Roadha Mihaaru

އެސްޓީއޯއިން ޕެޓްރޯލްގެ އަގު ހެޔޮކޮށްފި

އެސްޓީއޯ އިން މިއަދުން ފެށިގެން ތެލުގެ އަގު ހެޔޮކޮށްފި އެވެ.

އެސްޓީއޯއިން ޕެޓްރޯލްގެ އަގު ހެޔޮކޮށްފި
ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު

23 މާޗް 2025

އެސްޓީއޯ އިން މިއަދުން ފެށިގެން ތެލުގެ އަގު ހެޔޮކޮށްފި އެވެ.

އެ ކުންފުނިން ރޭ ބުނީ، ތެލުގެ އަގު ހެޔޮކުރީ ދުނިޔޭގެ ބާޒާރުގައި ތެޔޮ ގަންނަން ލިބޭ އަގު ހެޔޮވުމުން ކަމަށެވެ. މިގެނައި ބަދަލާ އެކު، ޕެޓްރޯލް ލިޓަރަކުން 48 ލާރި ވަނީ ކުޑަކޮށްފަ އެވެ. އެހެންވެ، މިއަދުން ފެށިގެން ފެޓްރޯލު ލިޓަރެއް ވިއްކާނީ 13.50ރ. އަށެވެ.

އެސްޓީއޯ އިން އެންމެ ފަހުން ފެޓްރޯލްގެ އަގަށް ބަދަލެއް ގެނެސްފައިވަނީ މިދިޔަ އަހަރުގެ މޭ މަހު އެވެ. އޭރުނ ޕެޓްރޯލް ލީޓަރެއް ވިއްކަމުން އައީ 13.98ރ. އަށެވެ.

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް ބަދަލުތަކާ އެކު އެސްޓީއޯ އިން ން ދޭތެރެދޭތެރެއިން ތެލުގެ އަގަށް ބަދަލު ގެނެ އެވެ.

މި ވަގުތު ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއް ލިބެން ހުރީ 60-72 ޑޮލަރާ ދެމެދުގެ އަގެއްގަ އެވެ.

މި އަގުތަކުގެ ހަގީގީ އަސަރު އާންމުންނަށް ނުކުރަނީ ސަރުކާރުން ތެޔޮ ސަބްސިޑީ ދޭތީ އެވެ. މިދިޔަ އަހަރު ވެސް ތެލުގެ ސަބްސިޑީ އަށް 2.1 ބިލިއަން ރުފިޔާ ހޭދަކުރި އެވެ. އެއީ ލަފާކުރި އަދަދަށް ވުރެ 172 ޕަސެންޓު އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ ބަޖެޓު ފޮތުގައި ތެލުގެ ސަބްސިޑީ އަށް ކަނޑައެޅީ 770 މިލިއަން ރުފިޔާ އެވެ. މި އަހަރުގެ ތެލުގެ ސަބްސިޑީ އަށް ކަނޑައަޅާފައިވަނީ 428 މިލިއަން ރުފިޔާ އެވެ.