Roadha Mihaaru
ދައުލަތް ދަރާފާނެ ކަމަށް އިހުސާސް ކުރެވޭ: ނަޝީދު

ދައުލަތް ދަރާފާނެ ކަމަށް އިހުސާސް ކުރެވޭ: ނަޝީދު

10 އޯގަސްޓް 2020

މަޝްހޫރު ވިޔަފާރިވެރިޔާ، ދ. މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމަށް ސަރުކާރުން ސޮވެރިން ގެރެންޓީ ދީގެން ޗައިނާގެ އެގްޒިމް ބޭންކުން ނެންގެވި ލޯނަށް ސުންގަނޑި ހަމަވުމުގެ ކުރިން ނުދެއްކުނު މައްސަލަ ފެންމަތިވިއިރު، ދައުލަތް ދަރައިފާނެ ކަމުގެ އިހުސާސް ކުރެއްވުނު ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

މަޝްހޫރު ވިޔަފާރިވެރިޔާ، ދ. މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމަށް ސަރުކާރުން ސޮވެރިން ގެރެންޓީ ދީގެން ޗައިނާގެ އެގްޒިމް ބޭންކުން ނެންގެވި ލޯނަށް ސުންގަނޑި ހަމަވުމުގެ ކުރިން ނުދެއްކުނު މައްސަލަ ފެންމަތިވިއިރު، ދައުލަތް ދަރައިފާނެ ކަމުގެ އިހުސާސް ކުރެއްވުނު ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ސިޔާމްގެ ކުންފުނި، އަހުމަދު ސިޔާމް ހޯލްޑިން (އޭއެސްއެޗް) އިން 2017 ވަނަ އަހަރު އެގްޒިމް ބޭންކުން ނެގި 127 މިލިއަން ޑޮލަރުގެ ލޯނަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އޮތީ ސޮވެރިން ގެރެންޓީ ދީފަ އެވެ. އެކަމަކު، މިދިޔަ ޖުލައި މަހުގެ ކުރިން އެ ކުންފުނިން އެގްޒިމް ބޭންކަށް ދައްކަން ޖެހޭ ފައިސާ ނުދެއްކުމުގެ ސަބަބުން ލޯނުގެ ޕްރިންސިޕަލް އަދަދާއި އިންޓްރެސްޓް އަދި އެހެނިހެން ފީތައް ދެއްކުމަށް ގެރެންޓާގެ ހައިސިއްޔަތުން މިދިޔަ މަހުގެ 22 ގައި އެގްޒިމް ބޭންކުން ސަރުކާރަށް އެންގި އެވެ.

ނަމަވެސް މިދިޔަ ބުރާސްފަތި ދުވަހު ފިނޭންސް މިނިސްޓްރީން ބުނެފައި ވަނީ ސިޔާމްގެ ކުންފުނިން މިވަގުތަށް އެކްޒިމް ބޭންކަށް ދައްކަންޖެހޭ ފައިސާ ޚަލާސް ކޮށްފައިވާ ކަމަށެވެ. އޭގެ ތަފުސީލެއް ނުދެ އެވެ.

ސިޔާމްގެ ކުންފުނީގެ ލޯނަށް ފައިސާ ނުދެއްކުނު މައްސަލަ ބޮޑުވެފައި ވަނިކޮށް، ޔާމީންގެ ވެރިކަމުގައި ރާއްޖެ ދަރަނިވެރި ވެފައިވާ ވަރު ސާފު ނުވުމާއި ދަރަނި ބެލެހެއްޓުމުގެ މަސައްކަތްތައް ގާނޫނާ އެއްގޮތަށް ނުހިނގާ ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް ނަޝީދު މިއަދު މަޖިލީހަށް ހުށަހެޅުއްވި މައްސަލަ މުޅި މަޖިލީހުގެ ކޮމިޓީ އަށް ވަނީ ގެންގޮސްފަ އެވެ.

Siyam ge kunfunin mi vaguthu dheynjehey jehey faisaa dhakkaifi: Finance

Siyam ge kunfunin mi vaguthu dheynjehey jehey faisaa dhakkaifi: Finance

The most trusted news source in the Maldives

Mihaaru

ސިޔާމްގެ ކުންފުނިން ދައްކަން ޖެހޭ ފައިސާ ދެއްކުން

މުޅި މަޖިލީހުގެ ކޮމިޓީގެ ރިޔާސަތުގައި އިންނަވައި ނަޝީދު ވިދާޅުވީ، ދައުލަތް ދަރައިފި ނަމަ އެއީ ވަރަށް ދެރަކަމެއް ކަމަށާއި އެ ހާލަތަށް ކަންކަން ދިޔަ ނުދެއްވާނެ ކަމަށެވެ. ވަކި ކުންފުންޏެއްގެ ނަން ވިދާޅުނުވެ ނަޝީދު ވިދާޅުވީ، އަމިއްލަ ކުންފުންޏަކަށް ދައުލަތުން ދީފައިވާ ގެރެންޓީއެއް ނުދެއްކުމުގެ ސަބަބުން ދިމާވި ކަންކަމާ ހެދި ދައުލަތް ދަރައިފާނެ ކަމުގެ ބިރު އެ މަނިކުފާނަށް ހީފުޅުވި ކަމަށެވެ.

"މި ދައުލަތް ދަރާފާނެ ކަމުގެ ބިރުވެރިކަން ސަވަރިން ޑެޓަކަށް އަޅުގަނޑުމެން ގޮސްދާނެ ކަމުގެ ބިރުވެރިކަން މިދިޔަ ހަފުތާގައި އަޅުގަނޑަށް އިހުސާސްވީ. އެއީ ސަވަރިން ގެރެންޓީއެއް ދީފައި އޮތީ އަމިއްލަ ކުންފުންޏަކަށް. ދެން ގެރެންޓީގެ މަސައްކަތް އޮތީ ނުބަހަލައްޓާ. އެންމެ ފަހު ވަގުތު ރައީސުލްޖުމްހޫރިއްޔާ އަށް އެނގިވަޑައިގެންނެވިއިރުގައި ވަރަށް ފަސް ވެއްޖެ،" ނަޝީދު ވިދާޅުވި އެވެ.

"އެ ވަގުތު ހެއްދެވެން ހުރި ހުރިހާ އެއްޗެއް ހައްދަވާފައި މިއަދު އަނެއްކާ ވެސް އަޅުގަނޑުމެން މިތިބީ ފެންމަތީގައި. މާދަމާ ފެތޭކަށް އަޅުގަނޑުމެންކަށް ނެތް ދޫކުރެވޭކަށް."

ސިޔާމް، ފައިސާ ދެއްކެވީ ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް، ސަރުކާރުން އެހީތެރިވެގެން ސިޔާމްގެ ކުންފުންޏަށް ލޯނެއް ދީގެން ކަމަށް ތުހުމަތު ކުރެ އެވެ.

ނަޝީދު އެގޮތަށް ވިދާޅުވުމުން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މުގައްރިރު މުހައްމަދު ނާޝިޒު ވިދާޅުވީ، ދައުލަތުން ދީފައިވާ ސޮވެރިން ގެރެންޓީއެއް ނުދެއްކިގެން ސޮވެރިން ޑިފޯލްޓަކަށް ދިޔަކަން އެނގިވަޑައިނުގަންނަވާ ކަމަށެވެ.

"ސަވަރިން ޑެޓަކަށް ނުވަތަ ސަވަރިން ޑިފޯލްޓަކަށް ގޮސްގެން، ކަމެއް ދިމާވެގެން އަދި މިހާތަނަށް އެ ކަހަލަ މައްސަލައެއް ކޮމިޓީ އަށް އައިސްފައެއް ނުވޭ. އަދި އެ ހާލަތަށް ގޮސްފި ކަމަށް ވަންޏާ އަޅުގަނޑު އިއްޒަތްތެރި މެމްބަރުންގެ މައުލޫމާތަށްޓަކައި ދަންނަވަން، އަޅުގަނޑު އިރާދަކުރެއްވިޔާ ކޮމިޓީން އެކަން ބަލާނަން،" އޭނާ ވިދާޅުވި އެވެ.

Sovereign debt akah dhiya kameh neyngey: Mugahriru

Sovereign debt akah dhiya kameh neyngey: Mugahriru

The most trusted news source in the Maldives

Mihaaru

ސަވަރިން ޑެޓަކަށް ދިޔަ ކަމެއް ނޭންގޭ ކަމަށް މުގައްރިރު ވިދާޅުވުން

އަހުމަދު ސިޔާމް ހޯލްޑިން އިން 2017 ވަނަ އަހަރު ޗައިނާގެ އެގްޒިމް ބޭންކުން ނެގި 127 މިލިއަން ޑޮލަރުގެ ލޯނަށް ސަރުކާރުން ވަނީ ގެރެންޓީ ދީފަ އެވެ. އެއީ ދައުލަތުގެ ނަމުގައި ގެރެންޓީ ދޫކުރުމުގެ އުސޫލުގެ ދަށުން ނ. ދިގުރަށުގައި އިރުފެން ރިސޯޓު ތަރައްގީ ކުރުމަށެވެ. މި ލޯނުގެ ދަށުން ޗައިނީސް އެގްޒިމް ބޭންކަށް ލޯނު ދެއްކުމުގައި މި އަހަރުގެ ޖެނުއަރީ މަހުގެ ނިޔަލަށް އެ ކުންފުނިން ދިޔައިީ ބަރާބަރަށް ފައިސާ ދައްކަމުންނެވެ.

ސިޔާމްގެ ކުންފުނިން ދެއްކީ ކިހާ ފައިސާއެއް ކަމެއް ހާމަކޮށްފައެއް ނުވެ އެވެ. އެކަމަކު އެނގިފައިވާ ގޮތުގައި 10 މިލިއަން ޑޮލަރު (154 މިލިއަން ރުފިޔާ) ދައްކަންޖެހެ އެވެ.