އައްޑޫގައި ތަރައްގީގެ މަޝްރޫއުތައް ނުހިންގައިފިނަމަ، ރާއްޖޭގެ އެއްވެސް ރަށެއް ތަރައްގީވެގެން ނުދާނެ ކަމަށް އައްޑޫގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) ވިދާޅުވެއްޖެ އެވެ.
09 ނޮވެމްބަރ 2018
އައްޑޫގައި ތަރައްގީގެ މަޝްރޫއުތައް ނުހިންގައިފިނަމަ، ރާއްޖޭގެ އެއްވެސް ރަށެއް ތަރައްގީވެގެން ނުދާނެ ކަމަށް އައްޑޫގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) ވިދާޅުވެއްޖެ އެވެ.
އައްޑޫ ސިޓީ ކައުންސިލްގެ ބޭރުގައި ހުންނަވައި މިދިޔަ އަންގާރަ ދުވަހު ދެއްވި އިންޓަވިއުއެއްގައި ސޯބެ ވިދާޅުވީ ވޭތުވެދިޔަ ހަތް އަހަރަކީ އައްޑު އަށް ފަނާކުރުވަނިވި ހަތް އަހަރު ކަމަށެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގެ ތިން އަހަރު އައްޑޫ ރައްޔިތުންނަށް ތަރައްގީ ހޯއްދަވައި ދެއްވި އިރު، އައްޑޫ ރައްޔިތުންގެ އުންމީދަކީ އާ ސަރުކާރުގައި މިކަން ތަކުރާރުވުން ކަމަށް ސޯބެ ވިދާޅުވި އެވެ.
"ރާއްޖޭގެ އެންމެ ގިނަ ވޯޓު، އާބާދީގެ ނިސްބަތުން (އިދިކޮޅު ކޯލިޝަނަށް) ދިން ބަޔަކީ އައްޑޫ. އެހެންވީމަ މިކަން ބޮލާލައި ޖަހައި މި ކޯލިޝަނުން އަޅުގަނޑުމެންގެ ސިޓީއަށް ރަނގަޅު ގޮތެއް ނުވެއްޖެނަމަ، ދެން އަޅުގަނޑުމެންނަށް ގަބޫލެއް ނުކުރެވޭ ރާއްޖޭގެ އެހެން ރަށެއް ތަރައްގީވާނެ ކަމަށް،" ސޯބެ ވިދާޅުވި އެވެ.
އައްޑު އަށް ތަރައްގީ ނުގެނެސްފިނަމަ، މާލެއަށް ދިމާވެފައިވާ ތޮއްޖެހުމަށް އެއްވެސް ލުޔެއް ލިބޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވެސް ސޯބެ ވިދާޅުވި އެވެ. އަދި ރަށްރަށުގައި ދިރިއުޅޭ މީހުން މާލޭގައި ވަޒަންވެރިވަނީ ރަށްރަށުން ލިބެން ޖެހޭ އަސާސީ ހިދުމަތްތައް ނުލިބޭތީ ކަމަށް ސޯބެ ވިދާޅުވި އެވެ.
އައްޑޫން މިސާލު ނަންގަވައި ސޯބެ ވިދާޅުވި ގޮތުގައި، މީގެ ދެ އަހަރު ކުރިން އައްޑޫގައި 33،000 އަށްވުރެ ގިނަ މީހުން ދިރިއުޅެމުންދިޔަ ނަމަވެސް، މިހާރު އެ އަދަދު 31،000 އަށް ދަށްވެފައިވާ ކަމަށެވެ.
މާލެ ފިޔަވައި ރާއްޖޭގެ އެންމެ ވަރުގަދަ ހޮސްޕިޓަލެއް ހުރީ އައްޑޫގައި ކަމަށް ބުނި ކަމުގައިވިޔަސް، ބަލި މީހާ ޑޮކްޓަރަށް ދެއްކީމަ، މާލޭގައި ހުންނަ އައިޖީއެމްއެޗްގެ ޑޮކްޓަރަކަށް ނުވަތަ އިންޑިއާ އަށް ދާން އިރުޝާދު ދޭ ފަހަރު ވެސް އަންނަ ކަމަށް ސޯބެ ވިދާޅުވި އެވެ.
އައްޑޫ ސިޓީގެ ކައުންސިލަރުންނާއެކު، ކުރީގެ ރައީސް ނަޝީދު. --- ފޮޓޯ: އެމްޑީޕީ
އައްޑޫގައި ހުރި މައްސަލަތައް ފާހަގަ ކުރައްވައި ސޯބެ ވިދާޅުވީ އައްޑޫގައި ވަޒީފާގެ ފުރުސަތެއް ލިބެން ނެތް އިރު، ރަނގަޅު ތައުލީމެއް ވެސް ނެތް ކަމަށެވެ. ނަމަވެސް، އާ ސަރުކާރާއެކީގައި އައްޑޫ ރައްޔިތުންނަކީ ފުދުންތެރި ބަޔަކަށް ވާނެ ކަމަށް އެމީހުން އުންމީދު ކުރާ ކަމަށް ސޯބެ ވިދާޅުވި އެވެ.
ލާމަރުކަޒީގެ ގާނޫނަށް އިސްލާހު ގެނެސް، ކައުންސިލްތަކަށް އަލުން ބާރުތައް ފޯރުކޮށްދޭން ޖެހޭ ކަމަށާއި އެކަމަށްޓައި އިދިކޮޅު ކޯލިޝަނުން މަސައްކަތްކޮށް ދެއްވުމަށް ސޯބެ ވަނީ އެދިވަޑައިގެންފަ އެވެ.
އަޅުގަނޑުމެން ވެރިކަމުގެ ލައްޒަތުގައި ނޫޅޭނަން: ނަޝީދު
އައްޑޫ ރައްޔިތުންނަށް އޮތީ ދަރާފައި: ނަޝީދު
ނޮވެމްބަރު 17 ގައި ހުރިހާ ލީޑަރުން މިނިވަންވާނެ:އިބޫ
މި މޮޅަކީ ރައީސްގެ ވަރުގަދަ ފެށުމެއް!
ނަޝީދުގެ ރައްދު ރައީސްގެ ފެކްޝަނަށާއި ނިޒާރަށް!
އައްޑޫ މީހުން ރައީސަށް ދެވަނަ ދައުރެއް ދޭންޖެހޭ:ނިޒާރު
ކެމްޕެއިނަށް ރައީސް އައްޑުއަށް، ނަޝީދު ލ. އަތޮޅަށް
މަޖިލީހުގައި ނަޝީދުގެ ފެކްޝަނާއި އިދިކޮޅު އެއްގަލަކަށް!
ރައްޔިތުންގެ އަޣުލަބިއްޔަތު ހޯދޭނެ ލީޑަރެއް އެބަހުރި؟
ބައި އިލެކްޝަނުން ދެއްކީ 2023 ގެ "މަގުޗާޓް"؟