26 މާޗް 2023
އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު މަގާމުން ވަކިކުރަން ރައީސް އޮފީހުން މިއަދު ޕީސީބީއަށް ފޮނުވައިފި އެވެ.
އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު މަގާމުން ވަކިކުރަން ރައީސް އޮފީހުން މިއަދު ޕީސީބީއަށް ފޮނުވައިފި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މިއުވާން ވަނީ އަމްރު ވަކިކޮށްދޭން އެދުނު ކަން ކަށަވަރުކޮށްދެއްވައިފަ އެވެ. މާބޮޑު ތަފްސީލަކަށް ވަޑައިނުގެން ވިދާޅުވީ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރަން ދޭތެެރެއަކުން ސަރުކާރުން ބަދަލު ގެންނަ ކަމަށެވެ.
އޭނާ ވަކިކުރަން ނިންމީ އެ ބަދަލުގެ ތެރެއިން ކަމަށް މިއުވާން ވިދާޅުވި އެވެ.
އަމްރު ވަކިކުރަން ނިންމިއިރު، އެސްޓީއޯއާ ގުޅޭ ގޮތުން އޭނާ ރޭ ވާހަކަ ދައްކަވަން ޕީއެސްއެމްގެ ޕްރޮގްރާމެއް ޝެޑިއުލްކޮށްފައި ވަނިކޮށް އެކަން ވަނީ ހުއްޓުވައިފަ އެވެ. ފާޑުކިއުން އަމާޒުވުމުން ޕީއެސްއެމުން ބުނީ އެ ޕްރޮގްރާމް ރީޝެޑިއުލްކުރީ ކަމަށެވެ.
ސަރުކާރު ހިއްސާވާ ކުންފުންޏެއްގެ އިސް ވެރިއެއްގެ ގޮތުގައި ހުންނަވައި ސަރުކާރާ ދެކޮޅަށް ނުކުންނެވުމުން އަމްރުއާ ދޭތެރޭގައި ވަނީ ހިތްހަމަނުޖެހުން ބޮޑުވެފަ އެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އަމްރު ތާއީދުކުރެއްވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށެވެ. އޭގެ ފަހުން ވެސް އަމްރު މަސައްކަތް ކުރައްވަނީ ނަޝީދު ހިންގަވާ "ފިކުރެއްގެ ދިރުން" ފަޅީގަ އެވެ.
ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދުނުކުރައްވާނެ ކަން "ފިކުރެއްގެ ދިރުން" ހަރަކާތުން ވަނީ އިއުލާންކޮށްފަ އެވެ. އިންތިހާބަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ނުކުންނަވަން ތާއީދުކުރައްވައި، ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީއަށް ތާއީދުކޮށް އެކުގައި މަސައްކަތްކުރުމާ ގުޅޭ ގޮތުން ބޭއްވި މަޝްވަރާ ބައްދަލުވުމެއްގައި ވެސް އަމްރު ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ވާދަކުރާ ޕާޓީއަކުން ކެންޑިޑޭޓަކު ނެރެން ތާއީދުކުރައްވައި، މެނިފެސްޓޯ އެކުލަވާލުމުގެ ވާހަކަތައް ދެއްކެވި އެ ބައްދަލުވުމާ ގުޅޭ ގޮތުން ވެސް އަމްރަށް ފާޑުކިއުން އަމާޒުވި އެވެ. ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ރިޔާސީ ކެންޑިޑޭޓުގެ ގޮތުގައި ނުކުންނަވައި ރަނިން މޭޓަކަށް "ފިކުރެއްގެ ދިރުން" ބޭފުޅަކު ހަމަޖެއްސުމުގެ ވިސްނުންތަކެއް ގެންގުޅޭ ކަމަށް ވެސް ވަނީ އަޑު ފެތުރިފަ އެވެ.
އެކަމަކު، މިހާތަނަށް ނަޝީދުގެ މަންދޫބުންނާ އެކު މަޝްވަރާކުރީ، ޖޭޕީން ބުނެފައިވާ ގޮތުގައި މެނިފެސްޓޯ އެކުލަވާލުމާ ގުޅޭ ގޮތުންނެވެ.
ސިޔާސީ ގޮތުން އަމްރު ގެންގުޅުއްވާ ވިސްނުމާ ހެދި މަގާމުން ގެއްލުނުއިރު، މިހާތަނަށް އެ ނިންމެވުމާ ގުޅޭ ގޮތުން އަމްރު ވާހަކައެއް ނުދައްކަވަ އެވެ.
އަމްރުއަކީ، އެމްޑީޕީން 2018 އަށް ކަނޑައެޅި މެނިފެސްޓޯ އެކުލަވާލުމުގައި އިސްކޮށް އުޅުއްވި އެއް ބޭފުޅާ އެވެ. އޭނާ އެސްޓީއޯގެ އެމްޑީކަމަށް އައްޔަންކުރީ މި ސަރުކާރު އުފެދުމާ އެކުގަ އެވެ.
ސިޔާސަތާ ދެކޮޅަށް މަސައްކަތްކުރާ ނަމަ މަގާމު އަތުލާނެ
ރައީސްގެ އެޑްވައިޒަރު ޝިހާބު އިސްތިއުފާދެއްވައިފި
ރައީސް ނުރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރަށް
ބޮމުގެ ހަމަލާއާ ރައީސާ ގުޅުވާ ނަމަ ފިޔަވަޅު އަޅަނީ
އަމްރަށް ގޯސްވި މިސްރާބަށް މާލީއިދާރާތަކުން ތައުރީފްކުރި
އަމްރު އެސްޓީއޯ އިން ވަކިކޮށްފި
އަމްރުގެ އިންޓަވިއު ކެންސަލެއް ނުކުރޭ، ރީޝެޑިއުލްކުރީ
ބޮޑު ތުހުމަތެއް ކުރި 2ބޭފުޅަކު އެހެން މިނިސްޓްރީއަކަށް
"ރަޝީދުގެ މަރުގެ މައްސަލަ ރައީސް ގާތުން އެބަ ބަލާ"
ރައީސް އަންނަ ހަފުތާގައި އުތުރުގެ 4 ރަށަކަށް