12 އެޕްރީލް 2023
އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ފާޑުވިދާޅުވި އިގްތިސާދީ ސިޔާސަތުތަކަކީ، ކޮވިޑުގެ ނުރައްކަލުގައި ގައުމަށް ކުރިމަތިވި ހާލަތާ ހެދި އަޅަން ޖެހުނު، މާލީ އިދާރާތަކުން ތައުރީފު ކޮށްފައިވާ ފިޔަވަޅުތަކެއް ކަމަށް ސަރުކާރުން ބުނެފި އެވެ.
އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ފާޑުވިދާޅުވި އިގްތިސާދީ ސިޔާސަތުތަކަކީ، ކޮވިޑުގެ ނުރައްކަލުގައި ގައުމަށް ކުރިމަތިވި ހާލަތާ ހެދި އަޅަން ޖެހުނު، މާލީ އިދާރާތަކުން ތައުރީފު ކޮށްފައިވާ ފިޔަވަޅުތަކެއް ކަމަށް ސަރުކާރުން ބުނެފި އެވެ.
މަގާމުގައި ހުންނަވައި ސަރުކާރާ ދެކޮޅަށް ނުކުންނަވަން ޖެހުނީ އިސްލާހުގެ މަގަށް ކަންކަން ގެންނަން ކުރެއްވި މަސައްކަތަށް އެއްބާރުލުމެއް ނުލިބުމުން ކަަމަށް ވިދާޅުވެ އަމްރު ވަނީ އިއްޔެ ބަޔާނެއް ނެރުއްވައިފަ އެވެ. އޭގައި ސަރުކާރުގެ މާލީ އަދި އިގްތިސާދީ ސިޔާސަތަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ.
ޓެކްސް ބޮޑުކުރުމާއި ބޮޑު އަގުގައި ދަރަންޏަށް ފައިސާ ނެގުމާއި ހަރަދުތައް އިންތިހާއަށް ބޮޑުވެ އިސްރާފު ބޮޑުވުމުގެ އިތުރުން ސަރުކާރުގެ ކުންފުނިތައް އާއްމު އެތައް ވިޔަފާރިތައް ވަނީ ދަރައި ބަނގުރޫޓްވުމުގެ މަގުމަތީގައި ކަމަށް ވިދާޅުވި އެވެ.
އަމްރު: އޭނާ ވަނީ ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައި.
ރައީސް އޮފީހުގެ ތަރުޖަމާން މުުހައްމަދު މިއުވާން "މިހާރު"އަށް ވިދާޅުވީ އަމްރުގެ ބަޔާނުގައި ފާހަގަކުރެއްވި ކަންކަމަކީ ކޮވިޑުގެ ދަތިކަމާ އެކު ރާއްޖެ އަށް ކުރިމަތިވި އިގްތިސާދީ ދަތި ހާލަތާ ގުޅިގެން ސަރުކާރަށް ކޮންމެހެން އަޅަން ޖެހުނު ފިޔަވަޅުތަކެއް ކަމަށެވެ. ވޯލްޑް ބޭންކާއި އައިއެމްއެފް ފަދަ މާލީ އިދާރާތަކުގެ ލަފަޔާ އެއްގޮތަށް ސަރުކާރުން އެޅި އިގްތިސާދީ ފިޔަވަޅުތަކަށް އެ އިދާރާތަކުގެ ތައުރީފް ކޮށްފައިވާ ކަމަށް މިއުވާން ވިދާޅުވި އެވެ.
"މި ފިޔަވަޅުތައް ސަރުކާރުން އަޅަން ޖެހުނީ ކޮވިޑާއި ޔުކްރެއިން ހަނގުރާމައާ ގުޅިގެން ކުރިމަތިވި ކަންކަމުގައި ކަން އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނެ އެއް ބޭފުޅަކީ އެސްޓީއޯގެ ކުރީގެ އެމްޑީ [އަމްރު]،" މިއުވާން ވިދާޅުވި އެވެ.
"އެހެންވީމާ އިގްތިސާދީ ހަގީގަތް ގަބޫލު ނުކުރައްވައި ސިޔާސީ ގޮތުން ދައްކަވާފައިވާ ވާހަކަތަކެއް ކަމަށް ގަބޫލުކުރެވެނީ."
ކޮވިޑާ ގުޅިގެން އެޅި ފިޔަވަޅުތައް ހަރުދަނާ ކަމަށާއި ރާއްޖޭގެ އިގްތިސާދީ މިސްރާބު ހުރީ ކޮވިޑުގެ ކުރީގެ ހާލަތާ ދިމާލަށް ކަަމަށް ސަރުކާރުން ތަކުރާރުކޮށް ބުނެފައިވެ އެވެ. މިއީ ކޮވިޑުގެ ދަތީގައި ރާއްޖެ އިން ވިސްނުންތެރިކަމާ އެކު ކުރި މަސައްކަތުގެ ނަތީޖާ ކަމަށާއި ނޫން ނަމަ ކޮވިޑާ ހެދި އެހެން ގައުމުތަކަށް ކުރިމަތިވި ދަތިކަން ރާއްޖެއަށް ވެސް ކުރިމަތިވީސް ކަމަށް ސަރުކާރުން ބުނެ އެވެ.
އަމްރުގެ ބަޔާނުގައި ވިދާޅުވި ގޮތުގައި ސަރުކާރުން ނުކޮށް ދޫކޮށްލެވިގެންދާ ސިޔާސަތުތައް ހިންގުމަށް އެސްޓީއޯ އިސްނަގައި ކަންތައްތައް ވާނީ ކޮށްފަ އެވެ. ސަރުކާރުގެ އިގްތިސާދީ އަދި މާލީ ކަންކަން ރަނގަޅުކޮށް ލުއިކޮށްދިނުމަށްޓަކައި ލަފާއަރުވާ އަދި އެތައް ފަހަރަކު ރާއްޖެ އިން ބޭރުގެ މާލީ އިދާރާތަކުން ސަރުކާރު ބަޖެޓަށް އެހީތެރިކަން ވާނީ ފޯރުކޮށްދީފަ އެވެ.
އެ ވާހަކައާ ގުޅިގެން މިއުވާން ވިދާޅުވީ، ސަރުކާރުގެ ސިޔާސަތުތަކުގެ ތެރެއިން ފިނޭންސް މިނިސްޓްރީއާ އެކު އިގްތިސާދީ ހަރުދަނާ ފިޔަވަޅު އަޅަން ކުރާ މަސައްކަތުގައި ސަރުކާރުގެ ކުންފުނިތައް މެދުވެރިކުރާ ކަމަށެވެ. އެ ފިޔަވަޅުތައް އެއީ، އެސްޓީއޯ އިން ވަކި ބޭފުޅަކު ކުރެއްވި ކަމެއްގެ ގޮތުގައި ސިފަ ނުކުރެއްވޭނެ ކަމަށް ވިދާޅުވި އެވެ.
އަމްރުގެ ބަޔާނުގައި މަސްވެރިންނަށް ކުރިމަތިވި ދަތިތަކުގެ ވާހަކަ ވިދާޅުވެފައި އޮތް އިރު އެސްޓީއޯގެ ދަށަށް މިފްކޯ ބަދަލުކޮށް ހިންގަމުން އަންނަނީ އެ ކުންފުނީގެ ބެލުމުގެ ދަށުންނެވެ.
ސަރުކާރަށް އަމްރު ފާޑުވިދާޅުވެ ބަޔާން ނެރުއްވީ އޭނާ މަގާމުގައި ހުންނަވައި އެހެން ގޮތެއް ހިޔާރުކުރެއްވި ސަބަބު ތަފްސީލް ކޮށްދެއްވާށެވެ. އެމްޑީޕީގެ ޕްރައިމަރީއާ ހިސާބުން، އަމްރު ވަނީ ސަރުކާރާ ދެކޮޅަށް ނުކުންނަވައިފަ އެވެ. އެމްޑީޕީގެ ޕްރައިމަރީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ނާކާމިޔާބުވުމުން އަމްރު ހުންނެވީ "ފިކުރެއްގެ ދިރުން" ހަރަކާތް ލީޑް ކުރައްވާ ބޭފުޅުންގެ ތެރޭގަ އެވެ.
އޭނާ މިހާރު ގެންދަވަނީ، މި އަހަރުގެ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީ އަށް ތާއީދު ކުރައްވައި މަސައްކަތްތައް ކުރައްވަމުންނެވެ. އޭނާ މަގާމުން ވަކިކުރެއްވީ އެ ހިތްހަމަނުޖެހުންތަކުގެ ތެރޭގަ އެވެ.
އިގުތިސޯދު ދަމަހައްޓަން އެއްބާރުލުން ދޭން އެދިއްޖެ
އާޒިމް ވިދާޅުވަނީ މައްސަލައަކީ ބައެއް ވަޒީރުން ކަމަށް
ސަގާފީ ޓޫރިޒަމަށް ވިސްނަން ރައީސް އެދިވަޑައިގެންފި
އިގުތިސާދު ދިރޭނީ ޒުވާނުންގެ ދައުރު ފުޅާކޮށްގެން:ރައީސް
ދައުލަތް ދަރާފާނެ ކަމަށް އިހުސާސް ކުރެވޭ: ނަޝީދު
ފައިސާ ޗާޕުކޮށް، ސަރުކާރު ހިފެހެއްޓުން ނުރައްކާ:ސައީދު
އިންޑިއާއިން ރާއްޖެއަށް މާލީ އެހީގެ އާ ޕެކޭޖެއް
ޓޫރިސްޓުން ގެނައުމުގެ ގައިޑްލައިނަށް ބަދަލު ގެންނަނީ
ހީނަރުކަމުން އަރައިގަންނަން ފުރުސަތު އެބައޮތް: ރައީސް
އާންމު ހާލަތަށް ރުޖޫއަވުމަށް ޓާސްކްފޯހެއް އުފައްދަނީ