01 މާޗް 2023
ރިޔާސީ އިންތިހާބާ ގުޅޭގޮތުން ރައީސް، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހާ އެކު ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ބައްދަލުކުރެއްވި ނަމަވެސް، ދެކެވުނު ވާހަކަތަކުގެ ތަފްސީލް ދެއްވަން ގާސިމް ދެކޮޅުހައްދަވައިފި އެވެ.
ރިޔާސީ އިންތިހާބާ ގުޅޭގޮތުން ރައީސް، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހާ އެކު ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ބައްދަލުކުރެއްވި ނަމަވެސް، ދެކެވުނު ވާހަކަތަކުގެ ތަފްސީލް ދެއްވަން ގާސިމް ދެކޮޅުހައްދަވައިފި އެވެ.
މި ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ ޖޭޕީގެ ލީޑަރު ގާސިމާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރައީސް އޮފީހުގައި ބައްދަލުކުރައްވާފައި ވާއިރު މި އަހަރުގެ ރިޔާސީ އިންތިހާބަށް ގާސިމާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެކުގައި ނުކުމެވަޑައިގަންނަވާ ވާހަކަތައް ވަނީ ފެތުރިފަ އެވެ.
އެ އަޑުތައް ގަދަވެފައި ވަނިކޮށް ރައީސާ އެކު ބޭއްވި ބައްދަލުވުމަށް ފަހު، ރައީސް އޮފީހުން ގާސިމް ނުކުމެވަޑައިގަތުމުން ނޫސްވެރިން ވަނީ އެ ބައްދަލުވުމާއި އަދި އިންތިހާބާ ގުޅޭގޮތުން، ގާސިމާ ސުވާލުކޮށްފަ އެވެ. މާމިގިލީ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ ގާސިމް އެއިން އެއްވެސް ސުވާލަކަށް ސާފު ޖަވާބެއް ނުދެއްވި އެވެ.
ރައީސާ އެކު ބޭއްވި ބައްދަލުވުމަށް ފަހު، ގާސިމް ނޫސްވެރިންނާ ވާހަކަދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
ރައީސާ އެކު ބައްދަލުވުން ދިޔައީ ކިހިނެއްތޯ ނޫސްވެރިޔަކު ސުވާލު ކުރުމުން ހިނިފުޅުވަޑުވަމުން ވިދާޅުވީ "ބައްދަލުވުން ދިޔައީ ކުރިއަށް" ކަމަށެވެ. މިހާރު އޮތީ ކޯލިޝަން ސަރުކާރެއް ކަމަށާއި ކޯލިޝަނާ ގުޅޭގޮތުން މަޝްވަރާކުރެއްވި ކަމަށް އޭނާ ވިދާޅުވި އެވެ.
އެ ބައްދަލުވުމުގައި ރައީސާ އެކު ކޯލިޝަނެއް ހަދަން ނިންމުމާ ގުޅޭގޮތުން ގާސިމް ވިދާޅުވީ އޭނާ އަކީ ވެސް ޕާޓީއެއްގެ ލީޑަރެއް ކަމަށާއި ކުރިއަށް ދާނީ ޕާޓީން ނިންމާ ނިންމުންތަކާ އެއްގޮތަށް ކަމަށެވެ. ކޯލިޝަނާ ގުޅޭގޮތުން ރައީސަށް ހުށަހެޅުއްވި ކަންތައްތަކާ ގުޅޭގޮތުން ސުވާލުކުރުމުން އެއިން އެއްވެސް ކަމަށް ޖަވާބެއް ނުދެއްވަ އެވެ.
ޖޭޕީން މިދިޔަ ހަފުތާގައި ބޭއްވި ކޮންގްރެސް އިން ވަނީ ޖޭޕީން ވަކިން އިންތިހާބުގައި ވާދަކުރަން ގޮވާލައި ހުށަހެޅި ގަރާރު ފާސްކޮށްފަ އެވެ. ނަމަވެސް، އެއީ އަމަލުކުރުން ލާޒިމް ގަރާރެއް ނޫނެވެ. އެކަމާ މެދު އަމަލުކުރާނެ ގޮތެއް ނިންމާނީ ޕާޓީގެ ކައުންސިލުންނެވެ.
ރައީސާއެކު ބޭއްވި ބައްދަލުވުމަށްފަހު، ގާސިމް ކާރަށް އަރައިވަޑައިގަތުމަށް ވަޑައިގަންނަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
ނަމަވެސް، ގާސިމް ވިދާޅުވީ އިންތިހާބުގައި ވަކިން ވާދަކުރުމާ މެދު އޭނާ އަދި ވަކި ގޮތެއް ނުނިންމާ ކަމަށެވެ.
"ސިޔާސީ ވާހަކައެއްގެ ތެރޭގައި އަޅުގަނޑުމެންގެ ކޯލިޝަނެއް އޮންނާނެތޯ ނޯންނާނެތޯ، މިކަމާ ބެހޭގޮތުން ވާހަކަދެއްކި. އޭގައި ދެން އިތުރަކަށް އަޅުގަނޑުމެން މިވެނިހެންނޭ ނިންމީ، އެވެނިހެންނޭ ނެތް އަޅުގަނޑަށް ހާމަކުރެވޭކަށް." ގާސިމް ވިދާޅުވި އެވެ.
ގާސިމް ރައީސް ކަމަށް ވާދަކުރައްވައި ރަނިން މޭޓަކަށް ނަޝީދު ގެންނަވަން އުޅޭކަމުގެ އަޑުތަކާ ގުޅޭގޮތުން ސުވާލުކުރުމުން ގާސިމް ވިދާޅުވީ މީހުން އެކި ވާހަކަތައް ދައްކާނެ ކަމަށާއި "އަނބު މޫސުމުގައި ގަސް ދޮށަށް ވާ" އަންނާނެ ކަމަށެވެ. ރަނިން މޭޓަކަށް ނަޝީދު ހުށަހެޅުއްވިކަން އެނގިވަޑައިނުގަންނަވާ ކަމަށާއި އެކަމާ ގުޅޭގޮތުން އަދި އެއްވެސް މަޝްވަރާއެއް ނުކުރައްވާ ކަމަށް ގާސިމް ވިދާޅުވި އެވެ.
އިންތިހާބުގައި ވާދަކުރުމަށް ޝައުގުވެރިވޭތޯ ސުވާލުކުރުމުން އެކަމާ ގުޅޭގޮތުން އެއްވެސް ޖަވާބެއް ޖަވާބެއް ނުދެއްވަ އެވެ.
އަންނަ ސެޕްޓެމްބަރު މަހު ބާއްވާ އިންތިހާބުގައި ވާދަކުރައްވާނެކަން މިހާތަނަށް އިއުލާނުކުރައްވާފައިވަނީ ރައީސާއި އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމާއި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރެވެ. މި ސަރުކާރުގެ ކޯލިޝަން ޕާޓްނަރެއްގެ ގޮތުގައި މިހާރު ވެސް ހުރި އަދާލަތުން ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދެ ވަނަ ދައުރެއް ދޭން ތާއިދުކުރަން ނިންމައިފަ އެވެ. އޭގެ އިތުރުން، ވިޔަފާރިވެރިޔާ އަހުމަދު ޝިޔާމްގެ އެމްޑީއޭއިން ވެސް ނިންމާފައިވަނީ ރައީސާއެކު ކޯލިޝަން ހަދާށެވެ.
ދެވަނަ ބުރަށް ރައީސާއި ގާސިމް އަދިވެސް މަޝްވަރާގައި
ކޯލިޝަންގެ މަޝްވަރާއަށް ގާސިމްގެ އަރިހަށް ރައީސް
ގާސިމްއާ ބައްދަލުކުރައްވަން ރައީސް ސަން އައިލެންޑަށް
ޖޭޕީ އިން ބުނަނީ ކޯލިޝަނެއް މިހާރު ނެތޭ!
މި ހުރީ ޖޭޕީގެ ނިންމުން ތަންފީޒު ކުރުމުގައި ސާބިތުވެ
"ގާސިމްގެ ފަހަރު" ކަމަށް ދައްކަނީ މި ފޯމިއުލާއިން!
ރައީސްގެ މަންދޫބަކު އަނެއްކާވެސް ގާސިމްގެ އަރިހަށް!
"ގާސިމް ވާދަކުރުމަކީ ރައީސަށް ގޮންޖެހުމެއް ނޫން"
ގާސިމްގެ ރައްދު: ރައީސް ވެސް އިސްތިއުފާ ދޭން ޖެހޭނެ
ގާސިމް ގޮތް ނިންމާނީ މަސްލަހަތަށް ވިސްނާފައި: އިމްރާން