Roadha Mihaaru

ފައިދާ ދަށްވިޔަސް، އެސްޓީއޯއިން މިއަހަރު ވެސް ހިއްސާއަަކަށް 80ރ. ބަހަނީ

އެސްޓީއޯގެ މިދިޔަ އަހަރުގެ ފައިދާ އިން ހިއްސާއަކަށް 80ރ. ބަހަން މިރޭ ފާސްކޮށްފި އެވެ.

މިއަހަރު ވެސް ޑިވިޑެންޑްގެ ގޮތުގައި ހިއްސާއަަކަށް 80ރ
ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު

17 މެއި 2025

އެސްޓީއޯގެ މިދިޔަ އަހަރުގެ ފައިދާ އިން ހިއްސާއަކަށް 80ރ. ބަހަން މިރޭ ފާސްކޮށްފި އެވެ.

ބާސެލޯ ނަސަންދުރާގައި ބޭއްވި ރަސްމިއްޔާތުގައި އެކަން ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި 129 މީހުންގެ ތެރެއިން 99 ޕަސެންޓު މީހުންގެ ވޯޓުންނެވެ.

މިދިޔަ އަހަރު ވެސް އެސްޓީއޯއިން ހިއްސާދާރުންނަށް ޑިވިޑެންޑްގެ ގޮތުގައި ހިއްސާއަކަށް 80ރ. ރުފިޔާ ބެހި އެވެ.

އެސްޓީއޯއިން 2024 ވަނަ އަހަރު ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 80ރ. ބަހަން ފާސް ކުރިއިރު ފައިދާގެ ގޮތުގައި ކުންފުންޏަށް ލިބުނީ 741 މިލިއަން ރުފިޔާ އެވެ. އެއީ 2023 ވަަނަ އަހަރަށް ވުރެ 10 ޕަސެންޓް ދަށް އަދަދެކެވެ. އެ އަހަރު ކުންފުނީގެ ފައިދާގެ ގޮތުގައި 812 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

އެސްޓީއޯގެ އެމްޑީ ޝިމާދު އޭޖީއެމް
ހޯލަށް ވަންނަނީ -- ފޮޓޯ: އެސްޓީއޯ

އެސްޓީއޯގެ އެމްޑީ ޝިމާދު އޭޖީއެމް ހޯލަށް ވަންނަނީ -- ފޮޓޯ: އެސްޓީއޯ

ކުންފުނީގެ 2024 ވަނަ އަހަރުގެ ފައިސާ ދަށްވި ނަމަވެސް ހިއްސާދާރުންގެ ފައިދާ އެއްވަރެއްގައި ވަނީ ހިފެހެއްޓިފަ އެވެ.

ރާއްޖޭގެ އެންމެ ބޮޑު ވިޔަފާރި ކުންފުނި، އެސްޓީއޯ އަށް މިދިޔަ އަހަރު ޖުމްލަ އާމްދަނީގެ ގޮތުގައި 15 ބިލިއަން ރުފިޔާ ލިބުނެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު އެއް ބިލިއަން ރުފިޔާ ދަށް އަދަދެކެވެ. އެއީ ހަތް ޕަސެންޓުގެ ދަަސްވުމެކެވެ.

އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް ވިދާޅުވީ ކުންފުނީގެ އާމްދަނީ ދަށްވީ ތެލުގެ އަގު މާކެޓުގައި ދަށްވުމުން ކަމަަށެވެ.

މިރޭގެ ޖަލްސާގައި ހިއްސާގެ ފައިދާ ބަހަން ނިންމުމުގެ އިތުރުން ކުރިއަށް އޮތް އަހަރަށް ކުންފުނީގެ އެކްސްޓާނަލް އޮޑިޓަރެއްގެ ގޮތުގައި ޑެލޮއިޓް ހަމަޖެއްސި އެވެ. އަދި އެ ކުންފުންޏަށް އުޖޫރައެއްގެ ގޮތުގައި 67،500 ޑޮލަރު (އެއް މިލިއަން ރުފިޔާ) ދިނުމަށް ވަނީ ނިންމައިފަ އެވެ.