Roadha Mihaaru

މުއްޔާއި ނާލާފުށި ގުޅާލާ ކޯޒްވޭގެ އަމަލީ މަސައްކަތް ފަށައިފި

މ. މުއްޔާއި މި ރަށާ އެއް ފަޅެއްގެ ތެރޭގައި އޮންނަ ނާލާފުށި ގުޅުވާލުމަށް ހަދާ ކޯޒްވޭގެ އަމަލީ މަސައްކަތް މިއަދު ފަށައިފި އެވެ.

މުއްޔާއި ނާލާފުށި ގުޅާލާ ކޯޒްވޭގެ މަސައްކަތް ފަށައިފި
އިފްރާޒް އަލީ
މ. މުލިން އިފްރާޒް އަލީ

20 މެއި 2025

މ. މުއްޔާއި މި ރަށާ އެއް ފަޅެއްގެ ތެރޭގައި އޮންނަ ނާލާފުށި ގުޅުވާލުމަށް ހަދާ ކޯޒްވޭގެ އަމަލީ މަސައްކަތް މިއަދު ފަށައިފި އެވެ.

މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް މުލީގައި މިއަދު މެންދުރު ފަހު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

މުއްޔާއި ނާލާފުއްޓާ ދެމެެދުގައި ކޯޒްވޭ އެޅުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ އޮގަސްޓް 30، 2023 ގަ އެވެ.

މުއްޔާއި ނާލާފުށީ ކޯޒްވޭގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވުމަށް ފަހު ޕްރޮޖެކްޓް ރައީސް ބައްލައްވާލައްވަނީ.

މުއްޔާއި ނާލާފުށީ ކޯޒްވޭގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވުމަށް ފަހު ޕްރޮޖެކްޓް ރައީސް ބައްލައްވާލައްވަނީ.

މި މަޝްރޫއުގެ ދަށުން 565 މީޓަރުގެ ކޯޒްވޭއެއް އަޅާނެ އެވެ. އަދި މި ކޯޒްވޭގެ ތިން ސެގްމެންޓެއްގައި 105 މީޓަރުގެ ބްރިޖެއް ހަދާނެ އެވެ.

މި މަޝްރޫއުގެ ދަށުން ކޯޒްވޭގެ މަގުތައް ހަދައި ތާރުއެޅުމުގެ މަސައްކަތް ވެސް ކުރާއިރު، 112 މީޓަރުގެ ރިވެޓްމަންޓް ޖަހައި 15 މީޓަރުގެ ގްރޮއިން ޖެހުމަށް ހަމަޖެހިފައިވެ އެވެ.

އެމްޓީސީސީއަށް މި މަޝްރޫއު އޭރު ހަވާލުކޮށްފައި ވަނީ 125.5 މިލިއަން ރުފިޔާއަށެވެ.

މުއްޔާއި ނާލާފުށި ގުޅާލާ ކޯޒްވޭގެ މަސައްކަތް ފެށިއިރު، މުލީގައި ހެދި ޑޮމެސްޓިކް އެއާޕޯޓު މިއަދު ވަނީ ހުޅުވައިފަ އެވެ. އެ އެއާޕޯޓާ އެކު މި އަތޮޅުގެ ޓޫރިޒަމް ކުރިއަރައި އިގްތިސާދީ ގޮތުން ކުރިއެރުންތަކެއް ލިބޭނެ އެވެ.

މުލީގެ ފަޅުން ދެ ރަށް ހިއްކައިގެން ޓޫރިޒަމް ފުޅާކުރަން ވެސް ސަރުކާރުގެ ޕްލޭންގެ ތެރޭގައި ވަނީ ހިމަނައިފަ އެވެ.