26 މާޗް 2023
އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު، ހުސެއިން އަމްރު އެ މަގާމުން ވަކިކޮށްފި އެވެ.
އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު، ހުސެއިން އަމްރު އެ މަގާމުން ވަކިކޮށްފި އެވެ.
އެސްޓީއޯ އިން ބުނީ އެ ކުންފުނީގެ ސީއީއޯ އަދި އެމްޑީގެ މަގާމުގައި ހުންނެވި އަމްރު އެ މަގާމުން ވަކިކޮށް ވަގުތީ ގޮތުން އެ ކުންފުނި ހިންގުމާ ސީއެފްއޯ މުހައްމަދު ނިޒާމް ހަވާލުވެފައިވާ ކަމަށެވެ.
އޭނާ މަގާމުން ވަކި ކުރަން ނިންމި ސަބަބާ ގުޅޭ ގޮތުން ރައީސް އޮފީހުން ބުނީ އެއީ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރަން ދޭތެެރެއަކުން ސަރުކާރުން ގެންނަ ބަދަލެއް ކަމަށެވެ.
ސަރުކާރު ހިއްސާވާ ކުންފުންޏެއްގެ އިސް ވެރިއެއްގެ ގޮތުގައި ހުންނަވައި އަމްރު ވަނީ ސަރުކާރާ ދެކޮޅަށް ނުކުންނަވައިފަ އެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ އެކު ކެމްޕެއިން ކުރެއްވުމަށް ފަހު އެ އިންތިހާބުން ރައީސް ކާމިޔާބު ކުރުމުން ވެސް އަމްރު ހުންނެވީ ނަޝީދާ އެކު އެވެ.
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ވާދަކުރާ ޕާޓީއަކުން ކެންޑިޑޭޓަކު ނެރެން ތާއީދުކުރައްވައި، މެނިފެސްޓޯ އެކުލަވާލުމުގެ ވާހަކަތައް ދެއްކެވި އެ ބައްދަލުވުމާ ގުޅޭ ގޮތުން ވެސް އަމްރަށް ފާޑުކިއުން އަމާޒުވި އެވެ. ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ރިޔާސީ ކެންޑިޑޭޓުގެ ގޮތުގައި ނުކުންނަވައި ރަނިން މޭޓަކަށް "ފިކުރެއްގެ ދިރުން" ބޭފުޅަކު ހަމަޖެއްސުމުގެ ވިސްނުންތަކެއް ގެންގުޅޭ ކަމަށް ވެސް ވަނީ އަޑު ފެތުރިފަ އެވެ.
ސިޔާސީ ގޮތުން އަމްރު ގެންގުޅުއްވާ ވިސްނުމާ ހެދި މަގާމުން ގެއްލުނުއިރު، މިހާތަނަށް އެ ނިންމެވުމާ ގުޅޭ ގޮތުން އަމްރު ވާހަކައެއް ނުދައްކަވަ އެވެ.
ނަޝީދުގެ މަރުހަބާ އާއި ޝުކުރު އަމްރު އަށް
މަގާމުތަކުގައި ތިބި ބައެއްބޭފުޅުން އެމްޑީޕީން ވަކިވެއްޖެ
ޓްރާންސްޕޯޓްގެ ޑެޕިއުޓީ މިނިސްޓަރު ހަމަދު އެމްޑީޕީއަށް
ވާދަވެރި ކެންޑިޑޭޓުގެ ކެމްޕޭން ވެސް ސަރުކާރު ތެރެއިން؟
ފިޝަރީޒްގެ އެގްޒެކެޓިވް ޑިރެކްޓަރަކަށް ޗިކާ
ގޯސްތައް ދައްކަވައި އަމްރު ވިދާޅުވީ އިސްލާހުނުވި ކަމަށް
އަމްރު މަގާމުން ވަކިކުރަން ޕީސީބީއަށް ފޮނުވައިފި
އަމްރުގެ އިންޓަވިއު ކެންސަލެއް ނުކުރޭ، ރީޝެޑިއުލްކުރީ
ނަޝީދުގެ ރައްދު ރައީސްގެ ފެކްޝަނަށާއި ނިޒާރަށް!
ގާސިމްގެ ރައްދު: ރައީސް ވެސް އިސްތިއުފާ ދޭން ޖެހޭނެ