13 ސެޕްޓެމްބަރ 2023
މި މަހުގެ 30 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރަށް ކޯލިޝަން ހެދުމާ ގުޅޭ ގޮތުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްއާ އެކު މަޝްވަރާއަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ސަން އައިލެންޑް ރިސޯޓަށް މިއަދު ވަޑައިގަންނަވަން ނިންމަވައިފި އެވެ.
މި މަހުގެ 30 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރަށް ކޯލިޝަން ހެދުމާ ގުޅޭ ގޮތުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްއާ އެކު މަޝްވަރާއަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ސަން އައިލެންޑް ރިސޯޓަށް މިއަދު ވަޑައިގަންނަވަން ނިންމަވައިފި އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް މިއަދު މެންދުރުފަހު 1:00 ގައި ސަން އައިލެންޑަށް ވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުން 5،460 ވޯޓު ހޯއްދެވި ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް ގާސިމް އިބްރާހިމް މިހާތަނަށް ކޯލިޝަނާ ގުޅޭ ގޮތުން ގޮތެއް ނުނިންމަވަ އެވެ.
އެކަމަކު އޭނާ ވަނީ ކޯލިޝަން ހެދުމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ރަނިންމޭޓް ހުސެއިން މުހައްމަދު ލަތީފާއި އެ ޕާޓީގެ އިސް ބައެއް ބޭފުޅުންނާ ރޭ ސަން އައިލެންޑްގައި ބައްދަލުކުރައްވައިފަ އެވެ.
ރައީސް އާއި ގާސިމް މިއަދު ބައްދަލުކުރައްވާއިރު، ޖުމްހޫރީ ޕާޓީ އަކީ ކޯލިޝަންގެ މި ސަރުކާރު ގެނައުމަށް އަދި މިހާރު ވެސް ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕާޓީއެކެވެ. ނަމަވެސް، ކެމްޕެއިން ތެރޭގައި ގާސިމް ވަނީ ރައީސަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ސަރުކާރު ބަދަލުކުރަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ.
މިފަހަރުގެ އިންތިހާބުގައި ޖުމްހޫރީ ޕާޓީއަށް ގާސިމް އުއްމީދުކުރިވަރާ ގާތަށް ވެސް ވޯޓެއް ނުލިބެ އެވެ. އެކަމަކު އެ ޕާޓީއަކީ މީގެ ކުރިން އިންތިހާބުތައް ކާމިޔާބުކުރަން މުހިއްމު ދައުރެއް އަދާކުރާ ޕާޓީއެކެވެ. މިފަހަރު އިންތިހާބުގައި ލިބުނު ނާކާމިޔާބީއާ އެކު ޖޭޕީގެ މައްޗަށް، އަލަށް އުފެއްދި ޕާޓީތަކުން ވަނީ ކުރި ހޯދައިފަ އެވެ.
މި އިންތިހާބުގައި ޖޭޕީއަށް ތިން ވަނައަށް އެންމެ ގިނަ ވޯޓު ނުލިބުނަސް 2008 ވަނަ އަހަރާއި 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ކާމިޔާބު ހޯދީ ޖުމްހޫރީ ޕާޓީން ތާއިދުކުރި ކެންޑިޑޭޓުންނެވެ.
އެންމެފަހުން 2018 ވަަނަ އަހަރު ބޭއްވި އިންތިހާބުގައި ރައީސްގެ ރަނިންމޭޓެއްގެ ގޮތުގައި ނެރުނީ ޖުމްހޫރީ ޕާޓީގެ ފައިސަލް ނަސީމެވެ.
ޖުމްހޫރީ ޕާޓީގެ އިތުރުން، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ "ދަ ޑިމޮކްރެޓްސް" ޕާޓީ އާއި ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމްގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫންއާ އެކު ވެސް ރައީސް ގެންދަވަނީ ކޯލިޝަންގެ މަޝްވަރާތައް ކުރަމުންނެވެ. ރައީސް ވިދާޅުވީ ކޯލިޝަން ހެދުމަށް މަޝްވަރާކުރުމަށް ހުރިހާ ފަރާތަކަށް ވެސް ވަނީ ހުޅުވާލާފައި ކަމަށާއި ގޮތް ނިންމާނީ ޕާޓީތަކުން ކަމަށެވެ.
ތިންވަނައަށް އެންމެ ގިނަ ވޯޓު ހޯދި "ދަ ޑިމޮކްރެޓްސް"ގެ ގިނަ މެންބަރުން ވަނީ ރައީސްއާ އެކު ކޯލިޝަން ހަދަން ނުފެންނަ ކަމަށް ބުނެފަ އެވެ. ނަމަވެސް، ރަސްމީކޮށް އަދި ގޮތެއް ނުނިންމަ އެވެ.
ދެވަނަ ބުރަށް ރައީސާއި ގާސިމް އަދިވެސް މަޝްވަރާގައި
ކޯލިޝަންގެ މަޝްވަރާއަށް ގާސިމްގެ އަރިހަށް ރައީސް
ޖޭޕީ އިން ބުނަނީ ކޯލިޝަނެއް މިހާރު ނެތޭ!
މި ހުރީ ޖޭޕީގެ ނިންމުން ތަންފީޒު ކުރުމުގައި ސާބިތުވެ
"ގާސިމްގެ ފަހަރު" ކަމަށް ދައްކަނީ މި ފޯމިއުލާއިން!
ރައީސްގެ މަންދޫބަކު އަނެއްކާވެސް ގާސިމްގެ އަރިހަށް!
"ގާސިމް ވާދަކުރުމަކީ ރައީސަށް ގޮންޖެހުމެއް ނޫން"
ގާސިމްގެ ރައްދު: ރައީސް ވެސް އިސްތިއުފާ ދޭން ޖެހޭނެ
ގާސިމް ގޮތް ނިންމާނީ މަސްލަހަތަށް ވިސްނާފައި: އިމްރާން
ރައީސްގެ ބައްދަލުވުމާ ގުޅޭގޮތުން ގާސިމް ވާހަކަނުދެއްކެވި