ހުޅުމާލޭގައި އެސްޓީއޯ އިން ހަދަން ފަށައި، އެކަމަކު މަސައްކަތް އެއްކޮށް ހުއްޓިފައިވާތާ ގިނަ ދުވަސްތަކެއް ޥެފައިވާ ހޮޓަލުގެ ބަދަލުގައި 40،000 އަކަފޫޓުގެ ބިމެއް ދީ، ކަމާ ގުޅޭ އެއްބަސްވުންތަކުގައި ސޮއިކޮށް ނިމިފައިވާ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް ރޭ ވިދާޅުވެއްޖެ އެވެ.
18 މެއި 2025
ހުޅުމާލޭގައި އެސްޓީއޯ އިން ހަދަން ފަށައި، އެކަމަކު މަސައްކަތް އެއްކޮށް ހުއްޓިފައިވާތާ ގިނަ ދުވަސްތަކެއް ޥެފައިވާ ހޮޓަލުގެ ބަދަލުގައި 40،000 އަކަފޫޓުގެ ބިމެއް ދީ، ކަމާ ގުޅޭ އެއްބަސްވުންތަކުގައި ސޮއިކޮށް ނިމިފައިވާ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް ރޭ ވިދާޅުވެއްޖެ އެވެ.
އަހަރީ އާންމު ޖަލްސާގައި އޭނާ ވިދާޅުވީ، ހޮޓަލުގެ މައްސަލައިގައި ދާއިމީ ހައްލެއް ހޯދާފައިވާ އިރު އެޗްޑީސީން މިހާރު އެސްޓީއޯއާ ބިން ހަވާލުކޮށްފައިވާ ކަމަށެވެ.
"މި އިމާރާތް [ހޮޓާ އިމާރާތް] ދޫކޮށްލާފައި އެ އިމާރާތް އެޗްޑީސީއާ އެކު އެއްބަސްވުމެއްގެ ތެރެއިން އަގުކޮށްފައި ހުޅުމާލެއިން އަޅުގަނޑުމެން މިވަނީ ބިމެއް ހޯދާފައި. އެ ބިން ދިން ކަމުގެ ސިޓީ ވަނީ ލިބިފައި،" އޭނާ ވިދާޅުވި އެވެ.
އެސްޓީއޯއިން ހުޅުމާލޭގައި ހަދަން ފެށި ސިޓީ ހޮޓާ. އެތަން ދޫކޮށްލާ، އޭގެ ބަދަލުގައި 40،000 އަކަފޫޓުގެ ބިމެއް ވަނީ ހޯދާފައި -- ފޮޓޯ: މިހާރު
އެޗްޑީސީން ވަނީ މި އަހަރުގެ ކުރީކޮޅު ސިޓީ ހޮޓާ އިމާރާތުގެ މަސައްކަތް ނިންމައި، އެތަނުގެ ހިންގުން "ވޯލްޑް އޮފް ބިޒްނަސް ޕްރައިވެޓް ލިމިޓެޑް" އާ ހަވާލުކުރުމަށް އެމްއޯޔޫއެއްގައި ސޮއިކޮށްފަ އެވެ. ސަރުކާރުގެ ބޭނުމަށް ހާއްސަކުރާ އޮފީސް ބައެއް ހިމެނޭ ގޮތަށް ހަދާ އެ ހޮޓަލުގެ މަސައްކަތް ހަވާލުކުރީ އެތަން ހިންގުމަށް ހާއްސަކޮށް އުފައްދާފައިވާ ކުންފުންޏެކެވެ.
ހުޅުމާލޭގައި އެސްޓީއޯއިން ހޮޓަލެއް ހެދުމުގެ މަސައްކަތް ފެށީ އެމެރިކާގެ ކާލްސަން ހޮޓެލް ގްރޫޕާ އެކު 2008 ވަނަ އަހަރު އެވެ. އެ ހޮޓަލުގެ އަމަލީ މަސައްކަތް ފެށީ 2012 ވަނަ އަހަރު އެވެ. ހޮޓާ އެޅުމަށް ގާތްގަނޑަކަށް 115 މިލިއަން ރުފިޔާ ހަރަދު ކުރި ނަމަވެސް އެ މަސައްކަތް ފަހުން ވަނީ ހުއްޓިފަ އެވެ.
ކޮންޓްރެކްޓަރާ މައްސަލަޖެހި ހޮޓަލުގެ މަސައްކަތް ހުއްޓުނު ހުރި އިރު، އެސްޓީއޯއިން ވަނީ އެ ހޮޓާ ހިންގާނެ ބަޔަކު ހޯދަން މިދިޔަ 10 އަހަރު ތެރޭ އެކި ފަހަރު މަތިން މަސައްކަތް ކޮށްފަ އެވެ. އެކަމަކު އެކަން ކާމިޔާބު ނުވުމުން އެސްޓީއޯއިން އެ އިމާރާތް ދޫކޮށްލީ އެވެ.
ސިޓީ ހޮޓެލް ހިންގުން ކުންފުންޏަކާ ހަވާލުކޮށްފި
"ސިޓީ ހޮޓާ އެހެން ކަމަކަށް ވިޔަސް ބޭނުން ކުރާނަން"
އެސްޓީއޯގެ ހުޅުމާލޭ ހޮޓާ ވިއްކާލަން ނިންމައިފި
އެސްޓީއޯގެ ބަންކަރިން ވިޔަފާރިއަށް ބަދަލުތަކެއް ގެންނަނީ
އެސްޓީއޯ ސްމާޓް ސްޓޯ، ފާމަސީއަކަށް ބަދަލު ކުރަނީ
މިއަހަރު ވެސް ޑިވިޑެންޑްގެ ގޮތުގައި ހިއްސާއަަކަށް 80ރ
އާންމު ބޭސްތައް ލިބޭތޯ ކަށަވަރު ކުރާނަން: ޝިމާދު
އިކޮނޮމިކްގޭޓްވޭގެ ފްރޭމްވޯކް އެއްބަސްވުމުގައި ސޮއިކޮށްފި
ހުރިހާ އަތޮޅެއްގައި އެސްޓީއޯގެ ރޭޓުން ތެޔޮ ވިއްކަނީ
ފެނަކައިގެ ޗެއާޕާސަނަކަށް ޝިމާދު އައްޔަންކޮށްފި