31 މެއި 2022
ރާއްޖޭގެ އެންމެ އުތުރު، އިހަވަންދިއްޕޮޅުގައި ތެލުގެ ސްޓޯރޭޖެއް ހަދައި ތެޔޮ ބަންކަރިން ހިދުމަތް ދޭން ފަށާނެ ކަމަށް އެސްޓީއޯގެ ސީއީއޯ ހުސެއިން އަމްރު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ އެންމެ އުތުރު، އިހަވަންދިއްޕޮޅުގައި ތެލުގެ ސްޓޯރޭޖެއް ހަދައި ތެޔޮ ބަންކަރިން ހިދުމަތް ދޭން ފަށާނެ ކަމަށް އެސްޓީއޯގެ ސީއީއޯ ހުސެއިން އަމްރު ވިދާޅުވެއްޖެ އެވެ.
ރޭ ކްރޮސްރޯޑްސްގައި ބޭއްވި އަހަރީ އާންމު ޖަލްސާގައި އަމްރު ވިދާޅުވީ، ރާއްޖެ އޮންނަ ލޮކޭޝަންގެ ގޮތުން އިހަވަންދިއްޕޮޅު ކައިރިން ދުވާލަކު 300 އަށް ވުރެ ގިނަ އާގު ބޯޓު ދަތުރުކުރާ ކަމަށެވެ. އެ ސަރަހައްދުގައި އެ ބޯޓުފަހަރަށް ހިދުމަތްތައް ދެވޭނެ މާ ގިނަ ގޮތްތަކެއް ނެތް ކަމަށާއި އެސްޓީއޯއިން ބޭނުންވަނީ އެތަނުގެ ތެލުގެ ސްޓޯރޭޖެއް ހަދައި އިންޓަނޭޝަނަލް ބަންކަރިން ހިދުމަތް ދިނުން ކަމަށް އަމްރު ވިދާޅުވި އެވެ.
"ފުރަތަމަ ޕްލޭން އޮތީ ފްލޯޓިން ސްޓޯރެއްޖެއްގައި އިހަވަންދިއްޕޮޅުގައި އެކަން ކުރުން. އެކަން ކޮށްފި ނަމަ ރާއްޖޭގެ އިގްތިސާދަށް ވަރަށް ބޮޑު ބަދަލެއް އަންނާނެ،" އޭނާ ވިދާޅުވި އެވެ.
ތެލުގެ ވިޔަފާރިއަކީ އެސްޓީއޯ އަށް އެންމެ ބޮޑު އާމްދަނީ ލިބޭ ވިޔަފާރި އެވެ. މިދިޔަ އަހަރު ވެސް އެ ކުންފުންޏަށް ތެލުގެ ވިޔަފާރިން ހަ ބިލިއަން ރުފިޔާ ލިބުނެވެ.
އެފްއެސްއެމްގެ ތެޔޮ ބޯޓެއް. އެފްއެސްއިން މިހާރު ރަށްރަށަށް ތެޔޮ ގެންދަނީ ބާޖުތަކުގައި--ފޮޓޯ:އެފްއެސްއެމް
ރާއްޖޭގެ އުތުރުގައި ތެޔޮ ބަންކަރެއް ހެދުމުން ދުނިޔޭގެ ބޮޑެތި ބޯޓުތަކަށް ހިދުމަތް ދެވޭނެ އެވެ. އެ ސަރަހައްދަށް އާންމުކޮށް މަޑުކުރަނީ އޮސްޓްރޭލިއާ ސަރަހައްދަށް ދަތުރުކުރާ އާގު ބޯޓުތަކެވެ. އޭގެ ސަބަބުން ރާއްޖެ އަށް މިހާރަށް ވުރެ ގިނައިން ތެޔޮ އެތެރެ ކުރަން ޖެހޭނެ އެެވެ. އަދި މިއީ ރާއްޖެ އަށް ބޭނުންވާ ތެލުގެ އަގު ހެޔޮވާނެ ކަމެއް ކަމަށް ވެސް އަމްރު ކުރިން ވިދާޅުވެފައިވެ އެވެ.
ތެޔޮ ވިއްކައިގެން ލިބޭ އާމްދަނީން ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީއާ ވާދަކުރެވޭ ވަރުގެ އިންޑަސްޓްރީއަކަށް ބަދަލުކުރުމުގެ ފުރުސަތު ފަހިވާނެ އެވެ.
މިކަން ކުރުމުގެ މަސައްކަތް ކުރާ އިރު ރާއްޖޭގެ ރަށްތަކަށް ގޭސް ގެންދިއުމުގައި ފަސޭހަ ގޮތްތަކެއް ހަމަޖައްސާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަމްރު ވިދާޅުވީ، ރާއްޖޭގެ ރަށްތަކަށް މިހާރު ގޭސް ގެންދަނީ ތިލަފުށިން ކަމަށެވެ.
"ތިލަފުށިން ފިލް ކޮށްގެން ރަށްރަށަށް ތެޔޮ ފުޅި މި ގެންދަނީ. ގެންދާއިރު ވަރަށް ގިނަ މައްސަލަތައް ދިމާވޭ. ފުރަތަމަ މައްސަލައަކީ ގެންދާއިރު 10 ކިލޯ ގޭސް އިނދޭ އަށް ކިލޯއަށް ބަދަލުވެފައި، ހަތް ކިލޯއަށް ބަދަލުވެފައި،" އޭނާ ވިދާޅުވި އެވެ.
ބޮޑެތި ބަދަލުތަކަކާ އެކު އެސްޓީއޯ އާ ފެށުމަކަށް!
އެސްޓީއޯ ހޮޓަލަށް އެޗްޑީސީން އިންވެސްޓަރަކު ހޯދައިފި
އައިފާނު ބިލްޑިންގަކީ މިހާރު އެފްއެސްއެމް ބިލްޑިންގް
އެސްޓީއޯ އިން ހިއްސާއަކަށް 58ރ. ދޭނެ
ތެޔޮ ސަޕްލައިކުރުން ހަރުދަނާކުރަން މަޝްވަރާކޮށްފި
އެސްޓީއޯ އަށް ލިބެންޖެހޭ 800 މިލިއަން ނުދައްކާ
އެސްޓީއޯގެ އަމާޒު؛ ތެލުގެ އަގު ހިފެހެއްޓުން
މަސްވެރިންނަށް ވިއްކާ ތެލުގެ އަގު ހެޔޮކުރަނީ
އެސްޓީއޯއަށް ލިބުނު ފައިދާ އަށް މިލިއަން ރުފިޔާ ދަށަށް
އެސްޓީއޯގެ ވެރިން މާލިއްޔަތު ކޮމިޓީއަށް ހާޒިރުކުރަނީ