އއ. މާފަރު ފަޅު، ފެރިދޫގެ ރައްޔިތުންނަށް ދޭން ނިންމާފައިވާ ކަމަށާއި އެ ތަން ތަރައްގީ ކުރަނީ ދަތުރު ދިއުމަށް ހާއްސަ ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
19 އޯގަސްޓް 2025
އއ. މާފަރު ފަޅު، ފެރިދޫގެ ރައްޔިތުންނަށް ދޭން ނިންމާފައިވާ ކަމަށާއި އެ ތަން ތަރައްގީ ކުރަނީ ދަތުރު ދިއުމަށް ހާއްސަ ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
އެ އަތޮޅުގެ ރަށްތަކަށް ރައީސް މިއަދު ފެއްޓެވި ދަތުރުފުޅުގައި މެންދުރު ވަޑައިގަތީ ފެރިދުއަށެވެ.
އެ ރަށު ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ބޭއްވި ޖަލްސާގައި ވަނީ ދޯނި އެހެލާ ސަރަހައްދަކާއި ޕިކްނިކް އައިލެންޑެއް ތަރައްގީ ކުރުމުގެ އެއްބަސްވުމުގައި ސޮއި ކޮށްފަ އެވެ.
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި މާފަރު ފަޅު ތަރައްގީ ކުރުމުގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު ކޮންސްޓްރަކްޝަން މިނިސްޓަރު މުއްތަލިބާއި އެމްޓީސީސީގެ އެމްޑީ ސައުދީ ފޮޓޯއަކަށް ހުއްޓި ވަޑައިގެން.
އެ އެއްބަސްވުމުގައި ކޮންސްޓްރަކްޝަން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ. އެމްޓީސީސީން ސޮއި ކުރެއްވީ ސީއީއޯ އަހުމަދު ސައުދީ އެވެ.
އެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ އެ މަޝްރޫއުގެ ދަށުން ޕިކްނިކް އައިލެންޑް ހަދަނީ މާފަރު ފަޅުގައި ކަމަށެވެ.
ރައީސް މުއިއްޒު ފެރިދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް
އެ މަނިކުފާނު ވިދާޅުވީ، ޓޫރިޒަމަށް ބަރޯސާވާ ފެރިދޫގެ ތަރައްގީގެ މުސްތަގުބަލަށްޓަކައި، ރަށަށް އާމްދަނީ ލިބޭނެ ވަސީލަތެއްގެ ގޮތުގައި އެ ފަޅު ބޭނުންކުރެވޭނެ ކަމަށެވެ.
ރައީސް މުއިއްޒު ވިދާޅުވިގޮތުގައި ޕިކްނިކް އައިލެންޑު ހަދާއިރު ރަށުގެ ގުދުރަތީ ރީތިކަން ގެއްލޭނެ ގޮތަށް ކަންކަން ކޮށްގެން ނުވާނެ އެވެ. ހާއްސަކޮށް ރަށް ގިރާނެ ގޮތަކަށް ހަދައިގެން ނުވާނެ ކަމަށް ވިދާޅުވި އެވެ.
"އެހެންވީމާ ތިޔަބޭފުޅުންގެ މި ރަށުގެ، ފެރިދޫގެ ތަރައްގީގެ މުސްތަގުބަލަށްޓަކައި ރަށަށް އާމްދަނީ ހޯދޭނެ ފަދަ ފުރިހަމަ ވަސީލަތެއްގެ ގޮތުގައި ކަންތައްތައް ކޮށްދިނުމުގެ ގޮތުން މާފަރު ފަޅު ފެރިދޫގެ ބައެއްގެ ގޮތުގައި ހަމަޖައްސައި، ދެންމެ މި ސޮއިކުރި ޕިކްނިކް އައިލެންޑް އެ ފަޅުގައި ގާއިމްކުރަން އަޅުގަނޑު ނިންމި ވާހަކަ ދަންނަވަން،" އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސްގެ އެ ދަތުރުފުޅުގައި ވަނީ ފެރިދޫ ސިއްހީ މަރުކަޒަށް އިތުރުކުރި އިމާރާތް ގާއިމުކުރުމުގެ މަޝްރޫއުގެ އެއްބަސްވުމާއި އެ ރަށުގައި ހުންނަ އެ އަތޮޅު މަދަރުސާގެ މަލްޓިޕާޕަސް ހޯލާއި އުމްރާނީ މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި ވެސް ސޮއި ކޮށްފަ އެވެ.
ދޮންފަނު ބަނދަރާއި ގޮނޑުދޮށް ހިމާޔަތްކުރާނެ:މިނިސްޓަރު
މަކުނުދޫ އެއާޕޯޓާއި ބިން ހިއްކުން އެމްޓީސީސީއަށް
ތޮއްޑޫ މާސްޓާސް މުބާރާތް ރައީސް ފައްޓަވައި ދެއްވައިފި
ބޮޑުފޮޅުދޫން ހިއްކާފައި އޮތް ބިން ކައުންސިލަށް
ކޮންމެ އަތޮޅެއްގައި ދަތުރުދާ ރަށެއް ތަރައްގީކުރަނީ
"މިއަދާ ހަމަޔަށް އޮތީ ދިއުޅި ދިގު ނިޒާމެއް"
ދެ ދުވަހުގެ ދަތުރުފުޅެއްގައި ރައީސް އއ. އަތޮޅަށް
ހިތާދޫގެ ބިން ހިއްކުން އެމްޓީސީސީއާ ހަވާލުކޮށްފި
ތުޅާދޫ އެއާޕޯޓް ބިން ހިއްކާ ގޮތަށް ބަދަލުތަކެއް
އެމްޓީސީސީން ތުޅާދޫ އެއާޕޯޓުގެ ބިން ހިއްކަން ފަށައިފި