ހުޅުމާލޭގައި މިހާރަށް ވުރެ ރަނގަޅަށް ބޭސް ފޯރުކޮށްދިނުމަށްޓަކާއި އެސްޓީއޯ ސްމާޓް ސްޓޯ، ފާމަސީއަކަށް ބަދަލު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އެ ކުންފުނިން ރޭ ބުނެފި އެވެ.
18 މެއި 2025
ހުޅުމާލޭގައި މިހާރަށް ވުރެ ރަނގަޅަށް ބޭސް ފޯރުކޮށްދިނުމަށްޓަކާއި އެސްޓީއޯ ސްމާޓް ސްޓޯ، ފާމަސީއަކަށް ބަދަލު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އެ ކުންފުނިން ރޭ ބުނެފި އެވެ.
އެސްޓީއޯގެ އަހަރީ އާންމު ޖަލްސާގައި މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް ވިދާޅުވީ، ކުރިއަށް އޮތް ދެ ހަފުތާގެ ތެރޭގައި ސްމާޓް ސްޓޯ ފާމަސީއަށް ބަދަލުކޮށް އަލުން ހުޅުވާނެ ކަމަށެވެ.
"ހުޅުމާލެ ހޮސްޕިޓަލަށްދާ ބަލި މީހުންނަށް ރަނގަޅު ފެންވަރެއްގެ ފާމަސީއެއްގެ ހިދުމަތް ދެވެން ނެތީމަ، އެކަމާ ގުޅިގެން އަންނަ ޝަކުވާތަކާ ގުޅިގެން ސްމާޓް ސްޓޯ ފާމަސީއަކަށް ބަދަލު ކުރުމުގެ މަސައްކަތް ވަނީ ފަށާފައި،" އޭނާ ވިދާޅުވި އެވެ.
އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން ވިޔަފާރި ކުރެވޭ ގޮތަށް އެސްޓީއޯގެ "ސްމާޓް ސްޓޯ" ހުޅުވީ ޖުލައި 2023 ގަ އެވެ. އެކަމަކު، ހުޅުމާލޭ 1 ގައި ކުރިން އެސްޓީއޯ ފިހާރަ ހިންގި ތަނުގައި ހުޅުވި ސްމާޓް ސްޓޯ އަށް ވިޔަފާރި ކުރުމަށް އެހާ ގިނަ ބަޔަކު ވަންނަ ތަނެއް އާންމުކޮށް ނުފެނެ އެވެ.
ޝިމާދު ރޭ ވަނީ، ހުޅުމާލެ 1 ގެ އިތުރުން ހުޅުމާލެ 2 ގައި ވެސް އެސްޓީއޯގެ ފާމަސީއެއް ހުޅުވުމުގެ ވިސްނުން ގެންގުޅޭ ކަމަށް ވިދާޅުވެފަ އެވެ. ރައްޔިތުންނަށް ބޭސް ފޯރުކޮށްދިނުމަކީ، އެ ކުންފުނިން އާމްދަނީ ހޯދަން ކުރާ ވިޔަފާރިއެއްގެ ބަދަލުގައި އާންމުންނަށް ލުއި ފަސޭހަކޮށްދިނުމަށް ދޭ ހިދުމަތެއް ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންވެ، ބޭސް ލިބުމުގައި މިހާރު ދިމާވާ މައްސަލަ ހައްލުކޮށް، ބޭސް ފަސޭހައިން ލިބޭނެ ގޮތްތައް ފަހި ކުރުމަށް ހާއްސަ އިސްކަމެއް ދެއްވާ ކަމަށް ޝިމާދު ވިދާޅުވި އެވެ.
އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު ރޭގެ ޖަލްސާގައި ހިއްސާދާރަކާ ވާހަކަ ދައްކަަވަނީ.--- ފޮޓޯ: އެސްޓީއޯ
"އަޅުގަނޑުމެންގެ އަމާޒަކީ އެސްޓީއޯއަކީ ބޭސް ހޯދަން އަންނަ މީހުންނަށް ކޮލިޓީ ބޭސް ހުސްނުވެ ލިބެން ހުންނަ ތަނަކަށް ހެދުން،" އޭނާ ވިދާޅުވި އެވެ.
ޝިމާދު ވިދާޅުވިގޮތުގައި، ބޭސް ގެނައުމުގައި ދަތިތައް ހުރުމުން، ކަމާ ގުޅޭ ފަރާތްތަކާ އެކު ކުރި މަސައްކަތުން އެކަށީގެންވާ ހައްލެއް މިހާރު ވަނީ ހޯދައިފަ އެވެ. ރާއްޖެއަށް ބޭނުންވާ ބައެއް ބޭސްތައް ހޯދުމަށް ދާދި ފަހުން އެސްޓީއޯއިން ވަނީ އިންޑިއާގެ ހެލްތު އެންޑް ފެމިލީ ވެލްފެއާގެ އެކު ހާއްސަ އެއްބަސްވުމެއްގައި ވެސް ސޮއިކޮށްފަ އެވެ. ބޭސް ލިބުމުގައި މިހާރު ދިމާވާ ދަތިތައް އޭގެ ސަބަބުން ހައްލު ވާނެ ކަމަށް އެސްޓީއޯ އިން ވަނީ ބުނެފަ އެވެ.
އާންމު ބޭސްތައް ލިބޭތޯ ކަށަވަރު ކުރާނަން: ޝިމާދު
އެސްޓީއޯގެ ބަންކަރިން ވިޔަފާރިއަށް ބަދަލުތަކެއް ގެންނަނީ
މިއަހަރު ވެސް ޑިވިޑެންޑްގެ ގޮތުގައި ހިއްސާއަަކަށް 80ރ
ބޭހުގެ ދަތިކަން ހައްލުކުރަން އިންޑިއާއެކު އެއްބަސްވެއްޖެ
އަގު ތިރިކުރުމުން ބޭހަށް ދަތިކުރީ މެޑިކަލް މާފިއާއިން
ބޭސް ލިބުމުގެ ދަތިކަން ހައްލު ކުރަން ހާއްސަ ކޮމިޓީއެއް
ބަލްކުކޮށް ބޭސް ގެނައުމުން 300 މިލިއަން ސަލާމަތްވާނެ
ޔޫރަޕް ކޮލިޓީގެ ބޭސް ހެޔޮ އަގުގައި ވިއްކަން ފަށައިފި
ސޮފްޓްވެއާ އަޕްޑޭޓްކުރަން މާދަމާ އެސްޓީއޯ ފާމަސީތައް ބަންދު
ދަރުމަވަންތަ ހޮސްޕިޓަލުގައި އެސްޓީއޯގެ ފާމަސީއެއް