Roadha Mihaaru
ޑިމޮކްރެސީ އަށް ޖާގަ އޮތްކަން ތުރުކީން ދައްކުވައިދީފި

ޑިމޮކްރެސީ އަށް ޖާގަ އޮތްކަން ތުރުކީ ރައްޔިތުން ދައްކުވައިދީފި

25 ޖުލައި 2016

އަންކާރާ (ޖުލައި 25) - ތުރުކީ އަށް ގެންނަން އުޅުނު ބާޣާވާތް ކުށްވެރިކޮށް، އެ ގައުމުގައި ޑިމޮކްރެސީ އަށް ޖާގަ އޮތްކަން ދައްކުވައި ދިނުމަށް އެތައް ހާސް ބަޔަކު އިސްތަންބޫލްގައި ބޮޑު އެއްވުމެއް ބާއްވައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

އަންކާރާ (ޖުލައި 25) - ތުރުކީ އަށް ގެންނަން އުޅުނު ބާޣާވާތް ކުށްވެރިކޮށް، އެ ގައުމުގައި ޑިމޮކްރެސީ އަށް ޖާގަ އޮތްކަން ދައްކުވައި ދިނުމަށް އެތައް ހާސް ބަޔަކު އިސްތަންބޫލްގައި ބޮޑު އެއްވުމެއް ބާއްވައިފި އެވެ.

ޑިމޮކްރެސީ އަށް ތާއީދުކޮށް އެއްވުން އިންތިޒާމް ކުރީ އިދިކޮޅު ސީއެޗްޕީންނެވެ. މި އެއްވުމަށް ވަނީ ރައީސް ރަޖަބް ތައްޔިބު އުރުދުޣާންގެ އޭކޭ ޕާޓީން ވެސް ތާއީދުކޮށްފަ އެވެ. ރަތް ދިދަތަކުން މައިދާން ފުރާލާފައިވާ އިރު އެއްބަޔަކު ވަނީ "ގައުމު ދިފާއުކުރާނެ ކަމަށް ބުނެ" ލިޔުންތައް އުފުލައިފަ އެވެ.

އިސްތަންބޫލްގެ ތަކްސިމް މައިދާން ވަނީ ރަތް ދިދައާ އެކު ޑިމޮކްރެސީގެ ފެސްޓިވަލެއްގެ ގޮތަށް ބަދަލުކޮށްލާފައި. --ފޮޓޯ:އޭއެފްޕީ

އިސްތަންބޫލްގެ ތަކްސިމް މައިދާން ވަނީ ރަތް ދިދައާ އެކު ޑިމޮކްރެސީގެ ފެސްޓިވަލެއްގެ ގޮތަށް ބަދަލުކޮށްލާފައި. --ފޮޓޯ:އޭއެފްޕީ

ސީއެޗްޕީގެ ލީޑަރު ވަނީ ޑިމޮކްރެސީ ކުރި ހޯދައިފި ކަމަށް ވިދާޅުވެފަ އެވެ. އަދި އޭނާ ވަނީ ޚުދުމުޚުތާރުކަމުގެ ނުރައްކާ ބޮޑު ކަމަށް ވެސް ވިދާޅުވެފަ އެވެ. ޚިޔާލު ފާޅުކުރުމާއި އެއްވެ އުޅުމުގެ މިނިވަންކަމުގެ މުހިންމުކަން ބޮޑު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ބަޣާވާތާ ވެސް ދެކޮޅު. އަދި ޚުދުމުޚުތާރު ކަމާ ވެސް ދެކޮޅު،" އެއް ބެނާއެއްގައި ލިޔެފައިވެ އެވެ.

ސީއެޗްޕީގެ ސަޕޯޓަރުން އިސްތަންބޫލްގެ ތަކްސިމް މައިދާނަށް ރަތް ދިދަތައް ހިފައިގެން އެއްވި އިރު ތުރުކީގެ މި ޒަމާނުގެ ބާނީ މުސްތަފާ ކަމާލް އަތާތުރުކުގެ ފޮޓޯތައް ވެސް ހިފައިގެން އެއްބަޔަކު ތިއްބެވެ. ސިޔާސީ ގޮތުން ގައުމު ބައިބައިވެފައިވީ ނަމަވެސް އިސްތަންބޫލްގެ މޭޔަރާއި އޭކޭ ޕާޓީގެ އެހެން ލީޑަރުން ވެސް އެއްވުމުގައި ބައިވެރިވި އެވެ.

އެއްވުމުގައި ބައިވެރިވި ގިނަ މީހުން ތިބީ ތުރުކީގެ މި ޒަމާނުގެ ބާނީ އަތާތުރުގެ ފޮޓޯތައް ހިފައިގެން. --ފޮޓޯ:އޭއެފްޕީ

އެއްވުމުގައި ބައިވެރިވި ގިނަ މީހުން ތިބީ ތުރުކީގެ މި ޒަމާނުގެ ބާނީ އަތާތުރުގެ ފޮޓޯތައް ހިފައިގެން. --ފޮޓޯ:އޭއެފްޕީ

ބަޣާވާތަށް ފަހު ރައީސް އުރުދުޣާން ވަނީ ތުރުކީގައި ވަރަށް ގިނަ ފިޔަވަޅުތައް އަޅުއްވަން ފައްޓަވައިފަ އެވެ. ތިން މަސް ދުވަހަށް ކުއްލި ހާލަތު އިއުލާންކޮށްފައިވާ އިރު ބައި ލައްކައެއްހާ މީހުންނާ ދެކޮޅަށް ވަނީ ފިޔަވަޅު އަޅައިފަ އެވެ. އަދި ރިޔާސީ ގާޑުންގެ ލަޝްކަރު ވަނީ އުވާލައިފަ އެވެ.

އެމްނެސްޓީ އިންޓަނޭޝަނަލް އިން ބުނެފައި ވަނީ ބަޣާވާތާ ގުޅިގެން ތުރުކީގައި ހައްޔަރުކޮށްފައިވާ މީހުންނަށް އަނިޔާކޮށް ރޭޕްކުރާ ކަމުގެ ހެކި އެ ޖަމާއަތަށް ލިބިފައިވާ ކަމަށެވެ. އަދި ބަންދުގައި ތިބި މީހުންނަށް ބައިނަލްއަގުވާމީ މޮނިޓަރުން ޒިޔާރަތް ކުރުމުގެ ފުރުސަތު ދޭން ޖެހޭނެ ކަމަށް އެމްނެސްޓީން ބުންޏެވެ.