Roadha Mihaaru

އިގުތިސާދީ ހާލަތުން އަރައިގަންނަން މަސައްކަތްކުރުމުގެ ފުރުސަތު މިހާރު އެބަ އޮތް: ރައީސް

ކޮވިޑް-19 އިން ރައްކާތެރިވުމަށް އެޅި ފިޔަވަޅުތަކާ އެކު ކުރިމަތިވި އިގުތިސާދީ ހީނަރުކަމުން އަރައިގަންނަން މަސައްކަތްކުރުމުގެ ފުރުސަތު މިހާރު އެބައޮތް ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ހީނަރުކަމުން އަރައިގަންނަން ފުރުސަތު އެބައޮތް: ރައީސް
މުހައްމަދު ނަސީމް
މުހައްމަދު ނަސީމް

17 ޖޫން 2020

ކޮވިޑް-19 އިން ރައްކާތެރިވުމަށް އެޅި ފިޔަވަޅުތަކާ އެކު ކުރިމަތިވި އިގުތިސާދީ ހީނަރުކަމުން އަރައިގަންނަން މަސައްކަތްކުރުމުގެ ފުރުސަތު މިހާރު އެބައޮތް ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

"ނެޝަނަލް ޓާސްކް ފޯސް އޮން ރެސިލިއަންސް ބިލްޑިން އެންޑް އިކޮނޮމިކް ރިކަވަރީ" އިން މިއަދު ބޭއްވި ފުރަތަމަ ބައްދަލުވުމުގައި ރައީސް ވިދާޅުވީ ކޮވިޑާ ކުރިމަތިލުމަށް ވަަސީލަތުގެ ގޮތުންނާއި އެހެނިހެން ގޮތް ގޮތުން ރާއްޖޭގެ ސިއްހީ ދާއިރާގެ ގާބިލުކަން މިހާރު އިތުރުކުރެވިފައިވާ ކަމަށެވެ. އަދި އިގުތިސާދީ ހާލަތުން އަރައިގަތުމަށް މަސަައްކަތް ކުރުމުގެ ފުރުސަތު މިހާރު އެބަ އޮތް ކަަމަށް ރައީސް ވިދާޅުވި އެވެ.

ކޮވިޑާ ހެދި ރާއްޖޭގެ އިގުތިސާދަށް ލިބުނު ގެއްލުންތަކާ ބެހޭ ގޮތުން ރައީސް ވިދާޅުވީ ބައްޔާ ގުޅިގެން ދައުލަތުގެ ބަޖެޓަށް އެއް ބިލިޔަން ޑޮލަރުގެ އުނިކަމެއް އަންނާނެ ކަމަށާއި އަމިއްލަ ފަރާތްތަކަށް ވެސް ގެއްލުންތައް ލިބިފައިވާ ކަމަށެވެ. އެހެންވެ ދައުލަތުގެ ހަރަދާއި އާމްދަނީ އަލުން ދިރާސާކޮށް އެކުލަވައިލަން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރާއްޖޭގެ އިގުތިސާދީ ހާލަތު ރަނގަޅުކުރުމަށް ޓަކައި ބޯޑަރުތައް ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށް ރައީސް މިއަދު ވެސް ވިދާޅުވި އެވެ.

ރިކަވަރީ ޓާސްކްފޯހުގައި މައިގަަނޑު ތިން ވޯކިން ގްރޫޕެއް ހިމެނެ އެވެ. އެއީ ވޯކިން ގްރޫޕް އޮން ފައިނޭންސް، ވޯކިން ގްރޫޕް އޮން އިކޮނޮމިކް ރިކަވަރީ އަދި ސޯޝަލް ސެކްޓާ ވޯކިން ގްރޫޕެވެ.