30 މެއި 2022
އެސްޓީއޯގެ މިދިޔަ އަހަރުގެ ފައިދާ އިން ހިއްސާ އަކަށް 65ރ. ބަހަން މިރޭ ފާސްކޮށްފި އެވެ.
އެސްޓީއޯގެ މިދިޔަ އަހަރުގެ ފައިދާ އިން ހިއްސާ އަކަށް 65ރ. ބަހަން މިރޭ ފާސްކޮށްފި އެވެ.
ރާއްޖޭގެ އެންމެ ބޮޑު ވިޔަފާރި ކުންފުނިން ކްރޮސްރޯޑްސްގައި ބޭއްވި އަހަރީ އާއްމު ޖަލްސާގައި، ހިއްސާ އަކަށް 65ރ. ބަހަން ފާސްކުރީ އެ ޖަލްސާ އަށް ހާޒިރުވި 782 މީހުންގެ 99 ޕަސެންޓް ހިއްސާދާރުންގެ ވޯޓުންނެވެ.
މިދިޔަ އަހަރު އެސްޓީއޯއިން ހިއްސާއަކަށް ބެހީ 60 ރުފިޔާ އެވެ.
އެސްޓީއޯ ގްރޫޕަށް މިދިޔަ އަހަރު އެކި ވިޔަފާރިތަކުން ޖުމްލަ އާމްދަނީގެ ގޮތުގައި 11.2 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. ތެލުގެ ވިޔަފާރިން ހަ ބިލިއަން ރުފިޔާ ލިބުނު އިރު ދެވަނަ އަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައި ވަނީ އާންމު ވިޔަފާރިންނެވެ.
އެސްޓީއޯގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވި ބައެއް ހިއްސާދާރުން--ފޮޓޯ : ފަޔާޒް މޫސާ | މިހާރު
އާންމު ވިޔަފާރިތަކުން އެ ކުންފުންޏަށް ތިން ބިލިއަން ރުފިޔާ ލިބުނެވެ. މަސްވެރިކަމުގެ ދާއިރާއިން 1.2 ބިލިއަން ރުފިޔާ ލިބުނު އިރު ގޭހުގެ ވިޔަފާރިން 206 މިލިއަން ރުފިޔާގެ އާމްދަނީއެއް އެސްޓީއޯ އަށް ލިބުނެވެ.
އެސްޓީއޯގެ މުޅި އާމްދަނީ ވަނީ 32 ޕަސެންޓުގެ ކުރިއެރުމެއް ހޯދައިފަ އެވެ. ތެލުގެ ވިޔަފާރީގެ އިތުރުން މަސްވެރިކަމުގެ ދާއިރާ އަށް ލިބުނު އާމްދަނީ ވެސް ވަނީ އޭގެ ކުރީ އަހަރަށް ވުރެ 17 ޕަސެންޓް އިތުރުވެފަ އެވެ. މީގެ އިތުރުން ޝިޕިން ދާއިރާއިން ވެސް އެ ކުންފުނީގެ އާމްދަނީ ވަނީ ވަރަށް ބޮޑުތަން އިތުރުކޮށްފަ އެވެ. ޝިޕިން ދާއިރާއިން އެ ކުންފުންޏަށް 141 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނެވެ.
ޓެކްސް ކެނޑުމަށް ފަހު އެސްޓީއޯ ގްރޫޕަށް ފައިދާގެ ގޮތުގައި ލިބިފައި ވަނީ 186 މިލިއަން ރުފިޔާ އެވެ. މިއީ އޭގެ ކުރީ އަހަރަށް ވުރެ 47 ޕަސެންޓް އިތުރު އަދަދެކެވެ.
ސަބްސިޑަރީ ކުންފުނިތައް ނުހިމަނާ ޓެކުހަށް ކެނޑުމަށް ފަހު އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި ޖުމްލަ 478 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.
އެސްޓީއޯ އިން ވަނީ މި އަހަރުގެ ކުންފުނީގެ އޮޑިޓަރުގެ ގޮތުގައި ޕްރައިޒްވޯޓާހައުސް ކޫޕާސް ހޮވައިފަ އެވެ.
އެސްޓީއޯ އިން ހިއްސާއަކަށް 58ރ. ދޭނެ
އެސްޓީއޯގެ އަހަރީ އާއްމު ޖަލްސާ މި މަހުގެ 30ގައި
އެސްޓީއޯގެ ހިއްސާއަކަށް 80ރ. ބަހަން ނިންމައިފި
އެސްޓީއޯއިން ފައިދާގެ ގޮތުގައި 80ރ. ބަހަން ހުށަހަޅަނީ
އެސްޓީއޯ އަށް 800 މިލިއަން ރުފިޔާގެ ފައިދާއެއް
ހޮޓަލުގެ ބަދަލުގައި އެސްޓީއޯއަށް ހުޅުމާލެއިން 2ބިމެއް
އެސްޓީއޯގެ ހިއްސާއަަކަަށް 77ރ. ބަހަން ނިންމައިފި
އޭޖީއެމަށް އެސްޓީއޯއިން ޕޯޓަލްގެސެކިއުރޓީ ވަރުގަދަކޮށްފި
އެސްޓީއޯގެ ހިއްސާއަަކަަށް 77ރ. ބަހަން ނިންމައިފި
އެސްޓީއޯގެ ބޯޑަށް ކުރިމަތިލާން ހުޅުވާލައިފި