30 އޯގަސްޓް 2020
އެސްޓީއޯ އަށް މިދިޔަ އަހަރު ލިބުނު ފައިދާ އިން ހިއްސާއަަކަށް 58ރ. ބަހަން މިއަދު ބޭއްވި އަހަރީ އާއްމު ޖަލްސާގައި ފާސްކޮށްފި އެވެ.
އެސްޓީއޯ އަށް މިދިޔަ އަހަރު ލިބުނު ފައިދާ އިން ހިއްސާއަަކަށް 58ރ. ބަހަން މިއަދު ބޭއްވި އަހަރީ އާއްމު ޖަލްސާގައި ފާސްކޮށްފި އެވެ.
އޮންލައިންކޮށް ބޭއްވި މި ޖަލްސާގައި ހިއްސާގެ ފައިދާގޮތުގައި ހިއްސާއަކަށް 58ރ. ބަހަން ފާސްކުރީ ޖަލްސާގައި ބައިވެރިވި ހިއްސާދާރުންގެ ތެރެއިން 99.99 ޕަސެންޓުގެ ވޯޓުންނެވެ. އެއީ ހިއްސާގެ އަދަދުން 921،752 އެވެ.
އެސްޓީއޯގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ އަހަރު އެސްޓީއޯ ގްރޫޕު ކުންފުނިތައް އެއްކޮށްގެން ސާފު ފައިދާގެ ގޮތުގައި 383 މިލިއަން ރުފިޔާ ލިބިފައިވާއިރު އެސްޓީއޯ އަށް އެކަނި ވެސް 303 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. ދެހާސް އަށާރަ ވަނަ އަހަރު އެ ކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ 14 މިލިއަން ރުފިޔާ އެވެ. އަދި ހުރިހާ ކުންފުނިތައް އެއްކޮށް ސާފު ފައިދާގެ ގޮތުގައި އެ އަހަރު ލިބިފައިވަނީ 30 މިލިއަން ރުފިޔާ އެވެ.
އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވީ މިދިޔަ އަހަރަކީ އެހެން ހުރިހާ އަހަރުތަކާ އަޅާބަޅާއިރު އެސްޓީއޯއަށް އެންމެ ކާމިޔާބު އަހަރު ކަމަށެވެ. އަދި މިއަހަރު ތެރޭގައި ވެސް ކުންފުނީގެ ހިންގުން ރަނގަޅު ކުރިއަށް އޮތް ތަނުގައި ވެސް ކުންފުނީގެ ފައިދާ ރަނގަޅު ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިދިޔަ އަހަރުގެ ޖަލްސާގައި އަޅުގަނޑުމެންނަށް ފާހަގަކުރެވުނު ބައެއް ކަންތައްތައް ހައްލު ކުރުމަށް އަޅުގަނޑުމެން ވާނީ ވަރަށް ބޮޑަށް މަސައްކަތް ކޮށްފައި. އަދި ހިންގުމުގެ ހަރަދުތައް ވެސް ކުޑަކުރުމާ ގުޅިގެން މިދިޔަ އަހަރަކީ ކުންފުނީގެ ތާރީހުގައި ވެސް ކާމިޔާބު އަހަރަކަށް މިވަނީ ވެގެން ގޮސްފައި،" އަމްރު ވިދާޅުވި އެވެ.
ހިއްސާގެ ފައިދާގެ އިތުރުން ކުރިއަށް އޮތް އަހަރަށް ކުންފުނީގެ އެކްސްޓާނަލް އޮޑިޓަރެއްގެ ގޮތުގައި ޕްރައިސްވޯޓާ ހައުސް ކޫޕާ ހަމަޖެއްސުމަށް ވަނީ ފާސްކޮށްފަ އެވެ. އަދި ކުރިއަށް އޮތް ދައުރަށް އާއްމު ހިއްސާދާރުން ތަމްސީލު ކުރެއްވުމަށް ހ. މޮސްކޯގެ، ޢާމިނަތު ރުޝްމާ ވަނީ އިންތިޚާބު ކޮށްފަ އެވެ. ރުޝްމާ އަކީ މިހާރު ވެސް އެސްޓީއޯގެ ބޯޑުގައި އާއްމު ހިއްސާދާރުން ތަމްސީލް ކުރައްވާ ޑިރެކްޓަރެވެ.
އެސްޓީއޯ ހޮޓަލަށް އެޗްޑީސީން އިންވެސްޓަރަކު ހޯދައިފި
އެސްޓީއޯގެ ހިއްސާއަަކަަށް 65ރ. ބަހަން ނިންމައިފި
އެސްޓީއޯގެ އަހަރީ އާއްމު ޖަލްސާ މި މަހުގެ 30ގައި
މިފްކޯ އަށް މިދިޔަ ފަސް އަހަރު ބޮޑު ގެއްލުމެއް!
އެސްޓީއޯގެ ހިއްސާއަކަށް 80ރ. ބަހަން ނިންމައިފި
އެސްޓީއޯއިން ފައިދާގެ ގޮތުގައި 80ރ. ބަހަން ހުށަހަޅަނީ
އެސްޓީއޯ އަށް 800 މިލިއަން ރުފިޔާގެ ފައިދާއެއް
ހޮޓަލުގެ ބަދަލުގައި އެސްޓީއޯއަށް ހުޅުމާލެއިން 2ބިމެއް
އެސްޓީއޯގެ ހިއްސާއަަކަަށް 77ރ. ބަހަން ނިންމައިފި
އޭޖީއެމަށް އެސްޓީއޯއިން ޕޯޓަލްގެސެކިއުރޓީ ވަރުގަދަކޮށްފި