ނެދަލެންޑްސްގެ ކުންފުންޏަކާ ހަވާލުކޮށްގެން އެމްޓީސީސީން ޗައިނާގައި ބަނދެފައިވާ ޑްރެޖަރު (މަހާ ޖައްރާފް) ރާއްޖެ އަށް އައުމަށް ދަތުރު ފަށައިފި އެވެ.
07 އޮކްޓޯބަރ 2017
ނެދަލެންޑްސްގެ ކުންފުންޏަކާ ހަވާލުކޮށްގެން އެމްޓީސީސީން ޗައިނާގައި ބަނދެފައިވާ ޑްރެޖަރު (މަހާ ޖައްރާފް) ރާއްޖެ އަށް އައުމަށް ދަތުރު ފަށައިފި އެވެ.
މިދިޔަ މަހު 29 ވަނަ ދުވަހު، ނެދަލެންޑްސްގައި ބޭއްވި ހަފްލާއެއްގައި އެމްޓީސީސީއާ ހަވާލުކުރި ޑްރެޖަރު ޗައިނާ އިން ރާއްޖެ އައުމަށް ދަތުރު ފަށާފައިވަނީ އިއްޔެ އެވެ. އެމްޓީސީސީން ބުނީ މަހާ ޖައްރާފް އަންނާނީ ސިންގަޕޫރު މަގުން ކަމަށާއި، ރާއްޖެއާ ހަމައަށް ފޯރާނީ މި މަހުގެ 30 ވަނަ ދުވަހު ކަމަށެވެ.
އެމްޓީސީން ބުނިގޮތުގައި މި ޑްރެޖަރަކީ 50 މީޓަރު އަޑިން ވެލި ނެގުމުގެ ގާބިލްކަން ލިބިފައިވާ، 92 މީޓަރަށް ވުރެ ދިގު އަދި 16 މީޓަރު ފުޅާ ޑްރެޖަރެކެވެ. ޑްރެޖަރަށް އެއްފަހަރާ 3700 ކިއުބިކް މީޓަރުގެ ވެލި ބަރުކުރެވޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
މީގެ އިތުރުން ވެސް މި ޑްރެޖަރާ އެކު، ސަރުކާރުން ހިންގާ އުމްރާނީ ތަރައްގީގެ މަޝްރޫއުތައް އިތުރަށް ހަލުވިވެ، ރާއްޖެ އާއި ބޭރު ގައުމުތަކުގައި ވެސް ބިން ހިއްކުމުގެ ބޮޑެތި ޕްރޮޖެކްޓްތައް ކުރިއަށް ގެންދެވޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ. މި ޑްރެޖަރުގެ ސައިޒާއި ފެންވަރަށް ބަލާއިރު، މިހާރު ބިން ހިއްކަން ނަގާ މުއްދަތު އެތައް ގުނައެއް އަވަސްވެގެންދާނެ ކަމަށް ވެސް އެމްޓީސީސީން ބުންޏެވެ.
މަހާ ޖައްރާފަކީ އެމްޓީސީސީން 36 މިލިޔަން ޑޮލަރު ހަރަދު ކޮށްގެން ތައްޔާރުކުރި ޑްރެޖަރެކެވެ. ޑްރެޖަރުގެ މަސައްކަތަށް ދައްކަން ޖެހުނު 11 މިލިޔަން ޑޮލަރުގެ އެޑްވާންސް ޕޭމަންޓް ދެއްކީ، ސުން ފަސެންޓް އިންޓަރެސްޓްގައި ކޮންވާޓަބްލްގައި ލޯނެއްގެ ގޮތުގައި ސަރުކާރުން ދޫކުރި ލޯނަކުންނެވެ. އެ ލޯނު އިކުއިޓީގެ ގޮތުގައި ބަދަލުކުރަން ނިންމައި، މިހާރު ވަނީ ހިއްސާ ދާރުންނަށް އިތުރު ހިއްސާ ގަތުމަށް ހުޅުވާ ވެސް ލާފަ އެވެ.
އެމްޓީސީސީ ޕްރޮޖެކްޓުތަކުގެ ރިއަލް-ޓައިމް އަޕްޑޭޓް ދެނީ
ތުޅާދޫ އެއާޕޯޓް ބިން ހިއްކާ ގޮތަށް ބަދަލުތަކެއް
އެމްޓީސީސީން ތުޅާދޫ އެއާޕޯޓުގެ ބިން ހިއްކަން ފަށައިފި
ކެންދޫގެ ބަނދަރު ހެދުމާއި ބިން ހިއްކުން އެމްޓީސީސީއަށް
ތުޅާދޫ އެއާޕޯޓު ބިން ހިއްކުން އެމްޓީސީސީއާ ހަވާލުކޮށްފި
ފޮއްދޫ ބަނދަރުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
އެމްޓީސީސީއަށް 1.6 މިލިއަން ޑޮލަރު ދިނުމުގެ ހުކުމެއް
މުއްޔާއި ނާލާފުށި ގުޅާލާ ކޯޒްވޭގެ މަސައްކަތް ފަށައިފި
18ރަށެއްގެ ސްކޫލް އިމާރާތުގެ މަސައްކަތް ތިން ބަޔަކަށް
ސާމާނު ލިބުމުން ފާލަމުގެ މަސައްކަތް އަވަސްވާނެ