އަލީ ލަތީފާއި ލެބޯޓަރީގެ ކުރީގެ ހެޑް ޑރ. މިލްޒާ އަބްދުލް މުހުސިންގެ މައްޗަށް ދައުވާ ކޮށްދޭން އޭސީސީން ޕީޖީ އޮފީހަށް ފޮނުވީ މިދިޔަ އަހަރުގެ އޮގަސްޓު މަހުގަ އެވެ.
އެތެރެހަށީގެ ޑރ. އަލީ ލަތީފަކީ ކޮވިޑުގެ ދުވަސްވަރު އައިޖީއެމްއެޗުގެ ޕްރޮކިއުމަންޓް ކޮމިޓީގެ ޗެއާގެ އިތުރުން މެޑިކަލް އެގްޒެކެޓިވް ކޮމިޓީގެ މެމްބަރު ކަމާއި ޓެކްނިކަލް އެޑްވައިޒަރީ ކޮމިޓީ އަދި ޓެކްނިކަލް އެޑްވައިޒަރީ ގުރޫޕުގެ މެމްބަރުކަން ވެސް ކުރެއްވި ބޭފުޅެކެވެ. އޭނާއަކީ ކޮވިޑާ ގުޅިގެން އޭރު ޓެކްނިކަލް ގޮތުން އެޅި ފިޔަވަޅުތަކުގެ އެންމެ އިސް މޭސްތިރިޔާ އެވެ.
ކުޑަބަންދޭ އާއި ޑރ. އަލީ ލަތީފާއި ޑރ. މިލްޒާގެ މައްޗަށް ދަޢުވާ ކޮށްދިނުމަށް އެދި ޕީޖީ އަށް ހުށަހެޅީ، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގައި ކަމަށް އޭސީސީން ކުރިން ބުނެފައިވެ އެވެ.
އޭސީސީން ކުރިން ބުނެފައިވާ ގޮތުގައި، މި މައްސަލައިގެ ތަހުގީގަށް ޑރ. އަލީ ލަތީފު އަދި އޭނާގެ މަސްލަހަތު އޮންނަ އާރުއެމްއެލްއެސް އިން މަނީލޯންޑާ ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭތީ، އެކަން ވަކި މައްސަލައެއްގެ ގޮތުގައި ތަހުގީގުކޮށްދިނުމަށް އެދި ފުލުހުންނަށް ވެސް ފޮނުވި އެވެ.
ޑރ. އަލީ ލަތީފު، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ހުށަހަޅާފައިވާ ޓެކުހާ ގުޅޭ ލިޔެކިޔުންތަކުގައި މަކަރު ހަދައި އޮޅުވާލާފައިވާ ކަމަށް ތަހުގީގަށް ފާހަގަކުރެވިފައި ވާތީ، އެ މައްސަލަ ތަހުގީގު ކޮށްދިނުމަށް އެ އިދާރާގައި ވެސް އެދިފައިވާނެ ކަމަށް އޭސީސީން ކުރިން ބުންޏެވެ.
ޑރ. އަލީ ލަތީފާއި ކުޑަބަންދޭގެ މައްޗަށް ދައުވާކުރަނީ
ގޯއްޗާއި ފްލެޓާ ގުޅޭ ތަހުގީގު ހިންގަން ޕީޖީގެ އަމުރެއް
އޭސީސީގެ އެންގުމަށް ތަބާނުވާން ލަފާދިނީ ޕީޖީ އޮފީހުން!
ޑރ. އަލީ ލަތީފަށް މަނީ ލޯންޑަރިންގެ ތުހުމަތު ވެސް
މަނީ ލޯންޑްރިންގެ ތުހުމަތުން ހައިލަމް ސަލާމަތްވެއްޖެ
އާޒިމް ތަހުގީގު އަނބުރާލަން ރިޝްވަތު ނެގިކަމުގެ ދައުވާ
ވެންޓިލޭޓަރުމައްސަލަ މުރާޖައާކުރަން މަޖިލީހުން އަންގައިފި
ވެންޓިލޭޓަރު މައްސަލައިގެ ނިންމުން ރިވިއުކޮށްދޭން އެދެފި
ވެންޓިލޭޓަރު މައްސަލައިގައި ދައުވާކުރާނެ ހެއްކެއް ނެތް
ވެންޓިލޭޓަރު މައްސަލައިގައި ދައުވާ ނުކުރަން ނިންމައިފި