Roadha Mihaaru
މުދާ ހުސްވީ ސަޕްލަޔަރުން އަތުން ތަކެތި ނުލިބުމުން

ސުޕަމާޓުން މުދާ ހުސްވީ ސަޕްލަޔަރުންގެ އަތުން ތަކެތި ނުލިބުމުން: އެސްޓީއޯ

15 މާޗް 2021

އެސްޓީޢޯ ސުޕަމާޓުން ގިނަ އަދަދެއްގެ ތަކެތި ހުސްވެ، ސްޓޮކް އާ ނުކުރެވި ވަނީ ލޯކަލް ސަޕްލަޔަރުން އަތުން ތަކެތި ނުލިބުމުން ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު މިއަދު ވިދާޅުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

އެސްޓީޢޯ ސުޕަމާޓުން ގިނަ އަދަދެއްގެ ތަކެތި ހުސްވެ، ސްޓޮކް އާ ނުކުރެވި ވަނީ ލޯކަލް ސަޕްލަޔަރުން އަތުން ތަކެތި ނުލިބުމުން ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު މިއަދު ވިދާޅުވެއްޖެ އެވެ.

އޭނާ ވިދާޅުވީ، ސުޕަމާޓުން މިދިޔަ ދެ ހަފުތާގައި މުދާތައް ހުސްވެ ތަކެތި ހޯދުމަށް ދަތިވީ އެ މައްސަލަ ކުރިމަތިވުމުން ކަމަށެވެ.

"މިހާރު ޕްރޮސީޖާ ތައް ބަދަލު ކޮށްގެން އެކަން ހައްލު ވެއްޖެ. މިހާރު މުދާ ވެސް ހުންނާނެ،" އަމްރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި، ސުޕަމާޓު އިތުރަށް ފުޅާކުރުމުގެ ވިސްނުމެއް އެސްޓީއޯއަކުން ނުގެންގުޅެ އެވެ. އަދި ވިދާޅުވީ، މިހާރު ވެސް ހިންގާ އުސޫލުން އެތަނަށް މުދާ ގެނެސްގެން ވިއްކާނެ ކަމަށެވެ.

އެސްޓީއޯއިން ސުޕަމާޓަށް ގިނައިން މުދާ ހޯދަނީ ރާއްޖޭގެ ލޯކަލް ސަޕްލަޔަރުން މެދުވެރިކޮށެވެ. އެކަމަކު، ޑެވޮންޑޭލް މިލްކު ފަދަ ތަކެތި އަދި ވެސް ރާއްޖެ އަށް ގެނެސް ސުޕަމާޓުގައި ވިއްކަ އެވެ.

އެސްޓީއޯ އިން މިދިޔަ ހަފުތާގައި ޑޮވެންޑޭލް މިލްކް ވިއްކީ ލިމިޓް ކޮށްގެންނެވެ. މިގޮތަށް ދިމާވީ ސްކޫލުތަކުގެ ނާސްތާ ޕްރޮގްރާމަށް ތަކެތި ދޭން ޖެހުމުގެ ސަބަބުން ކަމަށް އަމްރު ވިދާޅުވި އެވެ.

އާންމު ގޮތެއްގައި ޑޮވެންޑޭލް ފަދަ ބްރޭންޑްތަކުން ތަކެތި ގެންނަން ހަތަރު މަސް ދުވަސް ނަގާ ކަމަށް އޭނާ ވިދާޅުވި އެވެ.