13 ސެޕްޓެމްބަރ 2023
މި މަހުގެ ބާއްވާ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި ކޯލިޝަން ހެދުމާ ގުޅޭގޮތުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްއާ އެކު މަޝްވަރާ ކުރައްވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ސަން އައިލެންޑް ރިސޯޓަށް މިއަދު ވަޑައިގެންފި އެވެ.
މި މަހުގެ ބާއްވާ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި ކޯލިޝަން ހެދުމާ ގުޅޭގޮތުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްއާ އެކު މަޝްވަރާ ކުރައްވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ސަން އައިލެންޑް ރިސޯޓަށް މިއަދު ވަޑައިގެންފި އެވެ.
ވިލާ އެއާގެ ފްލައިޓެއްގައި މާމިގިލީ އެއާޕޯޓަށް ރައީސް ވަޑައިގަތުމުން އެމަނިކުފާނަށް މަރުހަބާ ދެންނެވީ ގާސިމެވެ. ދެ ބޭފުޅުން އެކުގައި މިހާރު ވަނީ ސަން އައިލެންޑް ރިސޯޓަށް ވަޑައިގެންފަ އެވެ. އެމްޑީޕީގެ އިސް ބޭފުޅުންނާ އެކު ރައީސް ބާއްވަވާ އެ ބައްދަލުވުމުގައި ޖުމްހޫރީ ޕާޓީގެ ލީޑަޝިޕްގެ ބޭފުޅުން ވެސް ބައިވެރިވެވަޑައިގަންނަވަ އެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުން 5،460 ވޯޓު ހޯއްދެވި ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް ގާސިމް އިބްރާހިމް މިހާތަނަށް ކޯލިޝަނާ ގުޅޭގޮތުން ގޮތެއް ނުނިންމަވަ އެވެ.
ރައީސަށް ގާސިމް މިއަދު މަރުހަބާ ދަންނަވަނީ --- ފޮޓޯ/މިހާރު
އެކަމަކު އޭނާ ވަނީ ކޯލިޝަން ހެދުމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ރަނިންމޭޓް ހުސެއިން މުހައްމަދު ލަތީފާއި އެ ޕާޓީގެ އިސް ބައެއް ބޭފުޅުންނާ ވެސް ރޭ ސަން އައިލެންޑްގައި ބައްދަލުކުރައްވައިފަ އެވެ.
ރައީސާއި ގާސިމް މިއަދު ބައްދަލު ކުރައްވާއިރު، ޖުމްހޫރީ ޕާޓީއަކީ މި ސަރުކާރު ގެނައުމަށް 2018 ވަނަ އަހަރު ހެދި ކޯލިޝަންގެ ބައިވެރިއެކެވެ. ނަމަވެސް ކެމްޕެއިން ތެރޭގައި ގާސިމް ވަނީ ރައީސަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ސަރުކާރު ބަދަލުކުރަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ.
އިންތިހާބުގައި ޖުމްހޫރީ ޕާޓީއަށް އުއްމީދުކުރިވަރާ ގާތަށް ވެސް ވޯޓެއް ނުލިބެ އެވެ. އެކަމަކު އެ ޕާޓީއަކީ މީގެ ކުރިން އިންތިހާބުތައް ކާމިޔާބު ކުރަން މުހިއްމު ދައުރެއް އަދާކުރާ ޕާޓީއެކެވެ. މިފަހަރު އިންތިހާބުގައި ލިބުނު ނާކާމިޔާބީއާ އަލަށް އުފެއްދި ޕާޓީތަކުން ވަނީ ޖޭޕީގެ މައްޗަށް ކުރި ހޯދައިފަ އެވެ.
ރައީސް މިއަދު މާމިގިލި އެއާޕޯޓުގައި މީހުންނާ ސަލާމް ކުރައްވަނީ --- ފޮޓޯ/މިހާރު
އެންމެފަހުން 2018 ވަަނަ އަހަރު ބޭއްވި އިންތިހާބުގައި ރައީސްގެ ރަނިންމޭޓެއްގެ ގޮތުގައި ނެރުނީ ޖުމްހޫރީ ޕާޓީގެ ފައިސަލް ނަސީމެވެ.
ޖުމްހޫރީ ޕާޓީގެ އިތުރުން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ "ދަ ޑިމޮކްރެޓްސް" ޕާޓީ އާއި ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމްގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫންއާ އެކު ވެސް ރައީސް ގެންދަވަނީ ކޯލިޝަންގެ މަޝްވަރާތައް ކުރަމުންނެވެ. ރައީސް ވިދާޅުވީ ކޯލިޝަން ހެދުމަށް މަޝްވަރާ ކުރުމަށް ހުރިހާ ފަރާތަކަށް ވެސް ވަނީ ހުޅުވާލާފައި ކަމަށާއި އަދި ގޮތް ނިންމާނީ ޕާޓީތަކުން ކަމަށެވެ. ތިންވަނައަށް އެންމެ ގިނަ ވޯޓު ހޯދި "ދަ ޑިމޮކްރެޓްސް" ގެ ގިނަ މެންބަރުން ވަނީ ރައީސްއާ އެކު ކޯލިޝަން ހަދަން ނުފެންނަ ކަމަށް ބުނެފަ އެވެ. ނަމަވެސް، ރަސްމީކޮށް އަދި ގޮތެއް ނުނިންމަ އެވެ.
ދެވަނަ ބުރަށް ރައީސާއި ގާސިމް އަދިވެސް މަޝްވަރާގައި
ގާސިމްއާ ބައްދަލުކުރައްވަން ރައީސް ސަން އައިލެންޑަށް
ޖޭޕީ އިން ބުނަނީ ކޯލިޝަނެއް މިހާރު ނެތޭ!
މި ހުރީ ޖޭޕީގެ ނިންމުން ތަންފީޒު ކުރުމުގައި ސާބިތުވެ
"ގާސިމްގެ ފަހަރު" ކަމަށް ދައްކަނީ މި ފޯމިއުލާއިން!
ރައީސްގެ މަންދޫބަކު އަނެއްކާވެސް ގާސިމްގެ އަރިހަށް!
"ގާސިމް ވާދަކުރުމަކީ ރައީސަށް ގޮންޖެހުމެއް ނޫން"
ގާސިމްގެ ރައްދު: ރައީސް ވެސް އިސްތިއުފާ ދޭން ޖެހޭނެ
ގާސިމް ގޮތް ނިންމާނީ މަސްލަހަތަށް ވިސްނާފައި: އިމްރާން
ރައީސްގެ ބައްދަލުވުމާ ގުޅޭގޮތުން ގާސިމް ވާހަކަނުދެއްކެވި