23 މާޗް 2023
މި ސަރުކާރުގެ އެކި މަގާމުތަކަށް އެމްޑީޕީގެ ސްލޮޓްގައި އައްޔަން ކޮށްފައިވާ މީހުން އަމިއްލަ އަށް އިސްތިއުފާ ދޭން ނުޖެހޭނެ ކަމަށާއި އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އެ މީހުން މަގާމުތަކުން ވަކި ވެސް ނުކުރެވޭނެ ކަމަށް ވިދާޅުވެ، ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ރައްދު ދެއްވައިފި އެވެ.
މި ސަރުކާރުގެ އެކި މަގާމުތަކަށް އެމްޑީޕީގެ ސްލޮޓްގައި އައްޔަން ކޮށްފައިވާ މީހުން އަމިއްލަ އަށް އިސްތިއުފާ ދޭން ނުޖެހޭނެ ކަމަށާއި އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އެ މީހުން މަގާމުތަކުން ވަކި ވެސް ނުކުރެވޭނެ ކަމަށް ވިދާޅުވެ، ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ރައްދު ދެއްވައިފި އެވެ.
މިދިޔަ ޖެނުއަރީ މަހު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ކުރިމަތިވި ބަލި ގަބޫލު ނުކުރައްވައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ދެކޮޅަށް މަސައްކަތްޕުޅު ކުރައްވާ ނަޝީދުގެ "އަނެއްދިވެހިރާއްޖެ" ޓުވިޓާ އެކައުންޓުން ކުރެއްވި ޓުވީޓެއްގައި ރައްދު ދެއްވީ، މި ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިބި ނަޝީދުގެ ފިކުރުގެ މީހުން ވަކިކުރަން ބާރު އަޅައި ވަރަށް ބޮޑަށް ވާހަކަ ދެއްކެވެމުން ދަނިކޮށެވެ.
ނަޝީދު ވިދާޅުވީ، ސަރުކާރުގެ މަގާމުތަކަކީ ރައީސުލްޖުމްހޫރިއްޔާގެ ޒާތުފުޅުން ދެއްވާ މަގާމުތަކެއް ނޫން ކަމަށެވެ. އަދި މަގާމުތަކުގައި ތިބީ އެމްޑީޕީން ހުށަހެޅި މީހުން ކަމަށް ވިދާޅުވި އެވެ.
"އިސްތިއުފާ ދޭކަށް ނުޖެހޭނެ. އަދި ރައީސުލްޖުމްހޫރިއްޔާ އަށް އެ ބޭފުޅުން ވަކި ވެސް ނުކުރެވޭނެ. އެ ބޭފުޅުންނަކީ ވަޒީފާ ގެއްލިދާނެތީ ޒަމީރު ގުރުބާން ކުރާނެ ބައެއް ނޫން،" މި ސަރުކާރުގައި ތިބި ނަޝީދުގެ "ފިކުރެއްގެ ދިރުން" ގެ މީހުންގެ ދިފާއުގައި އެ މަނިކުފާނު ވިދާޅުވި އެވެ.
ނަޝީދު އެހެން ވިދާޅުވިޔަސް ސިޔާސީ މަގާމުތަކަށް ރައީސް ބޭފުޅުން އައްޔަން ކުރައްވަނީ ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ ދަށުން ކަމަށް ވާތީ އެ ބޭފުޅުން އައްޔަން ކުރެއްވުމާއި ވަކިކުރެއްވުމަކީ އެ މަނިކުފާނަށް ގާނޫނުއަސާސީން ލިބިވަޑައިގަންނަވާ ބާރެކެވެ.
މި ސަރުކާރުގެ ސިޔާސީ މަގާމުތަކުގަ އާއި ބައެއް ކުންފުނިތަކުގައި އިސްކޮށް ތިއްބެވި ބައެއް ބޭފުޅުން ވަނީ ރިޔާސީ އިންތިހާބަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދޫކުރައްވައި ނަޝީދުގެ ފަޅިއަށް ފާޅުގައި އަރާވަޑައިގެން އަމަލީ ގޮތުން މަސައްކަތް ފައްޓަވައިފަ އެވެ. އެހެންވެ، އެ ބޭފުޅުން މަގާމުން ވަކިކުރެއްވުމުގެ ޕްރެޝަރުތަކެއް ވެސް ރައީސަށް އެކި ދިމަދިމާލުން ކުރިމަތި ކުރާ ވާހަކަތައް ދެއްކެވެ އެވެ. ނަމަވެސް މިހާތަނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެއްވެސް ފިޔަވަޅެއް ނާޅުއްވަ އެވެ.
އިސްތިއުފާ ދޭކަށް ނުޖެހޭނެ. އަދި ރައީސުލްޖުމްހޫރިއްޔާ އަށް އެ ބޭފުޅުން ވަކި ވެސް ނުކުރެވޭނެ. އެ ބޭފުޅުންނަކީ ވަޒީފާ ގެއްލިދާނެތީ ޒަމީރު ގުރުބާން ކުރާނެ ބައެއް ނޫން،" --- ނަޝީދު
ނަޝީދު މިރޭ ވަނީ އައްޑޫގެ މޭޔަރު އަލީ ނިޒާރަށް ވެސް ޓުވިޓާގައި ރައްދު ދެއްވައިފަ އެވެ. އެއީ ރައްޔިތުންގެ މަޖިލިހުގެ އައްޑޫގެ ދާއިރާތަކުގެ މެމްބަރުންނާއި ސިޓީ ކައުންސިލްގެ މެމްބަރުން ތިއްބަވާ ގުރޫޕެއްގައި މޭޔަރު ވިދާޅުވި ވާހަކައަކާ ގުޅިގެންނެވެ.
ނަޝީދުގެ ފަޅީގައި ހުންނެވި، ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބަށް އަމާޒު ކުރައްވައި ނިޒާރު އެދިވަޑައިގަތީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދެވަނަ ދައުރެއް ނުދީ، އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓުގެ ވާހަކަ ދެއްކެވެން ނެތް ވާހަކަ ނަޝީދަށް ދަންނަވައި ދެއްވުމަށެވެ. އަދި "ދެ މޫނާއެކު" ދެއްކެވޭ ވާހަކަތަކަށް އިތުބާރު ނުކުރައްވާނެ ވާހަކަ ވެސް ނަޝީދަށް ދަންނަވައި ދެއްވުމަށް އިލްޔާސްގެ އަރިހުން މޭޔަރު އެދިވަޑައިގަތެވެ.
ނިޒާރު ވިދާޅުވިގޮތުގައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އައްޑޫގެ ތަރައްގީ އަށް ކޮށްދެއްވާ ކަންކަން ފުރިހަމަ ވާނީ ރިޔާސީ ދެވަނަ ދައުރެއް ދީގެންނެވެ.
އެ ވާހަކަތަކާ ގުޅިގެން، ވަޓްސްއެޕް ގުރޫޕްގެ ސްކްރީންޝޮޓަކާއެކު ކުރެއްވި ޓުވީޓުގައި ނަޝީދު ވިދާޅުވީ، އައްޑޫގެ ތަރައްގީއަކީ ހަމައެކަނި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދޭ ފުރުސަތާ ގުޅުވައިގެން ނިޒާރު ވާހަކަ ދެއްކެވުމުން ހިތާމަ ކުރައްވާ ކަމަށެވެ.
"މޭޔަރު އެހެން ނުހައްދަވާ. މަނިކުފާނާއި އަޅުގަނޑުގެ ފަހުން ވެސް އައްޑު އާއި ރާއްޖެ އޮންނާނެ،" ނަޝީދު ވިދާޅުވި އެވެ.
އެމްޑީޕީގެ ރިޔާސީ ޓިކެޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދެވަނަ ދައުރަކަށް ދީފައި އޮތަސް ނަޝީދު މިހާރު ގެންދަވަނީ ޖުމްހޫރީ ޕާޓީއާ ގުޅިގެން މި އަހަރުގެ ރިޔާސީ އިންތިހާބަށް މަސައްކަތްޕުޅު ކުރައްވަމުންނެވެ.
އައްޑޫ މީހުން ރައީސަށް ދެވަނަ ދައުރެއް ދޭންޖެހޭ:ނިޒާރު
ކެމްޕެއިނަށް ރައީސް އައްޑުއަށް، ނަޝީދު ލ. އަތޮޅަށް
އައްޑޫގައި ތަރައްގީގެ މަޝްރޫތައް ހިނގާނެ: ނަޝީދު
ޕީޕީއެމްގެ ކެންޑިޑޭޓުންނަށް ވޯޓް ދޭން ޖެހޭ ސަބަބެއް ނެތް: ނަަޝީދު
މަޖިލިސް ކެމްޕޭނަށް ރައީސް އައްޑުއަށް ވަޑައިގަންނަވަނީ
ޕްރައިމަރީއަށް ލީޑާޝިޕުން ނުފޫޒު ފޯރުވި: ނިޒާރު
އައްޑޫ ތަރައްގީ ނުވެ އެހެން ރަށެއް ތަރައްގީއެއްނުވާނެ
އަޅުގަނޑުމެން ވެރިކަމުގެ ލައްޒަތުގައި ނޫޅޭނަން: ނަޝީދު
ނޮވެމްބަރު 17 ގައި ހުރިހާ ލީޑަރުން މިނިވަންވާނެ:އިބޫ
ދެ ރައީސުން ވެސް ގުޅިގެން މަސައްކަތް ކުރަން ބޭނުން