09 ނޮވެމްބަރ 2024
މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ މަޝްރޫއު ކުރިއަށް ގެންދިއުމަށްޓަކައި މޯލްޑިވްސް އިންޑަސްޓްރިއަލް ފްރީ ޒޯން (އެމްއައިއެފްޒެޑް) އާއި ސިންގަޕޫރުގެ ކެޕިޓަލް އޭޝިއާ އިންވެސްޓްމެންޓްސްއާ އެކު ފްރޭމްވޯކް އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.
މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ މަޝްރޫއު ކުރިއަށް ގެންދިއުމަށްޓަކައި މޯލްޑިވްސް އިންޑަސްޓްރިއަލް ފްރީ ޒޯން (އެމްއައިއެފްޒެޑް) އާއި ސިންގަޕޫރުގެ ކެޕިޓަލް އޭޝިއާ އިންވެސްޓްމެންޓްސްއާ އެކު ފްރޭމްވޯކް އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ، ފްރޭމްވޯކް އެއްބަސްވުމަކީ އިކޮނިމިކް ގޭޓްވޭ މަޝްރޫއު ކުރިއަށް ގެންދިއުމަށްޓަކައި މުހިއްމު އެއްބަސްވުމެއް ކަމަށެވެ. އެ އެއްބަސްވުމުގައި މޯލްޑިވްސް އިންޑަސްޓްރިއަލް ފްރީ ޒޯންގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަދި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހީމެވެ. ކެޕިޓަލް އޭޝިއާ އިންވެސްޓްމެންޓުގެ ފަރާތުން ސޮއިކުރެއްވީ ޗީޕް ކޮމާޝަލް އޮފިސަރު ޓަން ކުން ޗިއާއޯ ޖޯޖެވެ.
ކެޕިޓަލް އޭޝިއާ އިންވެސްޓްމެންޓަކީ އިންފްރާސްޓްރަކްޗާ، އައިޓީ، ފިންޓެކް އަދި އިޔާދަކުރަނިވި ހަކަތައިގެ ދާއިރާއިން 1.3 ބިލިއަން ޑޮލަރުގެ އެސެޓު މެނޭޖް ކުރަމުން އަންނަ ކުންފުންޏެކެވެ.
އިކޮނޮމިކް މިނިސްޓަރު ސައީދު. އެއްބަސްވުމުގެ ދަށުން އިކޮނޮމިކް ގޭޓްވޭގެ އެއްބަސްވުމުގެ ޕްލޭން އެކުލަވައިލެވޭނެ -- ފޮޓޯ: މިހާރު
އާ އެއްބަސްވުމުގެ ދަށުން އިހަވަންދިއްޕޮޅު ސަރަހައްދަކީ ވިޔަފާރި އާއި ލޮޖިސްޓިކްސް ހަބަކަށް ހެދުމަށް، ދިވެހި ސަރުކާރުން ރާވާފައިވާ ގޮތަށް މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ މަޝްރޫއުގެ ސްކޯޕާއި ފިޔަވަހިތައް ތަރައްގީ ކުރުމުގެ ޕްލޭން އެކުލަވައިލާނެ އެވެ. އަދި ފައިނޭންޝަލް އެސެސްމެންޓްތަކާއި މަޝްރޫއު ކުރިއަށް ގެންދިއުމަށް ބޭނުންވާ މުހިއްމު ކޮމާޝަލް ޓާމްތައް ކަނޑައެޅުމަށް މަސައްކަތް ކުރާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.
އެ އެއްބަސްވުމާ އެކު، މޯލްޑިވްސް އިންޑަސްޓްރިއަލް ފްރީ ޒޯނާއި ކެޕިޓަލް އޭޝިއާ އިންވެސްޓްމެންޓުން ޕްލޭން ރާވާނީ ދެމެހެއްޓެނިވި ތަރައްގީގެ އަސާސްތަކާ އެއްގޮތަށް ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
ސަރުކާރުގެ ފަސް ކުންފުންޏެއް ހިމެނޭ ގޮތަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފްރީ ޒޯން އުފެއްދީ މި އަހަރުގެ ޖެނުއަރީ މަހު އެވެ. އެ ކުންފުނި އުފެއްދީ ރާއްޖޭގެ އިގްތިސާދީ ރައްކާތެރިކަން އިތުރު ކުރުމަށް މުހިއްމު ބިޔަ މަޝްރޫއުތަކެއް ހިންގުމަށް ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.
ރީއެކްސްޕޯޓަށް 100 ހެކްޓަރުގެ އެސްއީޒެޑެއް ދެނީ
"ބަންކަރިންއަށް 20 މިލިއަން ޑޮލަރު އިންވެސްޓްކުރި"
ރާއްޖޭގައި އިންޓަނޭޝަނަލް ބަންކަރިންގެ ހިދުމަތް ފަށައިފި
ފުރަތަމަ ހިދުމަތް ދެނީ "ވައިސީ ބެރިއާ" އަށް
އިންޑިއާގެ ޔޫޕީއައި ރާއްޖެއަށް ތައާރަފުކުރަނީ
ޑިވެލޮޕްމެންޓް ބޭންކް ޖުލައި މަހު ހުޅުވަނީ
އެސްއީޒެޑްގެ ބިޔަ ދެ މަޝްރޫއެއް ދުބާއީ ކުންފުންޏަކަށް
ދަނޑުވެރިކަމުގެ ބިޔަ ޕްރޮޖެކްޓް އެމްއައިޑީއެފްޒެޑުން
ބަންގްލަދޭޝް މަސައްކަތްތެރިން ނުލިބި ވިޔަފާރި ހުއްޓިދާނެ
މި ކަނޑައެޅީ ނިސްބަތުން ތަނަވަސް ވޭޖެއް: ސަރުކާރު