މި ސަރުކާރު ވެރިކަމަށް ގެންނަން ޖުމްހޫރީ ޕާޓީން މަސައްކަތްކުރީ ފަސް އަހަރުގެ މުއްދަތަކަށް ކަމަށް ވާތީ، މި ދައުރު ނިމުމުގެ ކުރިން ކޯލިޝަންގެ ތެރެެއިން އެ ޕާޓީއަށް ދީފައިވާ ސްލޮޓްތައް ހުސްކުރާ ނަމަ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް އިސްތިއުފާ ދެއްވަން ޖެހޭނެ ކަމަށް ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.
15 މާޗް 2023
މި ސަރުކާރު ވެރިކަމަށް ގެންނަން ޖުމްހޫރީ ޕާޓީން މަސައްކަތްކުރީ ފަސް އަހަރުގެ މުއްދަތަކަށް ކަމަށް ވާތީ، މި ދައުރު ނިމުމުގެ ކުރިން ކޯލިޝަންގެ ތެރެެއިން އެ ޕާޓީއަށް ދީފައިވާ ސްލޮޓްތައް ހުސްކުރާ ނަމަ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް އިސްތިއުފާ ދެއްވަން ޖެހޭނެ ކަމަށް ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.
އަންނަ ރިޔާސީ އިންތިހާބުގައި ޖޭޕީން ވަކިން ވާދަކުރަން ނިންމާފައި ވާތީ، މި ސަރުކާރު ހިންގާ ކޯލިޝަނުން ޖޭޕީ ބޭރުކޮށް، ސަރުކާރުގެ މަގާމުތަކުގައި ތިއްބެވި އެ ޕާޓީގެ ބޭފުޅުން މަގާމުން ވަކި ކުރުމަށް އެމްޑީޕީގެ ބައެއް މެމްބަރުން ގޮވާލައިފައި ވާތީ އެކަމަށް ރައްދުދެއްވައި، މިއަދުގެ މަޖިލިސް ޖަލްސާގައި ގާސިމް ވިދާޅުވީ އެގޮތަށް އެކަން ނުކުރެވޭނެ ކަމަށެވެ.
ގާސިމް ވިދާޅުވި ގޮތުގައި، މިހާރު އޮތް ކޯލިޝަން ވެރިކަމަށް ގެންނަން މަސައްކަތް ކުރީ އެއްބަސްވުމެއްގެ ދަށުންނެވެ. އެ އެއްބަސްވުމަކީ މި އަހަރުގެ ނޮވެމްބަރު މަހުގެ 18 ވަނަ ދުވަހާ ހަމައަށް، ކޯލިޝަންގެ ތެރެއިން އެ ޕާޓީއަށް ދީފައިވާ ސްލޮޓްތައް ދެމެހެއްޓުމެވެ. އެހެންވެ، މި ދައުރު ނިމުމުގެ ކުރިން ޖޭޕީގެ އެއްވެސް ބޭފުޅަކު ސަރުކާރުން އިސްތިއުފާ ނުދެެއްވުމަށް ގާސިމް ދެންނެވި އެވެ.
"އެހެންކަމަށް ވަންޏާ [ސްލޮޓްތައް އަތުލާ ނަމަ] ރައީސުލްޖުމްހޫރިއްޔާ ވެސް ޖެހޭނީ އިސްތިއުފާ ދެއްވާށޭ. އެހެން ނޫން ކަމަށް ވަންޏާ އަޅުގަނޑު ދަންނަވާލަން ޖުމްހޫރީ ޕާޓީއަށް މަގާމުތަކެއް ދެއްވާފައި ވަނީ އެއްވެސް މީހެއްގެ ތަރިކަ މުދަލަކުން ނޫން،" ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ، ޖޭޕީގެ މެމްބަރުން ސަރުކާރުގައި މިހާރު ތިބުމަކީ "ލަދުވެތި" ކަމެއް ކަމަށް އެމްޑީޕީން ބުންޏަސް، މި ކޯލިޝަނުގެ އެއްބަސްވުމުގައިވާ ގޮތަށް އެ ޕާޓީއަށް ދޭން ބުނި މިންވަރަށް ސަރުކާރުގެ ހިއްސާ ވެސް ނުދޭ ކަމަށެވެ.
މި އަހަރުގެ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓަކު ނެރެ، އެ ޕާޓީން އިސްވެ އޮވެ ޕާޓީތަކާއެކު ކޯލިޝަނަކުން ވާދަކުރަން ކައުންސިލްގެ އިއްތިފާގުން ރޭ ވަނީ ފާސްކޮށްފަ އެވެ. އެއާއެކު، މި ސަރުކާރުގެ އެކި މަގާމުތަކުގައި މިހާރު ތިއްބެވި ޖޭޕީގެ ބޭފުޅުން ވަގުތުން އިސްތިއުފާދޭން ޖެހޭ ކަމަށް ބުނާ އަޑުތައް ވަނީ ގަދަވެފަ އެވެ.
ދެވަނަ ބުރަށް ރައީސާއި ގާސިމް އަދިވެސް މަޝްވަރާގައި
ކޯލިޝަންގެ މަޝްވަރާއަށް ގާސިމްގެ އަރިހަށް ރައީސް
ގާސިމްއާ ބައްދަލުކުރައްވަން ރައީސް ސަން އައިލެންޑަށް
ޖޭޕީ އިން ބުނަނީ ކޯލިޝަނެއް މިހާރު ނެތޭ!
ވާދަވެރި ކެންޑިޑޭޓުގެ ކެމްޕޭން ވެސް ސަރުކާރު ތެރެއިން؟
މި ހުރީ ޖޭޕީގެ ނިންމުން ތަންފީޒު ކުރުމުގައި ސާބިތުވެ
"ގާސިމްގެ ފަހަރު" ކަމަށް ދައްކަނީ މި ފޯމިއުލާއިން!
ރައީސްގެ މަންދޫބަކު އަނެއްކާވެސް ގާސިމްގެ އަރިހަށް!
"ގާސިމް ވާދަކުރުމަކީ ރައީސަށް ގޮންޖެހުމެއް ނޫން"
ގާސިމް ގޮތް ނިންމާނީ މަސްލަހަތަށް ވިސްނާފައި: އިމްރާން