09 ޑިސެމްބަރ 2018
ސަރުކާރުގެ 82 ޕަސެންޓް ހިއްސާ އޮންނަ ކުންފުނި ސްޓޭޓް ޓްރޭޑް އޮގަނައިޒޭޝަން (އެސްޓީއޯ) އަށް ލިބޭ ފައިދާ އެއް އަހަރުން އަނެއް އަހަރަށް ދަނީ ދަށަށެވެ. އެސްޓީއޯ އަކީ 53 އަހަރުގެ ދިގު މުއްދަތެއްގެ ތަޖުރިބާ އޮތް ކުންފުންޏެއް ނަމަވެސް އެ ކުންފުނީގެ ދަށުން ހިންގާ ސަބްސިޑަރީތަކުން އެ ކުންފުންޏަށް އެންމެ ބޮޑު ފައިދާ ލިބޭ ގޮތް ވަނީ ނުވެފަ އެވެ. އަލަށް މަގާމާ ހަވާލުވެ ވަޑައިގެންނެވި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވަނީ މީޑިއާ އަށް ދެއްވި ފުރަތަމަ އިންޓަވިއުގައި އެސްޓީއޯގެ ތެރެއިން ރަނގަޅު ކުރަން ބޭނުންވާ ބަދަލުތައް "މިހާރު" އަށް ވިދާޅުވެދެއްވައިފަ އެވެ.
ސަރުކާރުގެ 82 ޕަސެންޓް ހިއްސާ އޮންނަ ކުންފުނި ސްޓޭޓް ޓްރޭޑް އޮގަނައިޒޭޝަން (އެސްޓީއޯ) އަށް ލިބޭ ފައިދާ އެއް އަހަރުން އަނެއް އަހަރަށް ދަނީ ދަށަށެވެ. އެސްޓީއޯ އަކީ 53 އަހަރުގެ ދިގު މުއްދަތެއްގެ ތަޖުރިބާ އޮތް ކުންފުންޏެއް ނަމަވެސް އެ ކުންފުނީގެ ދަށުން ހިންގާ ސަބްސިޑަރީތަކުން އެ ކުންފުންޏަށް އެންމެ ބޮޑު ފައިދާ ލިބޭ ގޮތް ވަނީ ނުވެފަ އެވެ. އަލަށް މަގާމާ ހަވާލުވެ ވަޑައިގެންނެވި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވަނީ މީޑިއާ އަށް ދެއްވި ފުރަތަމަ އިންޓަވިއުގައި އެސްޓީއޯގެ ތެރެއިން ރަނގަޅު ކުރަން ބޭނުންވާ ބަދަލުތައް "މިހާރު" އަށް ވިދާޅުވެދެއްވައިފަ އެވެ.
އަމްރު ވިދާޅުވީ، އެސްޓީއޯ އިން ބަލާނީ އަމިއްލަ ވިޔަފާރިތަކަށް ޗެލެންޖަކަށް ނުވާނެ ފަދަ ގޮތަކަށް އެސްޓީއޯގެ ވިޔަފާރިތައް ބައްޓަން ކުރުމަށް ކަމަށެވެ. އަމިއްލަ ކުދި ވިޔަފާރިތައް "ޗަސްކޮށްލައި"، ނުވަތަ މާކެޓް ގެއްލޭ ފަދަ އެއްވެސް ކަމެއް އެ ކުންފުނިން ނުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އޭގެ ބަދަލުގައި އެފަދަ ވިޔަފާރިތަކަށް އެހީތެރިވާ، ހިންގޭނެ ގޮތްތައް ފަހިކޮށްދޭ ކުންފުންޏަކަށް އެސްޓީއޯ ހަދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެސްޓީއޯ އިން އެންމެ ބޮޑު ކަމަކަށް މިކުރަނީ ތެލާއި ކާޑު ގެނައުން. އެ ދެ ކަންތައް ވެސް ކުރަނީ ގެއްލުމުގައި. އެހެންވީމަ އެ ދެ ކަން ކުރުމަށް އިތުރު ކަންކަން ވެސް ކުރަންޖެހޭ. އެސްޓީއޯއިން ވިޔަފާރިތަކެއް ކުރާނެ. އެކަމަކު ހެޑްސެޓާއި ފޯނާއި ސްޕީކަރާއި ބޮތްކާއި ބައެއް އިލެކްޓްރޯނިކް އައިޓަމްތަކާއި ހޯމް އިމްޕްރޫވްމެންޓްގެ ބައެއް ސާމާނު ވިއްކުން ހުއްޓާލާނަން،" އަމްރު ވިދާޅުވި އެވެ.
އެސްޓީއޯ ސުޕަމާޓް
އަމްރު ވިދާޅުވީ، އެސްޓީއޯ އިން އިސްކަންދޭނީ އާންމު އަދި ކުދި ވިޔަފާރިތަކަށް ކުރަން އުނދަގޫ ނުވާ ކަހަލަ ތަކެތި ގެނެސްގެން ވިއްކުމަށް ކަމަށެވެ.
އެސްޓީއޯގެ ހިންގުން އިސްލާހު ކުރުމަށް ސްޓްރެޓެޖިކް ޕްލޭނެއް އެކުލަވާލާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެއިން ކުންފުނި ޑައުންސައިޒު ކުރަންޖެހޭ މިންވަރު އެނގިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އަމްރު ވިދާޅުވީ، ތެލުގެ ވިޔަފާރިން އެންމެ އެކަށީގެންވާ ނަފާއެއް ނުލިބެނީ، ސަރުކާރުގެ އިދާރާތަކާއި ކުންފުނިތަކުގެ މަސައްކަތްތަކަށް ތެޔޮ ސަޕްލައި ކޮށްގެން ލިބެންވާ އާމްދަނީ ނުލިބުމުން ކަމަށެވެ. ސަރުކާރުގެ އިދާރާތަކާއި ކުންފުނިތަކުން 2.4 ބިލިއަން ރުފިޔާ އެސްޓީއޯ އަށް މިހާރު ވެސް ލިބެން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އެސްޓީއޯ އަށް ލިބޭ އާމްދަނީ ނުލިބުމުގެ ސަބަބުން ކުންފުނީގެ ހަރަދުތައް މެނޭޖު ކުރުމަށް އެހެން ގޮތް ގޮތުން ފައިސާ ހޯދުމަށް ކުންފުންޏަށް މަޖުބޫރުވާ ކަމަށް އަމްރު ވިދާޅުވި އެވެ. މިކަން ކުރުމަށް ކުންފުންޏަށް ޖެހެނީ ލޯނު ނަގާށެވެ. ލޯނާ އެކު 7 ޕަސެންޓް ނުވަތަ 8 ޕަސެންޓްގެ އިންޓްރެސްޓް ދައްކަންޖެހެ އެވެ. ކުންފުނިތަކުން ލިބެން ޖެހޭ ފައިސާ ނުލިބި އެސްޓީއޯ އަށް ވަނީ ފައިސާ ހޯދުމަށް ފައިނޭންސިން ކޯސްޓް ވެސް ބެއަ ކުރަން ޖެހިފަ އެވެ.
އެފްއެސްއެމް އީޒީފިލް ޕެޓްރޯލް ޝެޑް
"މި އަހަރު އެކަނި ވެސް ހަމައެކަނި އެކަމަށް ޓަކާއި (ފައިނޭންސިން ކޯސްޓް) 163 މިލިއަން ރުފިޔާ ހަރަދުވި. ފައިސާ ލިބޭ ކަމުގައިވާ ނަމަ ކުންފުނި ހިންގަން ފަސޭހަވާނެ. ފެނަކަ ފަދަ ކުންފުނިތަކުން ވެސް އެއްވެސް ވަރަކަށް ޕޭމެންޓެއް ނުލިބޭ. ވަރަށް އުނދަގޫ. އެކަމަކު އަޅުގަނޑުމެން އެބަޖެހޭ ސަޕްލައި ވެސް ކުރަން. އަޅުގަނޑުމެން އެބަޖެހޭ ސްޓެލްކޯ އަށް ވެސް ސަޕްލައިކުރަން،" އަމްރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، އެސްޓީއޯ އިން އެހެން ކުންފުނިތައް ވެސް ބަލަހައްޓަމުންދާ ކަމަށެވެ. އެ ކުންފުނިތަކަށް ލިބޭ ގެއްލުންތައް ވެސް ބެއަ ކުރަންޖެހެނީ އެސްޓީއޯއިން ކަމަށް އޭނާ ވިދާޅުވި އެވެ. އެހެން ވިޔަފާރިތަކަށް ލިބޭނެ ގެއްލުން ކުޑަ ކުރުމަށްޓަކައި އެ ކުންފުނިން ތެލުގެ ވިޔަފާރި ވެސް ކުރަނީ ކުޑަ ފައިދާއާ އެކު ކަމަށް އޭނާ ވިދާޅުވި އެވެ.
"މިސާލަކަށް ޖެޓްފިއުލް ވެސް އަގު ބޮޑު ވެއްޖެ ނަމަ ޓިކެޓްތަކުގެ އަގު ބޮޑުވެގެންދޭ. ވަރަށް މާޖިން ކުޑަކޮށް ތެޔޮ މި ވިއްކަނީ. އަދި އެސްޓީއޯގެ މައިގަނޑު ވިޔަފާރިކަމުގައިވާ ތެލުން ލިބެންޖެހޭ ފައިސާ ނުލިބޭ ނަމަ އެސްޓީއޯގެ ދެން ހުރި ހުރިހާ ވިޔަފާރިއަކަށް އޭގެ އަސަރު އެބަ ކުރޭ،" އޭނާ ވިދާޅުވި އެވެ.
އަމްރު ވިދާޅުވީ، އެސްޓީއޯ އިން ރާއްޖޭގެ ހުރިހާ ރަށެއްގައި ފާމަސީތައް ހިންގާ އިރު ވަރަށް ގިނަ މައްސަލަތަކެއް ކުރިމަތިވަމުންދާ ކަމަށެވެ. ފާމަސީތަކުގެ ސްޓޮކް ބެލެއްޓުނު ކަމުގައިވީ ނަމަވެސް ވިޔަފާރި އެންމެ އެކަށީގެންވާ ގޮތެއްގައި މޮނީޓަ ނުކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް އެނގޭ ގޮތުން ފާމަސީތައް ހުޅުވާފައި ހުންނަނީ. އެކަމަކު ރަށްރަށުން ލިބޭ ޝަކުވާ، ފާމަސީތައް ވެސް ނުހުޅުވާ ކަމަށް. ހުޅުވާ ލެއްޕުމުގައި ދިމާވޭ މައްސަލަ،" އޭނާ ވިދާޅުވި އެވެ.
އަމްރު ވިދާޅުވީ، ކޮންމެ ރަށެއްގައި ފާމަސީ ހިންގާނެ ތަނެއް ރެންޓުކޮށްގެން އެތަނަށް ސްޓާފުން ލައިގެން ހިންގަން ޖެހޭ އިރު ވަރަށް ބޮޑު ހަރަދެއް ހިނގާ ކަމަށެވެ. ޕާމަސީތައް ހިންގަނީ ވަރަށް ބޮޑު ގެއްލުމެއްގައި ކަމަށް އޭނާ ވިދާޅުވި އެވެ. ބޭހަކީ ވަކި ގޮތަކަށް ބަލަހައްޓަން ޖެހޭ އެއްޗަކަށްވާ އިރު ސްޓާފުންނަކީ އެންމެ ފުރިހަމައަށް ޓްރެއިން ވެފައިވާ ސްޓާފުން ނޫން ކަމުން ބޭސް ބެލެހެއްޓުމުގައި މައްސަލަ ދިމާވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން މާލޭގައި ތިބެ ރަށްރަށުގައި އެކަން ކުރާތީ މޮނީޓަ ކުރުމުގެ ވަރަށް ބޮޑެތި މައްސަލަ ދިމާވޭ. އަސްލު އެންމެ ރަނގަޅު މޮޑެލަކީ ހޮސްޕިޓަލުން ފާމަސީތައް ހިންގުން. ހޮސްޕިޓަލުތަކުގައި ހުންނާނެ އެ ކެޕޭސިޓީ،" އޭނާ ވިދާޅުވި އެވެ.
އެސްޓީއޯ އިން އެއްވެސް ދައްޗެއް ނެތި ބޭސް ސަޕްލައި ކުރެވިދާނެ ކަމަށާއި އެކަން ކުރުމުގެ ގާބިލްކަން އެ ކުންފުނީގައި އެބަހުރި ކަމަށް އޭނާ ވިދާޅުވި އެވެ. މިކަން ކުރުމުގައި އެސްޓީއޯ އާއި ރައްޔިތުންނަށް އަދި ސަރުކާރަށް އެންމެ ފަސޭހަ ގޮތަކީ ކޮބައިކަން ބަލަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
މީހުން ދިރިއުޅޭ 186 ރަށުގައި ފާމަސީތައް ހުޅުވާފައިވަނީ 2015 ވަނަ އަހަރު އެވެ.
އެސްޓީއޯގެ އާމްދަނީ އިތުރު ކުރުމަށްޓަކައި ރާއްޖޭގެ އުތުރުގައި ތެޔޮ ބަންކަރެއް ބެހެއްޓުމުގެ މަސައްކަތަކީ ފައިދާވާނެ މަސައްކަތެއް ކަމަށް އަމްރު ވިދާޅުވި އެވެ. އަމްރު ވިދާޅުވީ، މާލެއަށް ހަމައެކަނި ގެނެވެނީ ރާއްޖެއަށް ބޭނުންވާ ތެޔޮ ކަމަށާއި މިކަމުގެ ސަބަބުން ފްރައިޓް ކޯސްޓް ބޮޑުވާ ކަމަށެވެ.
"ދުނިޔޭގެ ބޮޑެތި ބޯޓު ފަހަރުތައް، ހާއްސަކޮށް އޮސްޓްރޭލިއާ ސަރަހައްދަށް ދަތުރު ކުރާ ކަމުގައިވާ ނަމަ ރާއްޖޭގައި އެބަ މަޑުކުރޭ. އެފަރާތްތަކަށް ތެޔޮ ސަޕްލައި ކުރެވިއްޖެ ނަމަ ބޮޑު ފައިދާއެއް ވާނެ. އޭރުން ރާއްޖެއަށް ބޭނުންވާ ތެޔޮވެސް އަގު ހެޔޮކޮށް ލިބޭނެ،" އަމްރު ވިދާޅުވި އެވެ.
ތެޔޮ ވިއްކައިގެން ލިބޭ އާމްދަނީ ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީއާ ވާދަކުރެވޭ ވަރުގެ އާމްދަނީއަކަށް ވެގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން ބަލްކުކޮށް މުދާ ގެނެސްގެން ރީޕެކް ކޮށްގެން ތަކެތި ވިއްކުމަކީ ވެސް އެސްޓީއޯއަށް ކުރެވޭނެ މަސައްކަތެއް ކަމަށް އޭނާ ވިދާޅުވި އެވެ. މިކަމުގެ ސަބަބުން އާންމު ވިޔަފާރިވެރިންނަށް އަގު ހެޔޮކޮށް މުދާ ހޯލްސޭލްކޮށް ލިބޭނެ ކަމަށް އަމްރު ވިދާޅުވި އެވެ. މިފަދަ ކަމެއް ކުރެވިއްޖެ ނަމަ ބައެއް ކަހަލަ މުދާތައް ބޭރުން ނުގެނެސް ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އިހަވަންދިއްޕޮޅުގައި ތެޔޮ ބަންކަރެއް ހަދަނީ
ހައިޕާމެކެޓާއެކު، ޕީޕަލްސް ޗޮއިސް މަތީ ހަރުފަތަށް
މުދާ ހުސްވީ ސަޕްލަޔަރުން އަތުން ތަކެތި ނުލިބުމުން
ހާސްކަމެއް ނެތް، ކާޑާއި ބޭސް ހުސްނުވެ ލިބޭނެ: އަމްރު
ޝިޕިން ލައިންނާ އެކު ޖީބަށް ލުއިވާނެ: އަމްރު
ޕެޓްރޯލްގެ އަގު އަނެއްކާވެސް ހެޔޮކޮށްފި
ބޭނުންނުވާ ބޭސްތަކެއް އެސްޓީއޯ އިން އެތެރެކުރި
އެސްޓީއޯ އަށް ލިބެންޖެހޭ 800 މިލިއަން ނުދައްކާ
އެފްއެސްއެމްގެ ފިއުލް ޝެޑެއް 24 ގަޑިއިރަށް
އެސްޓީއޯގެ ފިއުލް ޝެޑެއް ތިނަދޫގައި ހުޅުވައިފި