އެސްޓީއޯގެ މިދިޔަ އަހަރުގެ އަހަރީ އާއްމު ޖަލްސާ މި މަހުގެ 30 ގައި ބާއްވަން އެ ކުންފުނިން ނިންމައިފި އެވެ.
16 އޯގަސްޓް 2020
އެސްޓީއޯގެ މިދިޔަ އަހަރުގެ އަހަރީ އާއްމު ޖަލްސާ މި މަހުގެ 30 ގައި ބާއްވަން އެ ކުންފުނިން ނިންމައިފި އެވެ.
އެ ކުންފުނިން ވަނީ މިކަން އާއްމުކޮށް އިއްޔެ ވެބްސައިޓުގައި އިއުލާންކޮށްފަ އެވެ. މި އިއުލާނާ އެކު ޖަލްސާގައި ރަޖިސްޓްރީ ކުރުމަށް ހާއްސަ ޕޯޓަލެއް ވެސް އެ ކުންފުނިން ވަނީ އެ ވެބްސައިޓުގައި ހަދައިފަ އެވެ.
އެސްޓީއޯއިން ބުނީ އަހަރީ އާއްމު ޖަލްސާ އޮންނާނީ، މި މަހުގެ 30ވާ އާދިއްތަ ދުވަހުގެ ހަވީރު 4:00 ގައި، މައިކްރޮސޮފްޓް ޓީމްސް ލައިވް އިވެންޓްސް މެދުވެރިކޮށް ކަމަށެވެ. އެހެންކަމުން މި ޖަލްސާގައި ބައިވެރިވާން ބޭނުންވާ ހިއްސާދާރުން މި މަހުގެ 29 ވަނަ ދުވަހުގެ ހަވީރު 4:00ގެ ކުރިން ޕޯޓަލް މެދުވެރިކޮށް ރަޖިސްޓްރީ ވާން ޖެހޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
މި ޖަލްސާގައި އެ ކުންފުނީގެ ބޯޑަށް އާއްމު މެމްބަރުންގެ ތެރެއިން މެމްބަރެއް ވެސް ހޮވާނެ އެވެ. އެ މަގާމަށް ކުރިމަތިލި ދެ ހިއްސާދާރުންގެ ތެރެއިން އިންޓަވިއުކޮށް، އިވެލުއޭޓްކުރުމަށްފަހު، ހ. މޮސްކޯގޭ އާމިނަތު ރުޝްމާ އިންތިހާބުކުރުމަށް އަހަރީ އާންމު ޖަލްސާ އަށް ހުށަހެޅުމަށް ވަނީ އެޖެންޑާ ކޮށްފަ އެވެ.
މީގެ އިތުރުން، 2019 ވަނަ އަހަރުގެ ފައިދާ އިން ހިއްސާއަކަށް 58 ރުފިޔާ ބެހުމަށް ވެސް ޑިރެކްޓަރުންގެ ބޯޑުން ވަނީ ހުށަހަޅައިފަ އެވެ. މިދިޔަ އަހަރަކީ އެސްޓީއޯއަށް މާލީގޮތުން ކާމިޔާބު އަހަރެކެވެ. އެގޮތުން 2018 ވަނަ އަހަރާ އަޅާ ބަލާއިރު އެ ކުންފުނީގެ ޖުމްލަ ފައިދާ ވަނީ 13 ޕަސެންޓު އިތުރުވެފަ އެވެ.
އެސްޓީއޯގެ ހިއްސާއަަކަަށް 65ރ. ބަހަން ނިންމައިފި
އެސްޓީއޯ އިން ހިއްސާއަކަށް 58ރ. ދޭނެ
އެސްޓީއޯގެ ހިއްސާއަކަށް 80ރ. ބަހަން ނިންމައިފި
އެސްޓީއޯއިން ފައިދާގެ ގޮތުގައި 80ރ. ބަހަން ހުށަހަޅަނީ
އެސްޓީއޯ އަށް 800 މިލިއަން ރުފިޔާގެ ފައިދާއެއް
ހޮޓަލުގެ ބަދަލުގައި އެސްޓީއޯއަށް ހުޅުމާލެއިން 2ބިމެއް
އެސްޓީއޯގެ ހިއްސާއަަކަަށް 77ރ. ބަހަން ނިންމައިފި
އޭޖީއެމަށް އެސްޓީއޯއިން ޕޯޓަލްގެސެކިއުރޓީ ވަރުގަދަކޮށްފި
އެސްޓީއޯގެ ހިއްސާއަަކަަށް 77ރ. ބަހަން ނިންމައިފި
އެސްޓީއޯގެ ބޯޑަށް ކުރިމަތިލާން ހުޅުވާލައިފި